Books
Books
الشهادتين
އިސްލާމްދީނަށް ވަންނަން ބޭނުންނަމަ، ތިބާގެ މައްޗަށް އޮތީ އަޑުއިވޭ ވަރަށް އަންނަނިވި ޝަހާދަތް ކިޔުމެވެ: أشهد أن لا إله إلا الله، މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ." އަޝްހަދު އައް ލާ އިލާހަ އިއްލައްލޯހް وأشهد أن محمدًا رسول الله، މާނައީ: "އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ."
ޒަކާތާއި ރޯދައާ ބެހޭ ކުރު ދެ ރިސާލާ
މި ފޮތުގައި، ޒަކާތާއި ރޯދައިގެ ދެ ފަރުޟުގެ ވާހަކަ ބަޔާންކޮށް، އަޅުތަކުންގެ މައްޗަށްވާ الله ގެ ޙައްޤުތައް ހަނދާންކޮށްދިނުމާއެކު، އެ ދެކަމުގެ ޙުކުމްތަކާއި ފައިދާތައް އޮޅުންފިލުވައިދެއެވެ. އަދި ޒަކާތުގެ ޙުކުމްތަކުގެ ޝަރަޙައާއި، ޒަކާތް ދޭންޖެހޭ މުދަލުގެ ބާވަތްތަކާއި، ރަމަޟާންމަހުގެ މަތިވެރިކަމާއި، ރޯދައިގެ ޙުކުމްތަކާއި އަދި އޭގެ އަދަބުތައް، ޝަރުޢީ އަޞްލުތަކާއި، ތަރުބަވީ އިރުޝާދުތައް އެއްކޮށްފައިވާ ޢިލްމީ އުސްލޫބަކުން މި ފޮތުގައި ހިމަނާފައިވެއެވެ.
މުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް
(މިއީ) މުލްޙިދަކަށް ނުވަތަ އޭތީސްޓަކަށް އަމާޒުކުރެވިފައިވާ ކުރު ރިސާލާއެކެވެ. މި ރިސާލާގައި، ކައުނާއި އޭގެ ނިޒާމުގެ ނާޒުކު ފުރިހަމަކަން އެއީ އިއްތިފާޤަކުން (ކަލަކު ނެތި) ކައުނު އުފެދުން ނަފީކުރާ ކަމެއްކަމާއި، އަދި އެއިން ދަލީލުކުރަނީ ޙިކުމަތްތެރި ޚާލިޤަކުވާކަމަށްކަން ބުއްދިއަށް މުޚާޠަބުކޮށް ކިޔާދެއެވެ. ފަހެ މި ހުރިހާ އެއްޗެއް (ކަލަކު ނުވާގޮތަށް) ނެތުމުގެ ތެރެއިން އައުމަކީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟ ފަހެ ފުންކޮށް ވިސްނާ ފިކުރު ކުރުމަށް ތިބާގެ ހިތް ހުޅުވާހުށިކަމެވެ. އަދި ތިބާ ޙައްޤު ހޯދާށެވެ. ފަހެ ޙައްޤުގައި ތިބާއަށް މަގުދައްކާނޭ ނޫރެއް އަލިކަމެއް ތިބާއަށް ފެންނާނެއެވެ.
