Skip to content
العقيدة الصحيحة وما يضادها

العقيدة الصحيحة وما يضادها

(އެއުރެންގެ ކިބަޔަކުން ތިމަންއިލާހު ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.) [އައްޛާރިޔާތު: 57] (ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ރިޒްޤުދެއްވާ، ބާރުގެ ވެރި، ގަދަފަދަވަންތަ އިލާހެވެ.) [އައްޛާރިޔާތު: 58] (އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން (ވާރޭ) ފެން ވެއްސަވައި އަދި އޭގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒުޤުގެ ގޮތުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ (ﷲ ފިޔަވައި ޚަލްޤުކުރައްވާ އެހެން ފަރާތެއް ނުވާކަން) ތިޔަބައިމީހުން ދެނެތިބި ޙާލު، ﷲ އާ އެކު އެހެން ފަރާތްތަކެއް ބައިވެރިކޮށް، ޝަރީކު ނުކުރާށެވެ.) [އަލްބަޤަރާ: 22] (އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ އިންޛާރުދޭ އަދި ހެޔޮ ޚަބަރުދޭ މީހެކެވެ.) ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ.)

0%
Font size