Skip to content

ކުޅިވަރުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الآداب الإسلامية

السؤال

س٢٢: ما آداب الرياضة؟

ސ 22: ކުޅިވަރުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:١. أنوي بالرياضة التقوي من أجل طاعة الله ومرضاته.

  1. لا نلعب وقت الصلاة.
  • قال تعالى:

﴿فَوَيۡلٞ لِّلۡمُصَلِّينَ *

ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ﴾

[الماعون: ٤-٥].

  1. لا يمارس الأولاد الرياضة مع البنات.
  2. ألتزم بالزي الرياضي الساتر لعورتي.
  3. أتجنب الرياضة المحرمة، كالتي فيها ضرب للوجه وكشف للعورات.

في الحديث:

«إذا قاتل أحدكم أخاه فليجتنب الوجه»

رواه مسلم.

ޖ: 1. އަހަރެން ކުޅިވަރާއި ކަސްރަތުން ނިޔަތްގަންނަނީ ﷲ އަށް ކިޔަމަންވެ އެކަލާނގެ ރުއްސަވާ ކަންތައްކުރުމަށްޓަކައި ހަށިގަނޑު ވަރުގަދަކުރުމެވެ.

  1. އަހަރުމެން ނަމާދު ގަޑީގައި ނުކުޅެމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

فَوَيْلٌ لِلْمُصَلِّينَ (ފަހެ، ނަމާދުކުރާ މީހުންނަށް ހަލާކުހުއްޓެވެ.)

الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.)

[އަލްމާޢޫން: 4-5]

  1. ފިރިހެން ކުދިން އަންހެން ކުދިންނާއެކު ކުޅިވަރު ނުކުޅެއެވެ.
  2. އަހަރެންގެ ޢައުރަ ނިވާކޮށްދޭ ގޮތަށް ހުންނަ ކުޅިވަރު ހެދުން އަހަރެން ލަމެވެ.
  3. މޫނުގައި ޖެހުމާއި ޢައުރަތް ހާމަކުރުންފަދަ ކަންކަންވާ، ޙަރާމް ކުޅިވަރުތަކުން އަހަރެން ދުރުހެލިވަމެވެ.

ޙަދީޘްގައިވެއެވެ:

“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާ ހަނގުރާމަކުރިނަމަ ފަހެ އޭނާގެ މޫނުމަތިން (ޖެހުމުން) ދުރުވެ އެއްކިބާވާށެވެ."

ރިވާކުރެއްވީ މުސްލިމެވެ.