އާ މުސްލިމަށް ބޭނުންތެރި ޚުލާޞާއެއް
ތައްޔާރުކުރީ މުޙައްމަދު އައްޝަހުރީ 1441 – 2020 رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން (ފަށައިގަންނަމެވެ.) މުޤައްދިމާ
ހެނދުނާއި ހަވީރުގެ ޛިކުރުތައް
بسم الله الرحمن الرحيم (اللَّهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ). މާނައީ: ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާ އިލާހެވެ. ދިރިދެމި ވޮޑިގެންވާ، ދާއިމަށް ޤާއިމުވެ ވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި…
އަހަރެން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އަދި އެއީ ކޮން މަގުސަދެއްގައި ހެއްޔެވެ؟
ކޮންމެ އެއްޗެއްވެސް ދަލީލުކުރަނީ ހެއްދެވި ފަރާތް ވޮޑިގެންވާކަމަށެވެ. އުޑުތަކާއި ބިމާއި އެތަންތަނުގައި ވަށާނުލެވޭ ބޮޑެތި މަޚްލޫޤުން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އުޑާއި ބިމުގައި މި ނާޒުކު މޮޅު ނިޒާމު އުފެއްދެވީ ކާކު ހެއްޔެވެ؟ އިންސާނާ އުފައްދަވައި، އަޑުއެހުމާއި ފެނުމާއި ބުއްދި ދެއްވައި، ޢިލްމު ހޯދުމާއި، ޙަޤީޤަތްތައް ވިސްނުމުގެ ޤާބިލުކަން ދެއްވީ ކާކު ހެއްޔެވެ؟ ތިބާގެ ހަށިގަނޑާއި އަދި ދިރޭ ތަކެތީގެ ހަށިތަކުގައިވާ ނިޒާމުތަކުގައިވާ މި ނާޒުކު ކަވި އުފެއްދެވުން ތިބާ ބަޔާންކޮށްދެނީ ކިހިނެއް ހެއްޔެވެ؟ އެ ފަންނުވެރިކޮށް އުފެއްދެވީ ކާކު ހެއްޔެވެ؟ މި ބޮޑު ކައުނު، ނާޒުކުކޮށް ހިނގަމުންދާ…
ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ލުއި ފޮތެއް
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. އިސްލާމްދީން (ދަލީލު ނުހިމެނޭ ކޮޕީ)[1] [1] މި ފޮތުގައިވާ ކޮންމެ މައްސަލައަކަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލުތަކެއް އެކުލެވިގެންވާގޮތަށް މި ފޮތުގެ އެހެން ކޮޕީއެއް ވާނެއެވެ. ލިންކް މެދުވެރިކޮށް ބައްލަވާ! https://islamhouse.com/ar/books/2830071. މިއީ އިސްލާމްދީނުގެ ކުރު ތަޢާރަފެއް ހިމެނޭ މުހިއްމު ލުއި ފޮތެކެވެ. އެއީ އެ ދީނުގެ މުހިއްމު އުޞޫލުތަކާއި ތަޢުލީމުތަކާއި ރިވެތި ސިފަތައް ދީނުގެ އަޞްލު މަޞްދަރުތައްކަމުގައިވާ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުން ނެގިފައިވާ ފޮތެކެވެ. މި ރިސާލާ އަމާޒުކުރެވިފައިވަނީ ޙާލަތްތައް ތަފާތުވެގެންވާ…
މުސްލިމް އަޅާއަށް ފައިދާހުރި ޚުލާޞާއެއް
އިސްލާމް ދީނުގެ އަސްލުތައް ޚުލާސާކޮށް އަދި ފުރިހަމަ އުސްލޫބެއްގައި ބަޔާންކުރެވިފައިވާ މި ފޮތުގައި، ޞައްޙަ އަޅުކަމުގެ އަސާސްތަކާއި، އަދި ﷲ އަށް އީމާންވުމުގެ މާނައާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަޟާ ޤަދަރަށް އީމާންވުމުގެ މާނަތައް ވަރަށް ސާފުކޮށް ކިޔުންތެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ މި ފޮތް ފަށައިފައިވަނީ އިސްލާމްކަމުގެ ނިޢުމަތާއި، الله ދެނެގަތުމާއި، އެކަލާނގެއަށްވާ ރިވެތި ސިފަފުޅުތަކާއި ނަންފުޅުތައް ދެނެގަތުމުގެ މުހިންމުކަން ބަޔާންކުރަމުންނެވެ. އަދި އެއަށްފަހު އިސްލާމްދީނުގެ ފަސް ރުކުނާއި އީމާންކަމުގެ ރުކުންތަކުގެ…
ކަޥްނު ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އަހަރެން ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟
މިފޮތުގައި މުނާޤަޝާ ކުރެވެނީ، ކަޥްނާއި އަދި އިންސާނާގެ އަޞްލާ މެދުގައެވެ. އެ އަޞްލަށް މަތިވެރިވެގެންވާ ޚާލިޤެއްވާކަން ކަށަވަރު ކުރަމުންނެވެ. އެއީ ﷲ އެވެ. އެކަލާނގެއީ ޙަޔާތަށް ޙުކުމްކުރާ ޤާނޫނުތައް ލެއްވެވި އިލާހެވެ. އަދި (މިފޮތުގައި)، ﷲ ގެ ޞިފަތައް ވާޟިޙުކޮށް ސާފުކޮށްދެއެވެ. އަދި ރަސޫލުންނަށާއި، ސަމާވީ ފޮތްތަކަށް އީމާންވުމުގެ މުހިއްމުކަންވެސް ސާފުކޮށްދެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައި، އުފާވެރިކަން ޙަޤީޤަތަކަށް ހަދާދޭ ދީނަކީ، އިސްލާމްދީން ކަން ކަށަވަރުކޮށްދެއެވެ.
