Skip to content

ޖަނަވާރުތަކާ މެދު އޯގާތެރިވުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الآداب الإسلامية

السؤال

س21: ما آداب الرفق بالحيوان؟

ސ 21: ޖަނަވާރުތަކާ މެދު އޯގާތެރިވުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:1. أطعم الحيوان وأسقيه.

  • في الحديث:

قالوا: يا رسول الله، وإن لنا في البهائم أجرًا؟ قال: «في كل كبد رطبة أجر»

متفق عليه.

  • ومر رسول الله صلى الله عليه وسلم ببعير قد لحق ظهره ببطنه، فقال:

«اتقوا الله في هذه البهائم»

رواه أبو داود.

  1. الرحمة والشفقة وعدم تحميله ما لا يطيق.
  • في الحديث: قال عليه الصلاة والسلام:

«من رب هذا الجمل؟ لمن هذا الجمل؟ فجاء فتى من الأنصار فقال: لي يا رسول الله. فقال: أفلا تتقي الله في هذه البهيمة التي ملكك الله إياها؛ فإنه شكا إليَّ أنك تجيعه وتدئبه»

رواه أبو داود وأحمد.

تدئبه: أي تتعبه.

  1. لا أعذب الحيوان بأي نوع من العذاب والأذى.
  • في الحديث عن جابر رضي الله عنه، أن النبي صلى الله عليه وسلم مر عليه بحمار قد وسم في وجهه، فقال:

«أما بلغكم أني قد لعنت من وسم البهيمة في وجهها، أو ضربها في وجهها؟» فنهى عن ذلك.

رواه مسلم وأبو داود واللفظ له.

ޖ: 1. އަހަރެން ޖަނަވާރަށް ކާންދީ ފެންދެމެވެ.

ޙަދީޘްގައިވެއެވެ:

އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެންނަށް ޖަނަވާރުތަކުގައި އަޖުރެއް ލިބެން އޮވޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތެތް ކޮންމެ ފުރަމޭއެއްގައި ވެސް އަޖުރުވެއެވެ.”

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

އޭގެ ބަނޑުގައި ބުރަކަށި ޖެހި ތަތްލާފައިވާ ޖަމަލެއްގެ ކައިރިން ﷲ ގެ ރަސޫލާ ﷺ ހުރަސްކުރެއްވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:

“މި ޖަނަވާރުތަކާ މެދު ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ.”

ރިވާކުރެއްވީ އަބޫ ދާވޫދެވެ.

  1. ރަޙުމްކޮށް، ކުލުނު ބަހައްޓާ، އަދި އެސޮރުމެންނަށް ކުޅަދާނަނުވާވަރުގެ ކަންކަން ނުޖެއްސުމެވެ.

ޙަދީޘްގައިވެއެވެ: އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

“މި ޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މި ޖަމަލަކީ ކާކުގެ އެއްޗެއް ހެއްޔެވެ؟" އެހިނދު އަންޞާރުންގެ ޒުވާނަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މިއީ ތިމަންނަގެ ޖަމަލެކެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް ﷲ މިލްކުވެރިކުރައްވާފައިވާ މި ޖަނަވާރާމެދު ތިބާ ﷲ އަށް ބިރުވެތިނުވަނީ ހެއްޔެވެ! ފަހެ އޭތި ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާ އޭތި ބަނޑުހައިކުރުވައި ވަރުބަލިކޮށްލާކަމަށް ޝަކުވާ ކޮށްފިއެވެ."

ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.

تدئبه: އެބަހީ، ވަރުބަލިކުރުވުމެވެ.

  1. އަހަރެން ޖަނަވާރުތަކަށް އެއްވެސް ކަހަލަ އަނިޔާއެއް އަދި ގެއްލުމެއް ދީގެން އަނިޔާއެއް ނުކުރަމެވެ.

އަދި ޖާބިރު رضي الله عنه ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: ނަބިއްޔާ ﷺ ގެ އަރިހުން ލާފައި، އޭގެ މޫނުމަތީގައި އަލިފާނުން ތައްގަނޑު ޖެހިގެންވާ ޙިމާރެއް ހުރަސްކޮށްފައި ދިޔައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:

“ޖަނަވާރެއްގެ މޫނުގައި ނިޝާން ޖަހާ، ނުވަތަ މޫނުގައި ތަޅާ މީހާއަށް ތިމަންކަލޭގެފާނު ލަޢުނަތްދެއްވިކަން ތިޔަބައިމީހުންނަށް ޚަބަރު ނުފޯރާހެއްޔެވެ؟" ދެން އެކަލޭގެފާނު އެކަން ނަހީކުރެއްވިއެވެ."

ރިވާކުރެއްވީ މުސްލިމު އަދި އަބޫ ދާވޫދެވެ. އަދި ލަފްޒުވަނީ އަބޫ ދާވޫދަށެވެ.