الأذكار التي تقال صباحًا ومساءً
بسم الله الرحمن الرحيم ހެނދުނާއި ހަވީރުގެ ޛިކުރުތައް (اللَّهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ). މާނައީ: ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާ އިލާހެވެ. ދިރިދެމި ވޮޑިގެންވާ، ދާއިމަށް ޤާއިމުވެ ވޮޑިގެންވާ…
بسم الله الرحمن الرحيم ހެނދުނާއި ހަވީރުގެ ޛިކުރުތައް
(اللَّهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ). މާނައީ: ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާ އިލާހެވެ. ދިރިދެމި ވޮޑިގެންވާ، ދާއިމަށް ޤާއިމުވެ ވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ވެސް އެ އިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެ އިލާހަށެވެ. އެ އިލާހުގެ އިޛުނަފުޅާ ލައިގެން މެނުވީ، އެ އިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނެ މީހަކީ ކާކުހެއްޔެވެ؟ އެ މީހުންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެ މީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހުގެ ޢިލްމުފުޅުގެ ތެރެއިން އެ އިލާހު އިރާދަ ކުރެއްވިކަމެއް ފިޔަވާ، އެއްވެސް އެއްޗެއް އެ މީހުންނަކަށް އެނގިގެނެއް ނުވެއެވެ. އެ އިލާހުގެ ކުރުސި، އުޑުތަކާއި ބިމުގެ އެންމެހާ ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރައްވާ ހިފެހެއްޓެވުމަށް އެ އިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އެ އިލާހީ މަތީގައި ވޮޑިގެންވާ، ހައިބަބޮޑުވެގެންވާ އިލާހެވެ. ބަޤަރާ ސޫރަތް: 255 ވަނަ އާޔަތް (އާޔަތުލް ކުރުސި)
(آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُون َ كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ لا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِير) މާނައީ: ރަސޫލުއާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާންވިއެވެ. އެ އެންމެންމެ ﷲއާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ ޙަޟްރަތަށެވެ. (لا يُكَلِّفُ اللَّهُ نَفْساً إِلا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلا تَحْمِلْ عَلَيْنَا إِصْراً كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلا تُحَمِّلْنَا مَا لا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ) މާނައީ: ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢީޤާބު) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙްމަތްލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާނދޭވެ! ބަޤަރާ ( 285-286 )
(قُلْ هُوَ اللَّهُ أَحَدٌ) އަދި (قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި (قُلْ أَعُوذُ بِرَبِّ النَّاسِ) މި ތިން ސޫރަތް ފުރިހަމަޔަށް ތިންފަހަރު
أَعُوذُ بِكَلِمَاتِ ٱللَّهِ ٱلتَّامَّاتِ مِنْ شَرِّ مَا خَلَقَ މާނަ: މާތް ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ހެއްދެވި އެންމެހާ މަޚުލޫޤުންގެ ނުބައިކަމުން މިއަޅާ އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. (ތިންފަހަރު)
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ މާނަ: އެއިލާހުގެ އިސްމުފުޅާއެކު، އުޑާއި ބިމުގައިވާ އެއްވެސް އެއްޗަކަށް (މި އަޅާއަށް) ގެއްލުމެއް ނުދެވޭނެ، ﷲ ގެ އިސްމުފުޅުން (މި އަޅާ ރައްކާތެރިކަމަށް އެދެމެވެ.). އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. (ތިންފަހަރު)
رَضِيتُ بِاللَّهِ رَبًّا، وَبِالإِسْلَامِ دِينًا، وَبِمُحَمَّدٍ ﷺ نَبِيًّا މާނައީ: الله އީ ހުރިހާ އެއްޗެއްގެ ވެރިރަސްކަލާނގެ ކަމަށާއި އަދި ދީނަކީ އިސްލާމް ދީންކަމަށާއި އަދި މުޙައްމަދުގެފާނަކީ ނަބިއްޔާކަމަށް އަހުރެން ރުހިއްޖައީމެވެ. (ތިންފަހަރު)
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذَا الْيَوْمِ، وَخَيْرَ مَا بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ، وَشَرِّ مَا بَعْدَهُ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَالْهَرَمِ، وَسُوءِ الْكِبَرِ، وَأَعُوذُ بِكَ مِنْ عَذَابِ النَّارِ، وَعَذَابِ الْقَبْرِ މާނަ: އަޅަމެން ހެނދުނުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ﷲއަށްޓަކައި ހެނދުނުކޮށްފިއެވެ. (ނުވަތަ އެންމެހާ ވެރިކަމެއް ﷲއަށް މިލްކުވެއްޖެއެވެ.) އަދި ހުރިހާ ޙަމްދެއްވަނީ ﷲއަށެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! މިއަދުގައި ވާހާ ހެޔޮކަމަކާއި މިއަދަށް ފަހުގައި ވާހާ ހެޔޮކަމެއް ދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަދުގައި ވާހާ ނުބައިކަމަކުންނާއި މިއަދަށް ފަހުގައި ވާހާ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! ކަންނެތްކަމާއި މުސްކުޅިކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ހައްދަވާބޮޑުކުރައްވާ އިލާހު! ނަރަކައިގެ އަޛާބުންނާއި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. މިޛިކްރު ހަވީރުގައިނަމަ ކިޔާނީ: (أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ) ގެ ބަދަލުގައި ކިޔާނީ (أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ) މިހެންނެވެ. މާނައީ: އަޅަމެން ހަވީރުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ﷲއަށްޓަކައި ހަވީރުކޮށްފިއެވެ. ދެން (رب أسألك خير ما في هذا اليوم) ގެ ބަދަލުގައި ކިޔާނީ (رب أسألك خير ما في هذه الليلة) މިހެންނެވެ. މާނއީ: އޭ ހައްދަވާބޮޑުކުރައްވާ އިލާހު! މިގެ ރޭގައި ވާހާ ހެޔޮކަމަކާއި މިރެއަށް ފަހުގައި ވާހާ ހެޔޮކަމެއް ދެއްވުމަށް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. ދެން ދުޢާގެ ބާކީ ބައި ފުރިހަމަ ކުރާނީއެވެ.
اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ މާނައީ: އޭ ﷲ! އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހެނދުނު ކުރީމުއެވެ. އަދި ހަމަ އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހަވީރު ކުރީމުއެވެ. އަދި އިބަ އިލާހުގެ ރައްކާތެރިކަމާއެކު އަޅަމެން ދިރިތިބެމުއެވެ. އަދި ހަމަ އިބަﷲގެ ރައްކާތެރިކަމާއެކު އަޅަމެން މަރުވަމުއެވެ. އަދި ކަށްވަޅުން ތެދުވެގެން ދިއުންވަނީ އިބަ އިލާހުގެ ޙަޟްރަތަށެވެ. އަދި ހަވީރުގައިނަމާ ކިޔާނީ اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَمُوتُ، وَبِكَ نَحْيَا، وَإِلَيْكَ الْمَصِيرُ މާނާ: އޭ ﷲ! އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހަވީރު ކުރީމުއެވެ. އަދި ހަމަ އިބަ އިލާހުގެ ވާގިފުޅާއެކު އަޅަމެން ހެނދުނުކުރީމުއެވެ. އަދި އިބަ އިލާހުގެ ރައްކާތެރިކަމާއެކު އަޅަމެން ދިރިތިބެމުއެވެ. އަދި ހަމަ އިބަﷲގެ ރައްކާތެރިކަމާއެކު އަޅަމެން މަރުވަމުއެވެ. އަދި ކަށްވަޅުން ތެދުވެގެން ދިއުންވަނީ އިބަ އިލާހުގެ ޙަޟްރަތަށެވެ.
اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ، فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، فَلَكَ الْحَمْدُ، وَلَكَ الشُّكْرُ މާނަ: އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައްޗަށް ނުވަތަ އިބަاللهގެ މަޚްލޫޤުންކުރެ މަޚްލޫޤެއްގެ މައްޗަށް އެއްވެސް ނިޢުމަތެއް ހެނދުންކޮށްފިނަމަ ފަހެ އެނިޢުމަތްވަނީ އިބަاللهގެ ޙަޟްރަތުންނެވެ. އިބަالله އެއްކައުވަންތައެވެ. އިބަاللهއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ފަހެ ހުރިހާ ޙަމްދަކާއި ޝުކުރެއް ވަނީ އިބަاللهއަށެވެ. އަދި ހަވީރުގައި ނަމަ مَا أَصْبَحَ بِي ގެ ބަދަލުގައި ކިޔާނީ مَا أَمْسَى بِي އެވެ.
(ތިން ފަހަރު)
اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي މާނަ: އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބަ އިލާހުގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ފުރިހަމަ ޢާފިޔަތަށް އެދި ދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ޢަފޫކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މިއަޅާގެ ދީނާއި ދުނިޔޭގައި އަދި މިއަޅާގެ އަހުލުވެރިންނާއި މުދަލުގައި ފުރިހަމަ ޢާފިޔަތަށް އެދި ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ! އަދި ބިރުގަންނަ ކަންކަމުން މިއަޅާއަށް އަމާންކަން ދެއްވާންދޭވެ! އޭ ﷲ! މިއަޅާގެ ކުރިމަތިންނާއި، މިއަޅާގެ ފުރަގަހުންނާއި، މިއަޅާގެ ކަނާތްފަރާތުންނާއި، މިއަޅާގެ ވާތްފަރާތުންނާއި އަދި މިއަޅާގެ މަތިން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މިއަޅާގެ ދަށުން މިއަޅާ ހަލާކުވެދިއުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ މަތިވެރިކަން މެދުވެރިކޮށް ދަންނަވަމެވެ.