އިސްލާމްދީނުގެ ރަސޫލާ މުޙައްމަދު ﷺ
"އިސްލާމްދީނުގެ ރަސޫލާ މުޙައްމަދު ﷺ" މި ފޮތަކީ، ނަބިއްޔާ މުޙައްމަދު ﷺ ގެ ޙަޔާތްޕުޅު ހުށައަޅާލަދީފައިވާ ފޮތެކެވެ. އެގޮތުން މިފޮތުގައި؛ އެކަލޭގެފާނުގެ ނަސަބުފުޅާއި، އެކަލޭގެފާނު ބޮޑުފުޅުވުމުން ފެށިގެން، އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވީ ކައިވެނިފުޅާއި، ވަޙީ ބާވާލައްވަން ފެއްޓެވުމާއި، އެކަލޭގެފާނުގެ އެންމެ ފަހުގެ ރިސާލަތު ފެށުމާ ހަމައަށް ހިމެނިގެންވެއެވެ. އަދި ހަމައެހެންމެ، އެކަލޭގެފާނުގެ ނަބީކަމުގެ އާޔަތްތަކާއި (މުޢުޖިޒާތްތަކާއި) އެކަލޭގެފާނުގެ ތެދުވެރިކަމުގެ ޢަލާމާތްތައް ބަޔާންވެގެންވެއެވެ. އަދި އެޝަރީޢަތަކާގެން އެކަލޭގެފާނު ވަޑައިގެންނެވި ޝަރީޢަތާއި، އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް…
ތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟
މި ފޮތުގައި އަލިއަޅުވާލެވި ވާހަކަދެކެވިފައިވަނީ ވުޖޫދުވުމާއި އުފެއްދެވުމުގެ ސުވާލުގެ މައްޗަށެވެ. އަދި ޙިކްމަތާއި ފުރިހަމަކަން ފުރާ ފުރިހަމަވެގެންވާ ޚާލިޤެއް ވޮޑިގެންވާކަން ބުއްދީގެ ހަމަތަކުން ޘާބިތުކޮށްދީ، އަދި ޙަޔާތުގެ މަޤްޞަދަކީ ﷲ އަށް އެއްކައުވަންތަކޮށް އަޅުކަންކުރުން ކަމާއި، އިސްލާމްދީނަކީ ރައްކާތެރިކުރެވިގެންވާ ޙައްޤު ދީންކަން (މި ފޮތުގައި) ސާފުކޮށްދެވެ. އަދި ހަމައެހެންމެ، ﷲ ގެ ރަސޫލާ މުޙައްމަދުގެފާނަށް އީމާންވެ، އެކަލޭގެފާނު އުނގަންނައިދެއްވި ކަންކަމަށް ތަބަޢަވުމަށް ގޮވާލާ، ޝިރުކާމެދު އިންޛާރުދީ، އަދި އާޚިރަތުގައި ޙިސާބު ބެއްލެވުމާއި ޖަޒާދެއްވުންވާކަން ކަށަވަރުކޮށްދެއެވެ.
ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ
ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ، މި ފޮތުގައި އެކުލެވިގެންވަނީ، ބަންގީގެ ކަލިމަތަކެވެ. އަދި (މި ފޮތުގައި) އީމާންކަމުގެ މޭރުމުން، އެ ކަލިމަތައް ޝަރަޙަކޮށް، އޭގައިވާ ޢަޤީދާއާއި ތަރުބަވީ ތަރަހަތައް ފާޅުކޮށް ހާމަކުރެއެވެ. އަދި ބަންގިއަކީ ހަމައެކަނި ނަމާދަށް ގޮވާލެވޭ ގޮވާލުމެއް ނޫން ކަމަށާއި، ކިއެއްތަ، އެއީ ތައުޙީދާއި ފަލާޙާއި ކާމިޔާބަށް (އައުމަށް) ކޮންމެ ދުވަހަކު ދެވޭ ދަޢުވަތެއްކަން ބަޔާންކުރެއެވެ. މި ފޮތުގައި ބަންގީގެ ކަލިމަތައް ހުށަހަޅައިދީ، އެ ކަލިމަތަކުން ދަލީލުކޮށް ދޭހަވާ ކަންކަން ތަފްޞީލުކޮށްދެއެވެ. އެގޮތުން ﷲ މަތިވެރި ކުރުމާއި، ތައުޙީދަށާއި ރިސާލަތަށް ހެކިވުމުން ފެށިގެން، ނަމާދާއި ފަލާޙާއި…
ޞައްޙަ ޢަޤީދާއާއި އޭގެ އިދިކޮޅު
ލިޔުއްވީ: ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. މުޤައްދިމާ ޙަމްދުހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރީ އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންވެސް އޭގައި ޝާމިލުކުރައްވާށިއެވެ.
ވުޟޫގެ ޞިފަ (ޢަމަލީ ޚުލާޞާ ޝަރަޙައެއް)
ވުޟޫގެ ޞިފަ (ލުއިފަސޭހަ ވީޑިއޯއެއް) ވުޟޫކުރާނެގޮތް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޢަމަލީގޮތުން ދައްކުވައިދިނުމެއް. ވުޟޫއަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠަކަށްވާތީ މިއީ ވަރަށް މުހިއްމު ކަމެއް. ވީޑިއޯ ބައްލަވައި، ވުޟޫގެ ޞައްޙަ ސިފަ ދަސްކުރައްވާ ވުޟޫގެ ޞިފަ
މަސްޖިދުއް ނަބަވީގެ އިތުރު މާތްކަމާއި އަދަބުތަކާއި، އަދި ނަބިއްޔާ ﷺ ގެ ޤަބުރުފުޅާއި އެކަލޭގެފާނުގެ ދެ ޞާޙިބުން رضي الله عنهما ގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ ޙުކުމްތައް
މި ފޮތުގައި މަސްޖިދުއް ނަބަވީގެ އިތުރު މާތްކަމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް ބަޔާންކޮށްދެއެވެ. ހަމައެފަދައިން، ނަބިއްޔާ ﷺ ގެ ޤަބުރުފުޅަށާއި، އެކަލޭގެފާނުގެ ދެ ޞާޙިބުން رضي الله عنهما ގެ ދެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ އަދަބުތައްވެސް ހުށަހަޅާދެއެވެ. އެއީ ޒިޔާރަތްކުރުމުގެ ތެރޭގައި، މަޑުމައިތިރިވެ ޠާހިރުކަންމަތީގައި ދެމިތިބުމާއި، އަދި ބިދުޢަވެރި ޢަމަލުތަކުން ދުރުހެލިވުމުގެ މުހިއްމުކަމުގެ މައްޗަށް ބާރުއެޅުމާ އެކުގައެވެ.
