السؤال
س٢٢: ما أركان الصلاة؟
ސ 22: ނަމާދުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:هي أربعة عشر ركنًا، كما يلي:
- أحدها: القيام في الفرض على القادر.
لحديث عمران بن حصين رضي الله عنه، عن النبي صلى الله عليه وسلم:
«صل قائمًا، فإن لم تستطع فقاعدًا، فإن لم تستطع فعلى جنب»
رواه البخاري.
- تكبيرة الإحرام، وهي: "الله أكبر".
لقوله عليه الصلاة والسلام:
«إذا قمت إلى الصلاة فكبر»
متفق عليه.
- قراءة الفاتحة.
«لا صلاة لمن لم يقرأ بفاتحة الكتاب»
- الركوع، ويمد ظهره مستويًا ويجعل رأسه حياله.
الرفع منه.
- الاعتدال قائمًا.
لقوله صلى الله عليه وسلم:
«ثم اركع حتى تطمئن راكعًا، ثم ارفع حتى تعتدل قائمًا»
- السجود، وتمكين جبهته، وأنفه، وكفيه، وركبتيه، وأطراف أصابع قدميه من محل سجوده.
- الرفع من السجود.
- الجلوس بين السجدتين.
«ثم اسجد حتى تطمئن ساجدًا، ثم ارفع حتى تطمئن جالسًا»
والسُّنَّة: أن يجلس مفترشًا على رجله اليسرى، وينصب اليمنى، ويوجهها إلى القبلة.
لحديث أم المؤمنين عائشة رضي الله عنها:
«وكان يفرش رجله اليسرى، وينصب رجله اليمنى»
رواه مسلم.
- الطمأنينة، وهي السكون في كل ركن فعلي.
- التشهد الأخير.
لحديث ابن مسعود رضي الله عنه قال:
كنا نقول في الصلاة قبل أن يفرض التشهد.
رواه النسائي وأصله في الصحيحين.
- الجلوس له.
- التسليمتان، وهو أن يقول مرتين: "السَّلام عليكم ورحمة الله".
لحديث:
«أنه كان يسلم عن يمينه وعن يساره: السلام عليكم ورحمة الله، السلام عليكم ورحمة الله»
رواه الترمذي وغيره.
- ترتيب الأركان -كما ذكرنا-، فلو سجد مثلًا قبل ركوعه عمدًا؛ بطلت صلاته، وسهوًا؛ لزمه الرجوع ليركع، ثم يسجد.
ޖ: އެއީ ސާދަ ރުކުނެވެ. އަންނަނިވި ގޮތަށެވެ:
- އޭގެ ތެރެއިން އެއް ކަމަކީ: ކުޅަދާނަ ވެގެންވާ މީހާ ފަރުޟު ނަމާދުގައި ކޮޅަށް ހުރުމެވެ.
އެއީ ޢިމްރާނު ބްނު ޙުޞައިނު رضي الله عنه، ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެއްވި ޙަދީޘަށްްޓަކައިއެވެ:
"ތިބާ ކޮޅަށްހުރެ ނަމާދުކުރާށެވެ. ދެންފަހެ ތިބާ ކުޅަދާނަނުވެއްޖެނަމަ ފަހެ އިށީންދެގެންނެވެ. ދެން ތިބާ ކުޅަދާނަ ނުވެއްޖެނަމަ ފަހެ އަރިއަކޒށް އޮށޯވެ އޮވެގެންނެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
- ހަށަންބަން ތަކްބީރު ކިޔުން، އެއީ: "الله أكبر" އެވެ.
އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ:
"ތިބާ ނަމާދަށް ތެދުވެއްޖެނަމަ ފަހެ ތަކްބީރު ކިޔާށެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ސޫރަތުލް ފާތިޙާ ކިޔެވުން.
"ސޫރަތުލް ފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ."
ރުކޫޢުކުރުން: އަދި ރުކޫޢުގައި ބުރަކަށި ސީދާކޮށް ދަމާލާފައި، އޭނާގެ ބޯ ބުރަކަށްޓާ އެއްވަރަށް ބަހައްޓާހުއްޓެވެ.
ރުކޫޢުން ތެދުވުން.
