ޢުމްރާގެ ޞިފަ (ޢަމަލީ ޚުލާޞާ ޝަރަޙައެއް) ޢުމްރާ ކުރާނީ ކިހިނެއް؟ (ލުއިފަސޭހަ ތަޢުލީމީ ވީޑިއޯއެއް) މިއީ ޢުމްރާގެ އަޅުކަންތައް އިޙްރާމުން ފެށިގެން ތަޙައްލުލްވުމާ (އިޙްރާމް ކެނޑުމާ) ހަމައަށް ތަރުތީބުން ވަރަށް ލުއިފަސޭހަ އަދި ސާފު ގޮތެއްގައި ޝަރަޙަކޮށްދޭ ވީޑިއޯއެކެވެ. ވީޑިއޯ ބައްލަވައި، ފަސޭހަކަމާއި ފުރިހަމަކަމާއެކު ތިބާގެ ޢުމްރާ އަދާކުރާނެގޮތް ދަސްކުރައްވާ. ޢުމްރާގެ ޞިފަ
ޢުމްރާ ކުރަން ބޭނުން މީހާ، އޭނާ ހުރަސްކުރާ މީޤާތުން އިޙްރާމް އެޅުން ވާޖިބުވެގެންވޭ.
މަވާޤީތު: އެއީ ނަބިއްޔާ ﷺ ކަނޑައަޅުއްވާފައިވާ ތަންތަން. އެއީ ޙައްޖު ނުވަތަ ޢުމްރާވުމަށް ޤަޞްދުކުރާ މީހާ އެތަނުން އިޙްރާމް ބަނުމަށް.
ދެންފަހެ ޙައްޖު ނުވަތަ ޢުމްރާއަށް ނިޔަތްގަނެގެން އެ ތަންތަނުން ތަނެއް ހުރަސްކުރާ މީހާ، އެ ތަނުން އިޙްރާމް ބަނުން ވާޖިބުވެގެންވޭ. އަދި އިޙްރާމް ނުބަނދެ އެ ތަން ފަހަނައަޅައި ދިޔުން ހުއްދަނުވާނެ.
އަދި މި މީޤާތުތަކަށްވުރެ މައްކާއާ ކައިރީގައިވާ މީހުން، މިސާލަކަށް ޖިއްދާގެ އަހުލުވެރިން: ފަހެ އޭނާގެ މީޤާތަކީ އޭނާ ހުރި ތަނެއް. އެތަނަކުން ޙައްޖާއި ޢުމްރާއަށް އޭނާ އިޙްރާމް ބަންނާނީ.
މައްކާގެ އަހުލުވެރިންނަށް ބަލާއިރު، ފަހެ އެމީހުން ޙައްޖަށް އިޙްރާމް ބަންނާނީ މައްކާގައިވާ އެމީހުންގެ ގެތަކުން. ދެންފަހެ ޢުމްރާއަށްނަމަ، އެމީހުން ހަދަންޖެހޭނެ ގޮތަކީ (ޙަރަމުން ބޭރު) ޙިއްލުގެ ސަރަހައްދަށް، މިސާލަކަށް ތަންޢީމުފަދަ ތަނަކަށް ނިކުމެ އެތަނުން އިޙްރާމް ބަންނާނީ.
މަތިންދާބޯޓެއްގައިވާ މީހާ؛ ފަހެ އޭނާ އިޙްރާމް ބަންނާނީ (ފުލައިޓު) މީޤާތާ އަރާހަމަކުރާހިނދު. އެގޮތުން މީޤާތާ އެއްހަމަވުމުގެ ކުރިން ތައްޔާރުވެ އިޙްރާމް ފޭރާން ލައިގެން ހުންނާނީ. ދެން އެތަނާ އަރާހަމަވާއިރަށް ވަޤުތުން އިޙްރާމަށް ނިޔަތްގަންނާނީ. އަދި ރައްކާތެރިވުމުގެ ގޮތުން މީޤާތާ އަރާހަމަވުމުގެ ކުރިން އޭނާ (އިޙްރާމް ބަނދެ) ތަލްބިޔާ ކިޔިދާނެ. އެއީ މަތިންދާބޯޓުގެ ދުވެލި ބާރުކަމުން، ތަލްބިޔާ ކިޔަންޖެހޭ ތަން ފާއިތުވެދާނެކަމުގެ ބިރަށް. އަދި އެއާޕޯޓުގައި ޖައްސަންދެން އެކަން ފަސްކުރުން އޭނާއަށް ހުއްދަވެގެން ނުވޭ.