ބަންގީގެ ލަފްޒުތަކުގެ ކުރުޝަރަޙައެއް
ބަންގީގެ ލަފްޒުތަކުގެ ޝަރަޙައިގެ ޚުލާޞާ، މިއީ 'ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ' މި ފޮތުން ކުރެވިފައިވާ ޚުލާޞާއެކެވެ. އެގޮތުން މި ފޮތުގައި ބަންގީގެ ކަލިމަތައް، އީމާންކަމުގެ މޭރުމުން ޝަރަޙަކޮށް، އޭގައިވާ ޢަޤީދާއާއި ތަރުބަވީ ތަރަހަތައް ފާޅުކޮށްދެއެވެ. އަދި ހަމައެހެންމެ، ބަންގީގެ ކަލިމަތައް ހުށަހަޅައިދީ، އެ ކަލިމަތަކުން ދަލީލުކޮށް ދޭހަވާ ކަންކަންކަމުގައިވާ: ﷲ މަތިވެރި ކުރުމާއި، ތައުޙީދަށާއި ރިސާލަތަށް ހެކިވުމުން ފެށިގެން، ނަމާދާއި ފަލާޙާއި ކާމިޔާބަށް ދެވޭ ދަޢުވަތުން ގޮސް، އެ ކަލިމަތައް ނިމިގެންދާ ތަކްބީރާއި ތައުޙީދާ ހަމައަށް، އަޘަރުކުރުވަނިވި އުސްލޫބަކުން ތަފްޞީލުކޮށްދެއެވެ.
ތިން އުޞޫލާއި އޭގެ ދަލީލުތައް
މިފޮތް އެކުލެވިގެންވަނީ، ކޮންމެ މުސްލިމެއްގެ މައްޗަށް އުނގެނުން ވާޖިބުވެގެންވާ މައިގަނޑު އަސާސްތަކުގެ ތެރެގައި ހިމެނޭ: ﷲ ﷻ މަޢުރިފާކޮށް ދެނެގަތުމާއި، އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމާއި، ނަބިއްޔާ މުޙައްމަދު ﷺ މަޢުރިފާކޮށް ދެނެގަތުމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި، އީމާންކަމާއި ހެޔޮ ޞާލިޙު ޢަމަލުތައް މި އަސާސްތަކުގެ މަތީގައި ބިނާކުރުމުގެ މުހިންމުކަމަށް މި ފޮތުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވެއެެވެ.
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ކުރު ޚުލާޞާއެއް
އިސްލާމްދީން މިއީ އިސްލާމްދީނުގެ ކުރު ތަޢާރަފެއް ހިމެނޭ މުހިއްމު ފޮތެކެވެ. އެއީ އެ ދީނުގެ މުހިއްމު އުޞޫލުތަކާއި، ތަޢުލީމުތަކާއި، ރިވެތި ޞިފަތައް ދީނުގެ އަޞްލު މަޞްދަރުތައްކަމުގައިވާ: ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ބަޔާންކޮށްދޭ ފޮތެކެވެ. މި ފޮތް އަމާޒުކުރެވިފައިވަނީ ޙާލަތްތައް ތަފާތުވެގެންވާ ގޮތުގެ މައްޗަށް، ކޮންމެ ޒަމާނެއް އަދި ކޮންމެ ތަނެއްގައިވާ، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް އެމީހުންގެ އަމިއްލަ ބަހުރުވައިންނެވެ. (ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ ދަލީލުތައް އެކުލެވިގެންވާ ކޮޕީ) 1- އިސްލާމްދީނަކީ ހުރިހާ މީސްތަކުންނަށްވާ الله ގެ ރިސާލަތެވެ. ފަހެ އެއީ ރައްބާނީ ރިސާލަތްތައް…
ޙިޞްނުލް މުސްލިމް - ޤުރްއާނާއި ސުންނަތުގެ ޛިކުރުތަކުން މުސްލިމްމީހާގެ ކިއްލާ
މި ފޮތުގައި، ޤުރްއާނާއި ސުންނަތުން ޛިކުރުކޮޅެއް ޖަމަޢަކުރެވިގެންވެއެވެ. އެއީ ތަފާތު އެކި ވަޤުތުތަކާއި ޙާލަތްތަކުގައި، އެ ޛިކުރުތައް ތަކުރާރުކޮށް ކިޔުން ފަހިކުރުމަށްޓަަކައެވެ. އަދި ނިދާ ހޭލާއިގެން ކިޔާ ދުޢާއާއި، ވުޟޫ، ނަމާދު، ދަތުރު އަދި އެނޫންވެސް ކަންކަމަށްވާ ދުޢާތައް މި ފޮތުގައި ޝާމިލުވެގެންވެއެވެ. އެއީ ﷲ ގެ ރައްކާތެރިކަމާއި ބެލެހެއްޓެވުމުގައި މުސްލިމްމީހާ ވުމަށްޓަކައި، އޭނާގެ ނަފްސު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް އެހީވާނޭ ދުޢާތަކެވެ.