اللَّهُمَّ أَنْتَ رَبِّي، لَا إِلَٰهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَىٰ عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ މާނަ: އޭ ﷲ! އިބަ އިލާހީ މިއަޅާގެ رَبّއެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަ އިލާހު މިއަޅާ ޚަލްޤުކުރެއްވިއެވެ. އަދި މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ އިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާހުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާންދޭވެ. އެހެނީ ހަމަކަށަވަރުން އިބަ އިލާހު ފިޔަވާ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ.
اللهم فاطر السماوات والأرض، عالم الغيب والشهادة، ربَّ كل شيء ومَلِيكه، أشهد أن لا إله إلا أنت، أعوذ بك من شر نفسي ومن شر الشيطان وشركه وأن أقترف على نفسي سوءاً أو أجُرَّه إلى مسلم މާނައީ: އޭ ﷲ! ޣައިބުގައިވާ ކަންތައްތަކާއި ފެންނަހާ ކަންތައްތައް ދެނެވޮޑިގެންވާ އިލާހު! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އިލާހު! ހުރިހާ އެއްޗެއް ހައްދަވާ ގެންގުޅުއްވާ އަދި އެތަކެތީގެ މިލްކުވެރި އިލާހު! އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާގެ ނަފްސުގެ ނުބައިކަމާއި، ޝައިޠާނާގެ ނުބައިކަމާއި، އެޝައިޠާނާ (އިބަ އިލާހާ) ޝަރީކުކުރުމަށް ލައިދޭ ވަސްވާހުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިއަޅާގެ އަމިއްލަ ނަފްސުގެ މައްޗަށް މިއަޅާއަށް ކުރެވޭ ނުބައި ކަންތަކުންނާއި ނުވަތަ އެ ނުބައި ކަންތައް އެހެން މުސްލިމަކު ލައްވާ ކުރުވުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.
اللهم إني أصبحت أُشهدُك وأشهد حملة عرشك وملائكتك وأنبياءك وجميع خلقك بأنك أنت الله لا إله إلا أنت وأن محمدًا عبدك ورسولك. މާނައީ: އޭ ހައްދަވައިބޮޑުކުރެއްވިރަސްކަލަކޮ! އިބަ ﷲއާއި އިބަاللهގެ ޢަރުޝު އުފުއްލަވާ މަލާއިކަތުންނާއި އަދި އިބަاللهގެ ހުރިހާ މަލާއިކަތުންނާއީ ހުރިހާ މަޚްލޫޤުން ހެކިކުރާ ހާލު ހަމަކަށަވަރުން މިއަޅާ ހެނދުންކުރަމެވެ. ހަމަކަށަވަރުން އިބަالله ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުކު ނުވެއެވެ.އަދި އިބަﷲ އެއްކައުވަންތައެވެ. އިބަاللهއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އިބަاللهގެ އަޅާއެވެ. އަދި އިބަاللهގެ ރަސޫލާއެވެ. އަދި ހަވީރުގައިނަމަ اللهم إني أصبحت ބަދަލުގައި ކިޔާނީ اللهم إني أمسيت އެވެ. މާނައީ އޭ ﷲ! ހަމަކަށަވަރުން އަހަރެން ހަވީރުކޮށްފީމުއެވެ. ދެން ނިމެންދެން މި ޛިކުރު ބާކީބައި ކިޔާނީ އެވެ. (ހަތަރު ފަހަރު)
لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير. މާނައީ: ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ. (ސަތޭކަ ފަހަރު) ހެނދުމާއި ހަވީރު
حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم. މާނައީ: މިއަޅާއަށް ﷲ ފުދެއެވެ. އެއިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ ވަކީލުކުރަނީ ހަމައެކަނި އެއިލާހަށެވެ. އަދި އެއިލާހީ މަތިވެރި ޢަރްޝުގެ ވެރި އިލާހެވެ. (ހަތްފަހަރު)
سبحان الله وبحمده މާނާ: ﷲ ހުސްޠާހިރުވަންތައެވެ. އަދި އެކަލާގެއަށް ޙަމުދު ހުއްޓެވެ. (ސަތޭކަ ފަހަރު) ހެނދުނު ނުވަތަ ހަވީރުގައެވެ. ނުވަތަ ދެއިރުވެސް މެއެވެ.
أستغفر الله وأتوب إليه މާނާއީ: ﷲއަށް ފާފަ ފުއްސެވުންއެދި ދަންނަވަމެވެ. އަދި އެއިލާހަށް ތައުބާވަމެވެ. (ސަތޭކަ ފަހަރު)
މިއީ މިކަމުގައި މިއަޅާއަށް ލިޔަން ފަސޭހަވި މިންވަރެވެ. މިއިން މަންފާ ލިބުމަށާ އެދި ﷲ ތަޢާލާ އަށްދަންނަވަމެވެ.
ލިޔުނީ: މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ތާރީޚު: 20-1-1418هـ