އައްތަކާޘުރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.
- الباب / الفصل
- قسم التفسير
السؤال
س٥: اقرأ سورة التكاثر وفسرها.
ސ 5: އައްތަކާޘުރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.
الجواب
ج:سورة التكاثر وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿أَلۡهَىٰكُمُ ٱلتَّكَاثُرُ 1
حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ 2
كَلَّا سَوۡفَ تَعۡلَمُونَ 3
ثُمَّ كَلَّا سَوۡفَ تَعۡلَمُونَ 4
كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ 5
لَتَرَوُنَّ ٱلۡجَحِيمَ 6
ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ 7
ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ 8﴾
[سورة التكاثر: ١ - ٨].
التفسير:
- ﴿أَلۡهَىٰكُمُ ٱلتَّكَاثُرُ1﴾:
شغلكم - أيها الناس - التفاخر بالأموال والأولاد عن طاعة الله.
- ﴿حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ2﴾:
حتى متُّم ودخلتم قبوركم.
- ﴿كَلَّا سَوۡفَ تَعۡلَمُونَ3﴾:
ما كان لكم أن يشغلكم التفاخر بها عن طاعة الله، سوف تعلمون عاقبة ذلك الانشغال.
- ﴿ثُمَّ كَلَّا سَوۡفَ تَعۡلَمُونَ4﴾:
ثم سوف تعلمون عاقبته.
- ﴿كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ5﴾:
حقًّا لو أنكم تعلمون يقينًا أنكم مبعوثون إلى الله، وأنه سيجازيكم على أعمالكم، لما انشغلتم بالتفاخر بالأموال والأولاد.
- ﴿لَتَرَوُنَّ ٱلۡجَحِيمَ6﴾:
والله لتشاهدنَّ النار يوم القيامة.
- ﴿ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ7﴾:
ثم لتشاهدنَّها مشاهدة يقين لا شك فيه.
- ﴿ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ﴾:
ثم ليسألنّكم الله في ذلك اليوم عما أنعم به عليكم من الصحة والغنى وغيرهما.
ޖ: އައްތަކާޘުރު ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿أَلْهَاكُمُ التَّكَاثُرُ. (މުދަލާއި ދަރިން ގިނަކޮށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެތިކޮށް) މަޝްޣޫލުކޮށްފިއެވެ.)
حَتَّى زُرْتُمُ الْمَقَابِرَ (ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ.)
كَلَّا سَوْفَ تَعْلَمُونَ (ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.)
ثُمَّ كَلَّا سَوْفَ تَعْلَمُونَ (ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.)
كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ (ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.)
لَتَرَوُنَّ الْجَحِيمَ (ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.)
ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ (ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.)
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ 8﴾ (ދެން އެ ދުވަހުން ހަމަކަށަވަރުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރެވޭނެކަން ކަށަވަރެވެ.)
[އައްތަކާޘުރު ސޫރަތް: 1-8].
ތަފްސީރު:
އޭ މީސްތަކުންނޭވެ! މުދަލާއި ދަރިންނާމެދު ފަޚުރުވެރިވުން، ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން މަޝްޣޫލުކޮށްފިއެވެ.
ތިޔަބައިމީހުން މަރުވެ، ޤަބުރުތަކަށް ވަދެފުމަށް ދާންދެނެވެ.
ﷲ އަށް ކިޔަމަންވުން ދޫކޮށް އެކަންކަމާމެދު ފަޚުރުވެރިވުން ތިޔަބައިމީހުން މަޝްޣޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ގޮތަށް މަޝްޣޫލުވެގަތުމުގެ ހިތި ނަތީޖާ ތިޔަބައިމީހުންނަށް އަދި އެނގޭނެއެވެ.
ދެން އެއަށްފަހުވެސް އޭގެ ނަތީޖާ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް އަލުން ދިރުއްވާ އަނބުރާ ފޮނުއްވޭނެކަމާއި، އަދި ތިޔަބައިމީހުންގެ ޢަމަލުތަކުގެ މައްޗަށް އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާދެއްވާނޭކަން ޔަޤީނުންވެސް ތިޔަބައިމީހުންނަށް އެނގޭނަމަ؛ މުދަލާއި ދަރިންނާމެދު ފަޚުރުވެރިވުމުގައި ތިޔަބައިމީހުން މަޝްޣޫލު ނުވީހެވެ.
ﷲ ގަންދީ ބުނަމެވެ! ޤިޔާމަތް ދުވަހު ތިޔަބައިމީހުންނަށް ނަރަކަ ފެންނާނޭކަން ކަށަވަރެވެ.
ދެން އެއްވެސް ޝައްކެއް ނުވާ ޔަޤީންކަމުގެ ދުށުމަކުން ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
ދެން އެދުވަހުން، ﷲ ތިޔަބައިމީހުންނަށް ދެއްވި ޞިއްޙަތާއި ތަނަވަސްކަމާއި އެހެން ކަންކަމާމެދު އެކަލާނގެ ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ.