ނަމާދުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟
- الموضوعات
- الصلاةشروط الصلاة
- التصنيف الشرعي
- الفقهالصلاةشروط الصلاة
- الباب / الفصل
- قسم الفقه
السؤال
س21: ما هي شروط الصلاة؟
ސ 21: ނަމާދުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:1. الإسلام؛ فلا تصح من كافر؛ لحبوط العمل بالشرك.
قال تعالى:
﴿لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ﴾
[الزمر: ٦٥].
- العقل؛ فلا تصح من مجنون.
- التمييز؛ فلا تصح من صغير غير مميز.
لقول النبي صلى الله عليه وسلم:
«رفع القلم عن ثلاث: عن النائم حتى يستيقظ، وعن الصغير حتى يكبر، وعن المجنون حتى يعقل أو يفيق»
رواه أهل السنن.
- النية.
في الحديث:
«إنما الأعمال بالنيات، وإنما لكل امرئ ما نوى»
رواه البخاري.
- دخول الوقت.
﴿إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾
[النساء: ١٠٣].
- الطهارة في رفع الحدث.
لحديث:
«لا يقبل الله صلاة أحدكم إذا أحدث حتى يتوضأ»
متفق عليه.
- التطهر من النجاسة.
لقوله تعالى:
﴿وَثِيَابَكَ فَطَهِّرۡ﴾
[المدثر: ٤].
- ستر العورة.
﴿يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ﴾
[الأعراف: ٣١].
- استقبال القبلة.
﴿فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُ﴾
[البقرة: ١٤٤].
ޖ: 1. އިސްލާމްކަން: ފަހެ ކާފަރެއްގެ ކިބައިން ނަމާދު ޞައްޙަވެގެން ނުވެއެވެ. އެއީ ޝިރުކުގެ ސަބަބުން ޢަމަލުތައް ބާޠިލުވެގެންވުމުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ.)
[އައްޒުމަރު: 65]
- ބުއްދިހުރުން؛ މޮޔައެއްގެ ކިބައިން ނަމާދު ޞައްޙަނުވާނެއެވެ.
- ހެޔޮނުބައި ވަކިކުރެވުން؛ ފަހެ ހެޔޮނުބައި ވަކިކުރަން ނޭނގޭ ކުޑަކުއްޖެއްގެ ކިބައިން ނަމާދު ޞައްޙަވެގެން ނުވެއެވެ.
އެއީ ނަބިއްޔާ ﷺގެ ޙަދީޘަށްޓަކައިއެވެ:
"ތިން މީހެއްގެ ކިބައިން ގަލަންވަނީ އުފުލިގެންނެވެ: ނިދާފައިވާ މީިހާގެ ކިބައިން، އޭނާ ހޭލައިފުމަށް ދާންދެނެވެ. ކުޑަކުއްޖާގެ ކިބައިން، އޭނާ ބޮޑުވެއްޖައުމަށް ދާންދެނެވެ. މޮޔަމީހާގެ ކިބައިން، އޭނާގެ ބުއްދި އަނބުރާ އައިސް ވިސްނިއްޖައުމަށް ދާންދެނެވެ."
ރިވާކުރެއްވީ ސުނަނު ފޮތްތަކުގެ އަހުލުވެރިންނެވެ. (އެބަހީ: އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާއެވެ.)
- ނިޔަތްގަތުން.
ޙަދީޘްގައިވެއެވެ:
"ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
- ނަމާދު ވަޤުތު ވަނުން.
(...ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.)
[އައްނިސާއު: 80]
- ޙަދަޘްވެރިކަން ފިލުވާލައިގެން ޠާހިރުވުން.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ތިޔަބައިމީހުންކުރެ މީހަކު ޙަދަޘްވެރިވެއްޖެނަމަ އޭނާ ވުޟޫކޮށްފުމަށް ދާންދެން ﷲ އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެތެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ނަޖިހުން ޠާހިރުވުން.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ:
(އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ!)
[އަލްމުއްދައްޘިރު: 4]
- ޢައުރަ ނިވާކުރުން.
(އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!)
[އަލްއަޢުރާފު : 31]
- ޤިބްލައަށް ކުރިމަތިލުން.
(ފަހެ ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުﷲ ގެފުޅާ) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާއަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!)
[އަލްބަޤަރާ: 50]