އިޙްރާމުގެ ޞިފައާއި އޭގެ ޙުކުމްތައް އިޙްރާމް ބަންނަން އެދޭ މީހާ ފަހެ އޭނާ:
1. ހިނައިގަތުން މުސްތަޙައްބުވެގެންވޭ.
2. އަދި ފިރިހެނުންނަށް މީރުވަސްދުވާ ހުވަނދުލުން މުސްތަޙައްބުވެގެންވޭ. އަދި އެ ހުންނަންވާނީ ހަށިގަނޑާއި ތުނބުޅީގައި. އިޙްރާމް ހެދުމަކު ނޫން.
3. އަދި އިޙްރާމް ހެދުން ލުން ވާޖިބު. އެއީ ފިރިހެނާއަށް އިޒާރަކާއި ރިދާއެއް. އަދި ސުންނަތްވެގެންވަނީ އެ ދޭތި ސާފުތާހިރު ހުދުކުލައިގެ ނުވަތަ އައު ދެ އެތިކަމުގައިވުން.
އަދި އަންހެނާ، ޒީނަތްތެރިކަން ހާމަކޮށް ފާޅުކުރުމެއް ނެތި، އެކަނބުލޭގެ ބޭނުންވާ ހެދުމަކުން އިޙްރާމް ބަނދެވޭނެ. ނަމަވެސް ނިޤާބާއި އަންގި ލުމުން އެއްކިބާވާން ޖެހޭނެ. (އޭގެ ބަދަލުގައި) އެކަނބުލޭގެ މޫނާއި ދެ އަތްތިލަ އެހެން އެއްޗަކުން ފޮރުވާލާނީ.
4. އަދި އިޙްރާމް ބަނުމަކީ، އަޅުކަމަށް ވަނުމަށް ނިޔަތްގަތުން. ދެން އޭނާ ކިޔާނީ: لبيك اللهمَّ عمرةً ލައްބައިކައްލޯހުންމަ ޢުމްރަތަން އަދި އެހެން މީހެއްގެ ފަރާތުން ޢުމްރާކުރާ މީހަކުނަމަ އޭނާ ކިޔާނީ: لبيك اللهمَّ عمرةً عن (މިތަނުގައި އެ މީހެއްގެ ނަން) ލައްބައިކައްލޯހުންމަ ޢުމްރަތަން ޢަން (މިވެނި އެވެނި މީހެއް)
5. އަދި އިޙްރާމް ބަންނަން ގަސްދުކުރާ މީހާ، އޭނާގެ ނުސުކު ފުރިހަމަކުރުމަށް ހުރަސްއެޅިދާނެ ކަމަކާމެދު ބިރުހީވާނަމަ ފަހެ އިޙްރާމް ބަންނަ ހިނދު އޭނާޝަރުޠުކޮށް މިހެން ކިޔުން ހުއްދަވެގެންވޭ: (لبيك اللهمَّ عمرةً، وإن حبسني حابسٌ فمَحِلِّي حيثُ حبستني)
މާނައީ: "އޭ ﷲ އެވެ. އިބައިލާހަށް ޢުމްރާއެއް ވުމަށް އިޖާބަދެމެވެ. އަދި ކަމެއް މިއަޅާ ހިފަހައްޓައިފިނަމަ؛ ފަހެ މިއަޅާ ޙަލާލުވެ އިޙްރާމް ކެނޑުންވަނީ އިބައިލާހު މިއަޅާ ހިފެހެއްޓެވި ތަނެއްގައިއެވެ." ލައްބައިކައްލޯހުންމަ ޢުމްރަތަން، ވަ އިން ޙަބަސަނީ ޙާބިސުން ފަމަޙިއްލީ ޙައިޘު ޙަބަސްތަނީ ފަހެ އޭނާ ޝަރުޠުކޮށްފައިވަނިކޮށް، އޭނާގެ ނުސުކު ފުރިހަމަކުރުމަށް މަނާކުރާ ކަމެއް ދިމާވެއްޖެނަމަ، އޭނާ އިޙްރާމް ކަނޑާނީ. އަދި އެހެންކަމެއް އޭނާގެ މައްޗަކަށް ނުވޭ.
