Skip to content

«ألا إن في الجسد مضغة...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

الباب / الفصل
قسم الحديث

السؤال

س10: أكمل حديث «ألا إن في الجسد مضغة...»، واذكر بعض فوائده.

ސ 10: «ألا إن في الجسد مضغة...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

الجواب

ج:عن النعمان بن بشير رَضِيَ اللَّهُ عَنْهُما قال: سمعت رسول الله صلى الله عليه وسلم يقول:

«ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب»

رواه البخاري ومسلم.

بعض فوائد الحديث:

  1. صلاح القلب فيه صلاح الظاهر والباطن.
  2. الاهتمام بصلاح القلب لأن به صلاح الإنسان.

ޖ: އައްނުޢުމާނު ބްނު ބަޝީރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ:

«ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب» "ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. ​​އެ ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅުވީއެވެ. އަދި އެ ފާސިދުވެއްޖެ ނަމަ މުޅި ހަށިގަނޑު ފާސިދުވީއެވެ. ދަންނާށެވެ. އެއީ ހިތެވެ."

ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

  1. ހިތް އިޞްލާޙުވުމުގައި ބޭރުފުށާއި އެތެރެފުށް އިޞްލާޙުވުން ވެއެވެ.
  2. ހިތް ރަނގަޅުވެ އިޞްލާޙުވެގެންވުމަށް ސަމާލުކަންދިނުން. އެހެނީ އިންސާނާ ހެޔޮވެ އިޞްލާޙުވުންވަނީ އެކަމުގައިއެވެ.