- އިޢުތިދާލުގައި ކޮޅަށްހުރުން.
އެއީ އެކަލޭގެފާނު ﷺގެ މި ބަސްފުޅަށްޓަކައިއެވެ:
"ދެން ތިބާ ރުކޫޢުގައި ހަމަޖެހިއްޖައުމަށް ދާންދެން ރުކޫޢުކުރާށެވެ. ދެން ތިބާ އިޢުތިދާލުގައި ސީދާވެއްޖައުމަށް ދާންދެން ބޯ އުފުލާށެވެ."
- ސަޖިދަކުރުން، އަދި ސަޖިދަކުރާ ތަނުގައި އޭނާގެ ނިތްކުރިއާއި، ނޭފަތާއި، ދެ އަތްތިލައާއި، ދެ ކަކުލާއި، ދެ ފައިގެ އިނގިލިތަކުގެ ކޮޅުތައް ޖައްސައިގެން ހުރުން.
- ސަޖިދައިން ތެދުވުން.
- ދެ ސަޖިދަ ދެމެދު އިނުން.
"ދެން ތިބާ ސަޖިދާގައި ހަމަޖެހިއްޖައުމަށް ދާންދެން ސަޖިދަކުރާށެވެ. ދެން ތިބާ (ދެ ސަޖިދަ ދެމެދުގައި) އިށީންދެ އިނދެ ހަމަޖެހިއްޖައުމަށް ދާންދެން (ސަޖިދައިން) ބޯ އުފުލާށެވެ."
އަދި ސުންނަތް ގޮތަކީ: އޭނާގެ ވައަތު ފައި ފަތުރައިގެން އެ ފައިމަތީ އިށީންދެ، ކަނާތު ފައިތިލަ ބިންމަތީ ވިއްދާ ކޮޅަށްޖައްސާ، (އިނގިލިތައް) ޤިބްލައާ ދިމާކޮށްފައި ބެހެއްޓުމެވެ.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ:
“އެކަލޭގެފާނު ވާތުފައިންޕުޅު ފަތުރާލައްވާ، އަދި ކަނާތު ފައިންޕުޅު ބިންމަތީ ވިއްދަވައެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- ހަމަޖެހުން، އެއީ ކޮންމެ ޢަމަލީ ރުކުނެއްގައި ހިމޭންވެ ހަމަޖެހުމެވެ.
- ފަހު އައްތަޙިއްޔާތު
އެއީ އިބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ:
"އައްތަޙިއްޔާތު ކިޔުން ފަރުޟުކުރެއްވުމުގެ ކުރިން އަހަރުމެން ނަމާދުގައި ކިޔަމުން ދިޔައީމެވެ..."
ރިވާކުރެއްވީ އައްނަސާއީއެވެ. އޭގެ އަޞްލުވަނީ ދެ ޞަޙީޙުގައިއެވެ.
- އައްތަޙިއްޔާތަށް އިށީނުން.
- ދެ ސަލާމް ދިނުން. އެއީ ދެ ފަހަރު މިހެން ކިޔުމެވެ: "السَّلام عليكم ورحمة الله".
އެއީ މި ޙަދީޘަށްޓަކައިއެވެ:
“އެކަލޭގެފާނު ކަނާތް ފަރާތާއި ވާތްފަރާތަށް ސަލާމް ދެއްވައެވެ: السلام عليكم ورحمة الله، السلام عليكم ورحمة الله» އެވެ.
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.
- ރުކުންތައް -އަހަރުމެން ގެނައިގޮތަށް- ތަރުތީބުކުރުމެވެ. އެގޮތުން މިސާލަކަށް ރުކޫޢުކުރުމުގެ ކުރިން ޤަޞްދުގައި ސަޖިދަކޮށްފިނަމަ؛ އޭނާގެ ނަމާދު ބާޠިލުވެދެއެވެ. އަދި ނޭނގި ހަނދާންނެތިނަމަ؛ ރުކޫޢުކުރުމަށް އަނބުރާ ރުޖޫޢަވުން ލާޒިމްވާނެއެވެ. ދެން އެއަށްފަހު ސަޖިދަކުރާނީއެވެ.