6. ދެން ތަލްބިޔާ ކިޔުން ގިނަކުރާނީ: لبيكَ اللهمَّ لبيك، لبيك لا شريكَ لكَ لبيك، إنَّ الحمدَ والنعمةَ لكَ والملك لا شريكَ لكَ ލައްބައިކައްލޯހުންމަ ލައްބައިކް، ލައްބައިކަ ލާ ޝަރީކަ ލަކަ ލައްބައިކް، އިންނަލް ޙަމްދަ ވަންނިޢުމަތަ ލަކަ ވަލްމުލްކް، ލާ ޝަރީކަ ލަކް ފިރިހެނާ އެހެން ކިޔަމުން އަޑު އުފުލާނީ. އަދި އަންހެނާވެސް، ހިލޭ ފިރިހެނުންގެ ޙާޒިރުގައި ނުވާނަމަ އެހެން ހަދާނީ.
7. އިޙްރާމް ބަނދެގެން ހުރި މީހާ އޭނާ އިޙްރާމް ކަނޑާ ޙަލާލުވަންދެން، އިޙްރާމްގައި މަނާކަންކަމުން ދުރުހެލިވުން ވާޖިބުވެގެންވޭ.
އިޙްރާމްގައި ކުރުން މަނާ ކަންތައްވަނީ ތިން ބަޔަކަށް: ފުރަތަމައީ: ފިރިހެނުންނާއި އަންހެނުންނަށް ޙަރާމްވެގެންވާ ބައި:
ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށި ބޭލުން ނުވަތަ ކޮށުން ނުވަތަ އުފުރުން.
ދެ ފައިން ނުވަތަ ދެ އަތުން ނިޔަފަތި އެއްކޮށް ނުވަތަ އޭގެ އެއްބައި ވިޔަސް ކެނޑުން.
ހަށިގަނޑުގައި، ނުވަތަ އިޙްރާމް ހެދުމުގައި މީރުވަސްދުވާ ތަކެތި ލުން.
އެއްގަމު ޝިކާރަ ޤަތުލުކުރުން، ނުވަތަ ޤަތުލު ނުކުރިޔަސް އެ ޝިކާރަކުރުން.
އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ކައިވެންޏަށް އެދުން.
ފަރުޖު ނޫން އެހެން ގޮތްގޮތުން ގައިގޯޅިވުން، ބޮސްދިނުމާއި ޝަހުވަތާއެކު ބީހުން ފަދަ ކަންކަން.
ޖިމާޢުވުން، އެއީ ފަރުޖަށް (ޛަކަރު) ވެއްދުން.
ދެވަނައީ: ފިރިހެނުންނަށް ޙަރާމްވެގެންވާ ބައި:
ބޮލުގައި ޖެހި ތަތްލަވާކަހަލަ އެއްޗަކުން ބޯ ނިވާކުރުން، މިސާލަކަށް: ތާކިހާ އަދި ފަގުޑި، އަދި އޭނާގެ ބޮލުގައި ރިދާ އެޅުން، ނުވަތަ ނިވާކުރުމަށް ޤަޞްދުކުރެވޭ އެނޫންވެސް އެއްޗެއް ބޭނުންކުރުން.
ހަށިގަނޑުގެ ޢާއްމު ޞިފަ ހުންނަ މިންތަކަށް ފަހާފައިވާ، އާދަކޮށް ލައިއުޅޭ ހެދުން ލުން. މިސާލަކަށް: ފަހާފައިވާ ހެދުމާއި، ހަރުވާޅާއި، ޤަމީސް.
ތިންވަނައީ: އަންހެނުންގެ މައްޗަށް ޙަރާމްވެގެންވާ ބައި:
ނިޤާބު ނުވަތަ މޫނު ބުރުޤާ، ނުވަތަ ނިޤާބާ އެއްގޮތްވާ މޫނުފޮތިގަނޑެއް އެޅުން، އަދި ހިލޭ ފިރިހެނުންގެ ޙާޒިރުގައި އެނޫން އެއްޗަކުން އެކަނބުލޭގެ މޫނު ނިވާކުރުން ވާޖިބުވެގެންވޭ.
އެކަނބުލޭގެ ދެ އަތަށް އަންގި ލެއްވުން. އެކަމަކު ހިލޭ ފިރިހެނުންގެ ޙާޒިރުގައި، އެކަނބުލޭގެ ދެ އަތްތިލަ ނިވާކުރުން ވާޖިބުވެގެންވޭ.
ޢުމްރާ ކުރާ މީހާ ޢުމްރާ ފަށާނީ ގެފުޅު ވަށައިގެން ޠަވާފުކުރުމުން.
އަދި ކަޢުބާގެ ވަށައިގެން ޠަވާފުކުރުމަށްޓަކައި ޠާހިރުކަން މަތީ ހުރުން ޝަރުޠުވެގެންވޭ.
އިޙްރާމް ބަނދެގެންހުރި މީހާ މަސްޖިދުލް ޙަރާމަށް ވަންނަ ހިނދު، އޭނާގެ ކަނާތު ފައި އިސްކުރުން ސުންނަތްވެގެންވޭ އަދި މިސްކިތަށް ވަންނައިރު ކިޔާ ދުޢާ ކިޔާހުށި. އެއީ: "اللهمَّ افتحْ لي أبوابَ رحمتِكَ"
މާނައީ: "އޭ ﷲ އެވެ. އިބައިލާހުގެ ރަޙްމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ." އައްލޯހުންމަފްތަޙް ލީ އަބްވާބަ ރަޙްމަތިކަ
ކަޢުބާ ފެންނަހިނދު އޭނާ ތަލްބިޔާކިޔުން ހުއްޓާލާހުށި.
ދެން ޠަވާފުކުރަން ފަށަން ޤަޞްދުކޮށްފިނަމަ؛ އިޟްޠިބާޢުކުރުން އޭނާއަށް ސުންނަތްވެގެންވޭ. އެއީ އޭނާގެ ރިދާގެ މެދު، ކަނާތު ކިހިލިފަތް ދަށަށް ލައި، އޭގެ ދެކޮޅު ވައަތު ކޮނޑު މަތީގައި ބޭއްވުން. ދެން ޠަވާފުކޮށް ނިމުމުން އޭނާގެ ރިދާ ކުރިން އޮތްގޮތަށް ގެނެސް، ދެ ކޮނޑު ފޮރުވާހުށި. އެހެނީ އިޟްޠިބާޢުކުރުން އޮންނަނީ ހަމައެކަނި ޠަވާފުގައި.
ޠަވާފުކުރަން ފަށާނީ ޙަޖަރުލް އަސްވަދުން.
އެގޮތުން ޙަޖަރުލް އަސްވަދުގެ ކައިރިއަށް ގޮސް، އޭނާގެ ކަނާތުން އޭގައި އަތްލާފައި އޭގައި ބޮސްދިނުން ސުންނަތްވެގެންވޭ. ދެންފަހެ އެއަށް ބޮސްދޭން އޭނާއަށް ފަހިނުވެއްޖެނަމަ؛ އޭނާ އޭގައި އަތްލާފައި، އަތަށް ބޮސްދޭހުށި. އެކަންވެސް އޭނާއަށް ފަހިނުވެއްޖެނަމަ؛ އޭނާގެ އަތުގައިވާ ދަނޑިއެއް ނުވަތަ އެފަދަ އެއްޗަކުން އޭގައި އަތްލާފައި އެއަށް ބޮސްދޭހުށި. ދެން އެކަންވެސް އޭނާއަށް ފަހި ނުވެއްޖެނަމަ؛ ޙަޖަރަށް ކުރިމަތިލައި އޭނާގެ އަތުން އެއަށް އިޝާރާތްކުރާހުށި. އަދި އަތަށް ބޮސްނުދޭހުށި. އަދި އެންމެ ރަނގަޅު ގޮތަކީ: ފިތިބާރުވެ ތޮއްނުޖެހުން. އެއީ އޭނާގެ ފަރާތުން މީހުންނަށް އުނދަގޫޖެހި، އަދި މީސްތަކުންގެ ފުށުންވެސް އުނދަގޫ ނުޖެހުމަށް.
އަދި ޙަޖަރުލް އަސްވަދުގައި އަތްލާއިރު ނުވަތަ އެއަށް އިޝާރާތްކުރާއިރު މިހެން ކިޔުން ސުންނަތްވެގެންވޭ: اللهُ أكبرُ.
"އެންމެ ބޮޑީ ﷲ އެވެ." ﷲ އަކްބަރު
ދެން އޭނާގެ ކަނާތްފަރާތަށް މިސްރާބުޖަހާ، ގެފުޅު އޭނާގެ ވައަތަށްވާ ގޮތަށް ބަހައްޓާނީ. ދެން ރުކްނުލް ޔަމާނީއާ ހަމައަށް ދެވުމުން، ބޮސްދިނުމެއް ނެތި އޭގައި އަތްލާނީ. އެކަން ފަހިވެ ފަސޭހަ ނުވެއްޖެނަމަ، އެކަން ކުރަންވެގެން ތޮއްޖެހިގެން ނުވާނެ. އަދި އެއަށް އިޝާރާތްވެސް ކުރުމެއްނެތް.
(رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ).
މާނައީ: "އަޅަމެންގެ ރައްބެވެ. ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ، ނަރަކައިގެ ޢަޛާބުން މުއްތިކުރައްވާށިއެވެ." ރައްބަނާ އާތިނާ ފިއްދުންޔާ ޙަސަނަތަން ވަ ފިލް އާޚިރަތި ޙަސަނަތަން ވަ ޤިނާ ޢަޛާބައްނާރް
އަދި ރުކްނުލް ޔަމާނީ އާއި ޙަޖަރުލް އަސްވަދާ ދެމެދުގައި ކިޔާނީ މިހެން:
އަދި ޙަޖަރުލް އަސްވަދާ ހަމަވާ ކޮންމެ ފަހަރަކު، އަތުން އެއަށް އިޝާރާތްކޮށް މިހެން ކިޔާނީ: اللهُ أكبرُ. އައްލޯހު އަކްބަރު
އަދި އޭނާގެ ޠަވާފުގެ ބާކީ ބައިގައި ޛިކުރުކުރުމާއި ދުޢާކުރުމާއި ޤުރުއާން ކިޔެވުމުން އޭނާ ހިތްއެދޭ އެއްޗެއް ކިޔާނީ.
އަދި ސުންނަތް ގޮތަކީ ހަމައެކަނި ފުރަތަމަ ތިން ބުރުގައި ރަމްލުކުރުން. އެއީ އެކަން އޭނާއަށް ފަސޭހަވެ ފަހިވެއްޖެނަމަ. އެއީ ކައިރިކޮށް ފިޔަވަޅު އަޅައިގެން އަވަސްކޮށް ހިނގުމުން، ދެންފަހެ ބާކީ އޮތް ހަތަރު ބުރުގައި އަވަސްކުރުމެއް ނުވޭ.
ދެން ޠަވާފުކޮށް ނިމުމުން؛ ފަސޭހަކޮށް ވާން އޮތްނަމަ މަޤާމު އިބްރާހީމުގެ ފަހަތުގައި ދެ ރަކްޢަތް ނަމާދެއް ކުރުން ސުންނަތްވެގެންވޭ. އެހެންނޫނީ މިސްކިތުގެ ކޮންމެ ތަނެއްގައި ވިޔަސް އެ ދެ ރަކްޢަތް ކޮށްލާނީ. ފުރަތަމަ ރަކްޢަތުގައި އަލްފާތިޙާ ސޫރަތަށްފަހު ކިޔަވާނީ: ﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ﴾ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތަށް ފަހު ކިޔަވާނީ: ﴿قُلۡ هُوَ ٱللَّهُ أَحَدٌ﴾ ސޫރަތް
އޭނާ ޠަވާފުކޮށް އަދި ޠަވާފުގެ ދެ ރަކްޢަތް ކޮށް ނިމުމުން، ދެން ސަޢުޔުކުރާ ތަނަށް ނިކުންނާނީ. ދެން ޞަފާއާ ގާތްވެއްޖެނަމަ ކިޔަވާނީ: ﴿إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِ﴾ މި އާޔަތް ދެން އޭނާ މިހެން ކިޔާނީ: "أبدأُ بما بدأَ اللهُ بهِ"
މާނައީ: "ﷲ ފެއްޓެވި ކަންތަކުން މިއަޅާވެސް ފަށަމެވެ." އަބްދައު ބިމާ ބަދައައްލޯހު ބިހި
ދެން ޤިބްލައަށް، އެބަހީ ކަޢުބާއަށް ކުރިމަތިލާފައި މިހެން ކިޔުން މުސްތަޙައްބުވެގެންވޭ: لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير لا إلهَ إلا اللهُ وحدهُ، أنجزَ وعدَهُ، ونصرَ عبدَهُ، وهزمَ الأحزابَ وحدهُ" ލާއިލާހަ އިއްލައްލޯހު ވަޙްދަހޫ ލާ ޝަރީކަ ލަހޫ، ލަހުލް މުލްކު ވަލަހުލް ޙަމްދު، ވަހުވަ ޢަލާ ކުއްލި ޝަތްއިން ޤަދީރު ލާއިލާހަ އިއްލައްލޯހު ވަޙްދަހް، އަންޖަޒަ ވަޢުދަހް، ވަނަޞަރަ ޢަބްދަހް، ވަހަޒަމަލް އަޙްޒާބަ ވަހްދަހް ތިންފަހަރު އެ ދުޢާ ތަކުރާރުކުރާނީ. އަދި އެ ދެމެދުގައި ދުޢާކުރާނީ.
