السؤال
س١٨: ما هو الاستهزاء؟
ސ 18: ފުރައްސާރަކުރުމަކީ ކޮބައި ހެއްޔެވެ؟
الجواب
ج:هو السخرية من أخيك المسلم وتحقيره، وهذا لا يجوز.
قال تَعَالَى في النهي عن ذلك:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ﴾
[الحجرات: ١١].
ޖ: އެއީ ތިމާގެ މުސްލިމް އަޚާއަށް މަލާމާތްކޮށް ނިކަމެތިކޮށް ދަށްކޮލުމެވެ. އަދި މިއީ ހުއްދަ ކަމެއް ނޫނެވެ.
ﷲ ތަޢާލާ އެކަން ނަހީކުރައްވާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށް ފަހު ފާސިޤުކަމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.)
[އަލްޙުޖްރާތު: 11]