ނަމާދުގެ ޞިފަ (ޚުލާޞާ ވީޑިއޯއެއް) (މިއީ) ބަޞީރަތުގެ މަތީގައި ﷲ އަށް އަޅުކަންކުރުމަށާއި، އަދި އަހަރުމެންގެ ނަމާދުގެ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަވުމަށްޓަކައި، ނަމާދު އަދާކުރާނެ ގޮތުގެ ޢަމަލީ ކުރު ތަޠުބީޤެކެވެ. ނަމާދުގެ ޞިފަ
އަހަރުމެން ނަމާދުކުރަން ޤަޞްދުކޮށްފިނަމަ، ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވާންޖެހޭ
އަދި އަހަރުމެން ނަމާދުކުރަން ޖެހޭނީ އަހަރުމެންގެ ޢައުރަ ފޮރުވޭ ޠާހިރު ހެދުމެއްގައި.
އަދި އަހަރުމެންގެ ހަށިގަނޑާއި، ނަމާދުކުރާތަން ވާން ޖެހޭނީ ނަޖިސްތަކުން ޠާހިރުވެގެން.
ދެން އަހަރުމެން ޤިބްލައަށް ކުރިމަތިލާނީ އަދި ސުތުރާއެއް ކުރިމަތީ ބަހައްޓައިގެން ނަމާދުކުރުން މުސްތަޙައްބު
ދެން އަހަރުމެން ހަށަންބަން ތަކްބީރު ކިޔާނީ. އެއީ މިހެން:
اللهُ أكبرُ (އެންމެ ބޮޑީ ﷲ އެވެ.)
އަދި އަހަރުމެންގެ އަތްތައް އުފުލާނީ ދެ ކޮނޑާ ހަމައަށް ނުވަތަ ދެ ކަންފަތާ ހަމައަށް
އަތްތިލައިގެ ބަނޑުފުށް (ހުދުބައި) ހުންނަންވާނީ ޤިބްލަޔާ ދިމާލަށް
އަދި އަހަރުމެންގެ ވައަތް މަތީގައި ކަނާއަތް ބާއްވާނީ
އަދި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ދުޢާއުލް-އިސްތިފްތާޙުން ފެށުން މުސްތަޙައްބު. އެއީ:
"سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ"
ސުބްޙާނަކައްލޯހުންމަ ވަބިޙަމްދިކަ، ވަތަބާރަކަސްމުކަ، ވަތަޢާލާ ޖައްދުކަ، ވަލާއިލާހަ ޣައިރުކަ
ނުވަތަ ވާރިދުވެފައިވާ އެހެން ދުޢާއެއްވެސް ކިޔިދާނެ
ދެން ނަމާދު ފަށަމުން އަޢޫޛު ކިޔާނީ މިހެން:
"أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ"
އަޢޫޛު ބިއްލާހި މިނައް ޝައިޠާނިއް ރަޖީމް
ދެން އަހަރުމެން އަލްފާތިޙާ ސޫރަތް ކިޔަވާނީ
ނިމުނީމަ އަހަރުމެން ކިޔާނީ މިހެން:
ދެން ފާތިޙާ ސޫރަތަށް ފަހު ޤުރްއާނުން ފަސޭހަވި މިންވަރެއް ކިޔެވުންވަނީ މުސްތަޙައްބުވެގެން
ދެން ތަކްބީރު ކިޔަމުން ރުކޫޢުކުރާނީ «اللَّهُ أَكْبَرُ» އައްލޯހު އަކްބަރު
އަދި ދެ އަތްތިލަ ދެ ކަކުލުމަތީގައި ބާއްވައި، ދެ ކަކުލުގައި ހިފަހައްޓައިގެން އޮންނަ ކަހަލަ ގޮތަކަށް އިނގިލިތައް ފުޅާކޮށްގެން އޮންނާނީ
އަދި ކިޔާނީ: «سُبْحَانَ رَبِّيَ الْعَظِيمِ» (މިއަޅާގެ މަތިވެރި ރައްބުގެ ޙުސްޠާހިރުވަންތަކަމާއެވެ.) ސުބްޙާނަ ރައްބިޔަލް ޢަޡީމް ތިން ފަހަރު
