އުފާވެރި އުޖާލާ މޫނެއް ދެއްކުމަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الأخلاق
السؤال
س١٦: ما هي البشاشة؟
ސ 16: އުފާވެރި އުޖާލާ މޫނެއް ދެއްކުމަކީ ކޮބައިހެއްޔެވެ؟
الجواب
ج:هي طلاقةُ الوَجهِ، مع الفَرحِ والتَّبسُّمِ واللطف وإظهار السرور عند لقاء الناس.
وهي بعكس العبوس في وجه الناس مما ينفرهم.
- وفي فضل ذلك جاءت الأحاديث، فعن أبي ذَرٍّ رَضِيَ اللَّهُ عَنْهُ، قال: قال ليَ النَّبيُّ ﷺ:
«لا تَحْقِرَنَّ مِنَ المَعرُوفِ شَيْئًا، ولو أَنْ تَلْقَى أخاكَ بِوَجْهٍ طَلْقٍ»
رواه مسلم.
- وقالَ رَسولُ اللهِ ﷺ:
«تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ»
رواه الترمذي.
ޖ: އެއީ މީސްތަކުންނާ ބައްދަލުވާހިނދު މޫނު އުޖާލާވެ، އެއާއެކު އުފާވެރިކަމާއި، ހިނިތުންވުމާއި، އޯގާތެރިކަމާއި، ހިތްފަސޭހަކަން ހާމަކުރުމެވެ.
އެއީ މީހުން ނަފުރަތްތެރިވާ ގޮތަށް، މީސްތަކުންގެ މޫނުމަތީގައި މޫނު ކުނިކުރާ މީހާގެ އިދިކޮޅެވެ.
- އެކަމުގެ މާތްކަމާމެދު ޙަދީޘްތައް އައިސްފައިވެއެވެ. އެގޮތުން އަބޫ ޛައްރު رضي الله عنه ގެ އަރިހުންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ ﷺ އަހަރެންނަށް ޙަދީޘްކުރެއްވިއެވެ:
"ހެޔޮކަމުން އެއްވެސް ކަމެއް ތިބާ ދަށްކޮށްނުލާށެވެ. އެއީ ތިބާގެ އަޚާއާ އުފާވެރި މޫނަކާގެން ބައްދަލުކުރުންވިޔަސްމެއެވެ."
ރިވާކުރެއްވީ މުސްލިމެވެ.
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިބާގެ އަޚާގެ މޫނު މަތީގައި ތިބާ ހިނިތުންވުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.