Skip to content

ސަމާސާ ކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الآداب الإسلامية

السؤال

س٢٣: ما آداب المزاح؟

ސ 23: ސަމާސާ ކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:١. الصدق في المزاح وعدم الكذب.

  • في الحديث:

«ويل للذي يحدث فيكذب ليضحك به القوم، ويل له، ويل له»

رواه أبو داود وأحمد والترمذي.

  1. المزاح الخالي من السخرية والاستهزاء والإيذاء والترويع.
  • قال عليه الصلاة والسلام:

«لا يحل لمسلم أن يروِّع مسلمًا»

رواه أبو داود وأحمد.

  1. عدم الإكثار من المزاح.

«ولا تكثر الضحك؛ فإن كثرة الضحك تميت القلب»

رواه الترمذي وابن ماجه.

ޖ: 1. ސަމާސާ ކުރާއިރު ތެދުވެރިވުމާއި ދޮގު ނުހެދުމެވެ.

ޙަދީޘްގައިވެއެވެ:

“މީހުން ހެއްވާލަން ދޮގުހަދާ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ."

ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދާއި އައްތިރްމިޛީއެވެ.

  1. މަލާމާތްކޮށް ފުރައްސާރަކުރުމާއި، ޖެއްސުންކޮށް އުނދަގޫކުރުމާއި، ބިރުދެއްކުމެއް ނެތް ސަމާސާއެއް ކަމުގައިވުމެވެ.

އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

“މުސްލިމަކު އެހެން މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.”

ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.

  1. ސަމާސާކުރުން މާ ގިނަ ނުކުރުމެވެ.

"އަދި ހުނުން ގިނަ ނުކުރާށެވެ. ފަހެ ހުނުން ގިނަކުރުމީ ހިތް މަރާލާ ކަމެކެވެ."

މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.