ދެން މިހެން ކިޔަމުން ރުކޫޢުން ތެދުވާނީ سَمِعَ اللهُ لمَنْ حَمِدَه
(ﷲ، އެ އިލާހަށް ޙަމްދުކުރި މީހާގެ އަޑުއައްސަވައިފިއެވެ.) ސަމިޢައްލޯހު ލިމަން ޙަމިދަހް
އެއަށްފަހު އިޢުތިދާލުވެ ސީދާވާ ހިނދު ކިޔާނީ: (رَبَّنَا ولكَ الحَمْدُ) (އަޅަމެންގެ ވެރި ރައްބެވެ! އަދި އިބައިލާހަށް ޙަމްދުހުއްޓެވެ.) ރައްބަނާ ވަލަކަލް ޙަމްދު
ދެން އަހަރެމެން މިފަދައިން ކިޔަމުން ސަޖިދައަށް ތިރިވާނީ: «اللَّهُ أَكْبَرُ» (އެންމެ ބޮޑީ ﷲ އެވެ.) އައްލޯހު އަކްބަރު
އަދި ސަޖިދަކުރުން ވަނީ ހަތް ގުނަވަނުގެ މައްޗަށް
ނިތްކުރިއާއި ނޭފަތާއި، ދެ އަތާއި، ދެ ކަކުލާއި، އަދި ދެ ފައިތިލާގެ ކޮޅު.
އަދި ދެފައި ބިންމަތީގައި ވިއްދައި، ފައިގެ އިނގިލިތަކުގެ ކޮޅުތައް ޤިބްލައަށް ކުރިމަތިކުރާނީ
ދެ ފަލަމަސްގަނޑުގެ ދެމެދު ދުރުކުރަންވާނެ. އަދި ބަނޑު، ދެ ފަލަމަސްގަނޑާ ދުރުކޮށް އުފުއްލަންވާނެ
ދެ އަތްދަނޑި ބަހައްޓާނީ ބިންމަތިން މައްޗަށް އުފުލައި، އަރިކަށްޓާ ފޭކޮށް ދުރުކޮށްފައި.
މިހެން ހަދާނީ އަހަރުމެން ނަމާދު ކުރަނީ ޖަމާޢަތުގައި ކަމުގައި ނުވާނަމަ، އަދި އަހަރުމެންގެ ވަށައިގެން ތިބި މީހުންނަށް އުނދަގޫވެދާނޭކަމަށް ބިިރުނުގަންނަ ނަމަ
އަދި ދެ އަތްތިލަ ބާއްވާނީ ދެ ކޮނޑާ އެއްހަމަވާ ގޮތަށް
އަދި ކިޔާނީ: «سُبْحَانَ رَبِّيَ الأَعْلَى» (އަޅުގެ އެންމެ މަތީގައިވާ ރައްބުގެ ހުސްޠާހިރުވަންތަކަމާއެވެ.) ސުބްޙާނަ ރައްބިޔަލް އަޢްލާ ތިން ފަހަރު
ދެން ތަކްބީރު ކިޔަމުން އަހަރުމެން ސަޖިދައިން ބޯ އުފުލާނީ "اللَّهُ أَكْبَرُ" (އެންމެ ބޮޑީ ﷲ އެވެ.) އައްލޯހު އަކްބަރު
ވައަތު ފައި ފަތުރާލައި، އެ ފައި މަތީގައި ހަމަޖެހިގެން އިށީންނާނީ
އަދި ކަނާތުފައި ކޮޅަށް ވިއްދާފައި، އެ ފައިގެ އިނގިލިތައް ބަހައްޓާނީ ޤިބްލަޔާ ދިމާލަށް
ދެން އަހަރުމެންގެ ދެ އަތް ފަތުރާލާނީ. ކަނާތް ކަނާތު ފަލަމަސްގަނޑު މަތީގައި، އަދި ވައަތް ވައަތު ފަލަމަސްގަނޑު މަތީގައި
އަދި ކިޔާނީ މިހެން: ربِّي اغفر لي (އަޅުގެ ވެރި ރައްބެވެ! މި އަޅާއަށް ފާފަފުއްސަވާށިއެވެ) ރައްބިޣްފިރް ލީ (ތިންފަހަރު)
ދެން ތަކްބީރު ކިޔަމުން، ފުރަތަމަ ސަޖިދަ ކުރިގޮތަށް ދެވަނަ ސަޖިދަ ކުރާނީ.
