«ليس المؤمن بالطعان، ولا اللعان ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.
- الباب / الفصل
- قسم الحديث
السؤال
س12: أكمل حديث «ليس المؤمن بالطعان، ولا اللعان ...»، وبعض فوائده.
ސ 12: «ليس المؤمن بالطعان، ولا اللعان ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.
الجواب
ج:عن عبد الله بن مسعود رَضِيَ اللَّهُ عَنْهُ قال: قال رسول الله صلى الله عليه وسلم:
«ليس المؤمن بالطعان، ولا اللعان، ولا الفاحش، ولا البذيء»
رواه الترمذي.
من فوائد الحديث:
- النهي عن كل كلام باطل وقبيح.
- أن ذلك صفة المؤمن في لسانه.
ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
«ليس المؤمن بالطعان، ولا اللعان، ولا الفاحش، ولا البذيء» “މުއުމިނަކީ ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހެއް ނޫނެވެ. އަދި ލަޢުނަތްދިނުން ބޮޑު މީހެއްވެސް ނޫނެވެ. އަދި ފާޙިޝް ބަސްބުނާ މީހެއްވެސް ނޫނެވެ. އަދި ހަޑިހުތުރު ބަސް ބުނާ މީހެއްވެސް ނޫނެވެ.”
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:
- ކޮންމެ ބާޠިލު އަދި ހުތުރު ވާހަކައެއް ދެއްކުން ނަހީވެގެންވުން.
- އެއީ މުއުމިނާގެ ދުލުގައިވާ ޞިފައެއްކަން.