ދެން އޭނާ ޞަފާއިން ފައިބައިގެން، ހިނގާފައި މަރްވާއަށް ދާނީ. ދެން ފެހިކުލައިގެ ނިޝާނާ ހަމައަށް ފޯރައިފިނަމަ؛ ހަމައެކަނި ފިރިހެނުން ވަރަށް ބާރަށް ހިނގާނީ. ދެން ދެވަނަ ފެހިކުލައިގެ ފާހަގައާ ހަމައަށް ދެވުމުން (ޢާދައިގެމަތިން) ހިނގާނީ.
ދެން މަރްވާއަށް ފޯރުމުން، ޞަފާ ފަރުބަދައިގެ މަތީގައި ކަންތައްކުރި ގޮތަށް އެތާނގައިވެސް ކަންތައްކުރުން ޝަރުޢުވެގެންވޭ. އެއީ ތަކުބީރުކިޔުމާއި، ދުޢާކުރުމާއި، ޤުރްއާން ކިޔެވުމާއި، ކަޢުބާއަށް ކުރިމަތިލުންފަދަ ކަންކަން.
ދެން އޭނާ މަރްވާއިން ފައިބައިގެން، ހިނގާފައި ޞަފާއަށް ދާނީ. ދެން ފެހި ނިޝާނަށް ފޯރުމުން، ވަރަށް ބާރަށް ހިނގާނީ. ދެން ދެވަނަ ފެހި ފާހަގައާ ހަމައަށް ދެވުމުން (ޢާދައިގެ ހިނގުމަކުން) ހިނގާނީ.
ހަތް ބުރު ފުރިހަމަވަންދެން މިފަދައިން ކަންތައްކުރާނީ. ޞަފާއިން މަރްވާއަށް ދިޔުން އެއީ އެއް ބުރު އަދި މަރްވާއިން ޞަފާއަށް އަނބުރާ އައުން އެއީ އެހެން ބުރެއް. ފަށާނީ ޞަފާއިން. ނިންމާނީ މަރްވާއިން.
އަދި އޭނާގެ ސަޢްޔުގައި، ޛިކުރާއި ދުޢާއާއި ޤުރުއާން ކިޔެވުމުގެ ތެރެއިން އޭނާ ހިތްއެދޭ އެއްޗެއް ކިޔާނީ.
ބޯ ބޭލުމާއި ކޮށުމުގެ ޞިފަ:
ފަހެ، ޢުމްރާކުރާ މީހާ އޭނާގެ ޠަވާފާއި ސަޢްޔު ފުރިހަމަކޮށްފިނަމަ؛ އެހިނދުން ފިރިހެނާ ބޯ ބޭލުން ނުވަތަ ކޮށުން ވާޖިބުވެގެންވޭ. އަދި ވާޖިބުވެގެންވަނީ ބޯ ބޭލުން ނުވަތަ ކޮށުންވެސް މުޅި ބޮލަށް ޝާމިލުކުރުން.
އަދި އަންހެނާ، އެކަނބުލޭގެ އިސްތަށިގަނޑުގެ ކޮޅުން އިނގިލީގެ ބަދައެއްގެ މިންވަރަށް ކޮށާނީ.
މި ހިސާބުން ޢުމްރާ އެވަނީ ފުރިހަމަވެފައި.