إعداد خطيب ماهر
(بسم الله الرحمن الرحيم) ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ނަންފުޅުން ފަށަމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދެއް ހުރީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ޙަމްދުކުރަމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ނުބައި ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ. ﷲ ތެދުމަގު ދައްކަވާ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ…
ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު
'ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު' ކިޔޭ މިފޮތުގައި، ނަބީ ﷺ ގެ ނަމާދު އެކަލޭގެފާނު ކުރެއްވި ގޮތާއި ޞިފަ، ސަމާޙަތުއް-ޝައިޚު ޢަބްދުލް-ޢަޒީޒު ބްނު ބާޒް رحمه الله ޚުލާޞާ ކުރައްވާ ގެންނަވާފައި ވެއެވެ. އެއީ ސާދާ އުސްލޫބަކުންނެވެ. އަދި ސީދާ މަންހަޖަކުންނެވެ. އެއީ ޞައްޙަ ނައްޞުތަކަށް ބިނާކުރައްވައިގެންނެވެ. އެއީ މުސްލިމް މީހާއަށް، އޭނާގެ ނަމާދުކުރުމަށް ރަނގަޅު މަގު ދައްކުވައި ދިނުމަށްޓަކައެވެ. ޝެއިޚުވަނީ ނަމާދުގެ ރުކުންތަކާއި، އޭގެ ސުންނަތްތަކާއި އަދި އޭގެ ޞިފަތައް، ވުޟޫކުރުމުން ފެށިގެން ގޮސް ސަލާމް ދިނުމާއި ހަމައަށް މިފޮތުގައި ބަޔާންކުރައްވާފައިއެވެ. އެއީ ދަލީލު ދެއްކުމާއި އަދި ބަޔާން ކުރުމާ…
މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް
މި ފޮތުގައި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި ޙުކުމްތައް ޝަރަޙަކޮށްދެއެވެ. އަދި ނަބިއްޔުއާއި އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެއްކަން ބަޔާންކޮށްދެއެވެ. އަދި ޒިޔާރަތްކުރުމުގައި ބިދުޢަތައް ހެދުމާމެދު އިންޛާރުކޮށްދެއެވެ. އެއީ ސުންނަތުގައި ހިފަހައްޓައި، އަދި ޒިޔާރަތްކުރުމުގައިވާ ޝަރުޢީ އަދަބުތަކުގައިވެސް އިލްތިޒާމުވެ ހިފެހެއްޓުމުގެ މައްޗަށް ބާރުއެޅުމާ އެކުގައެވެ.
ޢުމްރާގެ ޞިފައާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް
الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރިީ އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނުގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ ޞަޙާބީންގެ މައްޗަށެވެ. އެއަށްފަހު ދަންނައެވެ: ފަހެ މިއީ ޢުމްރާގެ ސިފައާއި، އަދި އޭގެ ޙުކުމްތަކާއި އަދަބުތަކާމެދުގައިވާ ކުރު ޚުލާޞާ ރިސާލާއެކެވެ. އަހަރުމެން މީގައި ސަމާލުކަން ދީފައިވާނީ: ޢުމްރާވާ މީހާއަށް، ޢާއްމުކޮށް ގިނަފަހަރު ޙާޖަތްޖެހި ބޭނުންވާ ކަންކަން ބަޔާންކުރުމުގެ މައްޗަށެވެ. މި ރިސާލާ، ﷲ ގެ މާތް ވަޖްހުފުޅު އަދައިގެން ކުރެވުނު އިޚްލާޞްތެރި…