ދެން ތަކްބީރު ކިޔަމުން ތެދުވާނީ "اللَّهُ أَكْبَرُ" އެންމެ ބޮޑީ ﷲ އެވެ. އައްލޯހު އަކްބަރު ދެވަނަ ރަކްޢަތަށް
އަދި ދެވަނަ ރަކްޢަތްވެސް ކުރާނީ ހަމަ ފުރަތަމަ ރަކްޢަތް ފަދައިން. އެކަމަކު ދުޢާތުލް އިސްތިފްތާޙު ނުލާ
އަދި ދެވަނަ ރަކްޢަތް ނިމުނީމާ އިފްތިރާޝުކޮށް އައްޠަަަަަަަަަަަަަަަަަަަަަޙިއްޔާތަށް އިށީންނާނީ
އަދި އައްތަޙިއްޔާތުގައި ކަނާތް ބާއްވާނީ ކަނާތު ފަލަމަސްގަނޑު މަތީގައި. އެއީ ޝަހާދަތް އިނގިލި ފިޔަވައި ހުރިހާ އިނގިލިތަކެއް މަޅާލައިގެން.
އަދި ވައަތް، ވައަތު ފަލަމަސްގަނޑު މަތީގައި ފަތުރާލާނީ. ދެން އައްތަޙިއްޔާތު ދުޢާ ކިޔާނީ:
""التَّحِيَّاتُ للهِ والصَّلواتُ والطَّيِّباتُ، السلامُ عليكَ أيُّها النبيُّ ورحمةُ اللهِ وبرَكاتُه، السلامُ علَينا وعلى عِبادِ اللهِ الصَّالِحِين، أشهدُ أن لا إلهَ إلَّا اللهُ، وأشهدُ أنَّ محمَّدًا عبدُهُ ورسولُه»
(ހެޔޮވެގެންވާ މަތިވެރިކުރެވޭ ތަޙިއްޔާތަކާއި، ޞަލަވާތްތައްވަނީ ﷲ އަށެވެ. އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި ބަރަކާތްހުއްޓެވެ. އަޅަމެންގެ މައްޗަށާއި، އަދި ﷲ ގެ ޞާލިޙު އަޅުތަކުންނަށް ސަލާމްހުއްޓެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.) އައްތަޙިއްޔާތު ލިއްލާހި، ވައްޞަލަވާތު ވައްޠައްޔިބާތު، އައްސަލާމު ޢަލައިކަ އައްޔުހައް ނަބިއްޔު ވަރަޙްމަތު ﷲ، ވަބަރަކާތުހު، އައްސަލާމު ޢަލައިނާ ވަޢަލާ ޢިބާދިއްލާހިއް ޞާލިޙީން. އަޝްހަދު އައްލާއިލާހަ އިއްލަ ﷲ، ވައަޝްހަދު އަންނަ މުޙައްމަދަން ޢަބްދުހޫ ވަރަސޫލުހް
ދެން އެނަމާދަކީ ދެ ރަކްޢަތުގެ ނަމާދެއްނަމަ، އިބްރާހީމިއްޔަ ޞަލަވާތް މިހެން ކިޔާ އައްތަޙިއްޔާތު ފުރިހަމަކޮށްފައި ނިންމާލާނީ.
«اللهُمَّ صلِّ على محمَّدٍ وعلى آلِ محمَّدٍ كما صَلَّيتَ على إبراهيمَ وعلى آلِ إبراهيمَ، إنَّكَ حميدٌ مَجِيد، اللهمَّ بارِكْ على محمَّدٍ وعلى آلِ محمَّدٍ كما باركتَ على إبراهيمَ وعلى آلِ إبراهيمَ، إنَّكَ حميدٌ مَجِيد».
(އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.) އައްލޯހުއްމަ ޞައްލި ޢަލާ މުޙައްމަދިން، ވަޢަލާ އާލި މުޙައްމަދިން، ކަމާ ޞައްލައިތަ ޢަލާ އިބްރާހީމަ، ވަޢަލާ އާލި އިބްރާހީމަ، އިންނަކަ ޙަމީދުން މަޖީދް، އައްލޯހުއްމަ ބާރިކް ޢަލާ މުޙައްމަދިން، ވަޢަލާ އާލި މުޙައްމަދިން، ކަމާ ބާރަކްތަ ޢަލާ އިބްރާހީމަ، ވަޢަލާ އާލި އިބްރާހިމަ، އިންނަ ޙަމީދުން މަޖީދް
ދެން އެއަށްފަހު ކިޔާނީ މިހެން: "اللهم إني أعوذ بك منْ عَذَابِ جَهَنَّمَ، ومنْ عَذَابِ القَبْرِ، ومنْ فِتْنَةِ المَحْيَا وَالمَمَاتِ، ومنْ شَرِّ فِتْنَةِ المَسِيحِ الدَّجَّالِ"
"އޭ ﷲ އޭވެ! ޖަހަންނަމައިގެ ޢަޛާބުންނާއި، ޤަބްރުގެ ޢަޛާބުންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިންނާއި، އަލް-މަސީޙު އައް-ދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކާތެރި ކޮށްދެއްވުމަށް އެދި އިބަ އިލާހަށް މިއަޅާ ދަންނަވަމެވެ." އައްލޯހުއްމަ އިންނީ އަޢޫޛު ބިކަ މިން ޢަޛާބި ޖަހަންނަމަ، ވަމިން ޢަޛާބިލް ޤަބްރި، ވަމިން ފިތުނަތިލް މަޙްޔާ ވަލްމަމާތި، ވަމިން ޝައްރި ފިތުނަތިލް މަސީޙިއް ދައްޖާލި
ދެން ކަނާތަށް މޫނު އަނބުރާލާ ސަލާމްދޭނީ: "السلامُ عليكُم ورحمةُ اللهِ"
ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތްވެސް ހުއްޓެވެ. އައްސަލާމު ޢަލައިކުމް ވަރަޙްމަތު ﷲ
ދެން ވައަތަށްވެސް ސަލާމްދޭނީ «السلامُ عليكُم ورحمةُ اللهِ» (ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތްވެސް ހުއްޓެވެ.) އައްސަލާމު ޢަލައިކުމް ވަރަޙްމަތުއްލޯހް
އަދި އެއީ ތިން ރަކުޢަތުގެ ނުވަތަ ހަތަރު ރަކުޢަތުގެ ނަމާދެއްނަމަ
ފުރަތަމަ އައްތަޙިއްޔާތަށް ފަހު ނަމާދުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ތެދުވާނީ
އަދި ތެދުވަމުން ތަކްބީރު ކިޔާނީ: "اللَّهُ أَكْبَرُ"(އެންމެ ބޮޑީ ﷲ އެވެ.) އައްލޯހު އަކްބަރު
އަދި އެ ރަކްޢަތުގައި ކިޔަވާނީ ހަމައެކަނި ފާތިޙާ ސޫރަތް އަދި ކުރީގެ ރަކްޢަތްތައް ކުރި ގޮތަށް މި ރަކްޢަތްވެސް ކުރާނީ
ދެން ފަހު އައްތަޙިއްޔާތާ ހަމައަށް އާދެވުމުން، އިށީންނާނީ ތަވައްރުކުކޮށް. އެއީ:
ކަނާތު ފައި ކޮޅަށް ވިއްދައި، ވައަތު ފައި ކަނާތު ފައިގެ ކަށިމަތީގެ ދަށަށް ލައި، އަދި ވައަތްފަރާތު ބުޑުމަސްގަނޑުގެ މަތީގައި އިށީންނުން
އަދި އައްތަޙިއްޔާތާއި، އިބްރާހީމީ ޞަލަވާތް ކިޔާނީ
ދެން ދުޢާކޮށްފައި ސަލާމްދޭނީ
1- ކޮނޑާ ހަމައަށް
2- ކަންފަތާ ހަމައަށް
3- ހަތް ގުނަވަން
4- ނިތްކުރި އަދި ނޭފަތް
5- ދެ އަތްތިލަ
6- ދެ ކަކޫ
7- ދެ ފައި