މަދީނާ ޛުލްޙުލައިފާ ޛާތު ޢިރްޤު އަލްޖުޙްފާ
ޔަލަމްލަމް ޤަރްނުލް މަނާޒިލު މީޤާތުތައް
މައްކާ މީޤާތު މައްކާއާ ކައިރީގައިވާ މީހުން އިޙްރާމް ބަނުން ތަން
މައްކާގެ އަހުލުވެރިން އިޙްރާމް ބަނުން ޙައްޖުވުމަށް އެއުރެންގެ ގެތަކުން ޢުމްރާއަށް ތަންޢީމު
މަތިންދާބޯޓުން އަންނަ މީހާ އިޙްރާމް ބަނުން މީޤާތާ އެއްހަމަވުމުގެ ކުރިން އިޙްރާމް ހެދުން ލާނީ ހަމަވާ ހިނދު އިޙްރާމް ބަނުމަށް ނިޔަތް ގަތުން ތަލްބިޔާ ކިޔަން ފަށާނީ އެއާޕޯޓާ ހަމައަށް އިޙްރާމް ނުބަނދެ ފަސްކުރުން ހުއްދަވެގެން ނުވޭ.
އިޙްރާމްގެ ޞިފައާއި އޭގެ ޙުކުމްތައް
އަންހެނުން ފިޔަވައި ފިރިހެނުންނަށް ހަށިގަނޑު ތުނބުޅި ހެދުން
އިޙްރާމް ހެދުން ލުން އިޒާރަކާއި ރިދާއެއް ފިރިހެނާ ހުދުކުލައިގެ ދެއެތި އަންހެނާ އެކަނބުލޭގެ ބޭނުންވާ ހެދުމެއް ޒީނަތްތެރިކަން ހާމަކޮށް ފާޅުކުރުމެއް ނެތި ނިޤާބު އަންގި
ޢުމްރާއަށް އިޙްރާމް ބަނުން:
ބަލި އަލަށް އުފެދިގެން އަންނަ އެއްޗެއް
އިޙްރާމް ކަނޑާ ޙަލާލުވާނެ. އަދި އޭނާގެ މައްޗަށް (ކައްފާރާއެއް ފިދްޔައެއް ފާފައެއް) ނެތް
އިޙްރާމްގައި ކުރުން މަނާ ކަންތަކުން ދުރުހެލިވުން
އޭނާގެ އިޙްރާމުން ޙަލާލުވަންދެން އިޙްރާމްގައި ކުރުން މަނާ ކަންތައްތައް ފިރިހެނުންނާއި އަންހެނުންނަށް ޙަރާމްވެގެންވާ އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ކައިވެންޏަށް އެދުން. ކައިވެނި ޢަޤުދުކުރުން ފިރިހެނުންނަށް ޙަރާމްވެގެންވާ ފިރިހެނުން އަންހެނުންގެ މައްޗަށް ޙަރާމްވެގެންވާ
ޠަވާފުކުރާނެ ގޮތް ޠަވާފުކުރުމަށްޓަކައި ޠާހިރުކަން މަތީ ހުރުން ޝަރުޠުވެގެންވޭ.
މިސްކިތަށް ވަންނައިރު ކިޔާ ދުޢާ
އިޟްޠިބާޢުކުރުން އިޟްޠިބާޢުކުރުން އޮންނަނީ ހަމައެކަނި ޠަވާފުކުރުމުގައި. ޠަވާފުކުރުން ފަށާނީ ޙަޖަރުލް އަސްވަދުން.
ޔަމާނީ ދެ ރުކުން ދޭތެރޭ ކިޔާނީ ކީކޭކަން
ޛިކުރު ދުޢާ ޤުރްއާން ކިޔެވުން ރަމްލުކުރުން ޝަރުޢުވެގެންވުން ފުރަތަމަ ތިން ބުރުގައި
މަޤާމު އިބްރާހީމުގެ ފަހަތުގައި ނަމާދުކުރުން ފަސޭހަވެއްޖެނަމަ
﴿وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗى﴾
މާނައީ: "އަދި އިބްރާހީމުގެފާނުގެ މަޤާމުން ނަމާދުކުރާ ތަނެއް ތިޔަބައިމީހުން ނަގާހުށިކަމެވެ."
ތިން ފަހަރު ދުވާނީ. ހިނގާނީ ފެހި ނިޝާން ތަކްބީރު ކަޢުބާއަށް ކުރިމަތިލުން ހަތް ބުރު ޞަފާއިން މަރްވާއަށް އެއީ އެއް ބުރު. 1 ވަނަ ބުރު ބޯ ބޭލުމާއި ކޮށުމުގެ ޞިފަ
ފިރިހެނާ ބޯ ބޭލުމާއި ކޮށުން ވާޖިބުވުން މުޅި ބޮލަށް ޝާމިލުވާ އަންހެނާ އިސްތަށިގަނޑު ކޮށުން ވާޖިބުވުން އަންހެނުން