ދުޢާކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الآداب الإسلامية
السؤال
س٢٦: ما آداب الدعاء؟
ސ 26: ދުޢާކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:١. البدء بحمد الله والثناء عليه.
- الصلاة على النبي صلى الله عليه وسلم.
- في الحديث عن النبي صلى الله عليه وسلم:
«إذا صليت، فقعدت، فاحمد الله بما هو أهله، وصل عليَّ ثم ادعه»
رواه الترمذي.
- رفع اليدين أثناء الدعاء.
- قال رسول الله صلى الله عليه وسلم:
«إن ربكم تبارك وتعالى حيي كريم يستحيي من عبده إذا رفع يديه إليه أن يردهما صفرًا»
رواه الترمذي وأبو داود.
- التوبة والاعتراف بالذنب.
- في دعاء موسى عليه السلام:
﴿قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ﴾
[القصص ١٦].
- الإلحاح في الدعاء، يعني إكثاره وتكراره.
- عدم استعجال الإجابة.
- لا تدع بإثم أو قطيعة رحم.
- في الحديث:
«لا يزال يستجاب للعبد ما لم يدع بإثم أو قطيعة رحم، ما لم يستعجل. قيل: يا رسول الله، ما الاستعجال؟ قال: يقول: قد دعوت، وقد دعوت، فلم أر يستجيب لي. فيستحسر عند ذلك، ويدع الدعاء»
رواه البخاري ومسلم.
- خفض الصوت في الدعاء.
- قال تعالى:
﴿ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ﴾
[الأعراف: ٥٥].
- حضور القلب أثناء الدعاء.
«ادعوا الله وأنتم موقنون بالإجابة، واعلموا أن الله لا يستجيب دعاء من قلب غافل لاه»
- الإخلاص لله تعالى، وسؤال الله وحده في الشدّة والرخاء.
﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا﴾
[الجن: ١٨].
- التوسّل إلى الله بأسمائه الحسنى وصفاته.
﴿وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ﴾
[الأعراف: ١٨٠].
- استقبال القبلة.
في الحديث:
«فما زال يهتف بربه مادًّا يديه مستقبل القبلة، حتى سقط رداؤه عن منكبيه»
رواه مسلم.
- إطابة المأكل والملبس.
«ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء: يا رب يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغذي بالحرام، فأنى يستجاب لذلك»
ޖ: 1. ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފެށުމެވެ.
- ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
އަދި ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ:
“ތިބާ ނަމާދުކޮށް އިށީންދެއްޖެނަމަ، ފަހެ ﷲ އަށް ޙައްޤުވާ ގޮތަށް ޙަމްދުކުރާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދޭށެވެ. ދެން ތިބާ އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
- ދުޢާ ކުރާއިރު ދެ އަތް އުފުލުން.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
“ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާއީ، ދިލަތިވަންތަ ލަދުވެތިވެވޮޑިގަންނަވާ ކަލެކެވެ. އަޅަކު އެކަލާނގެ ޙަޟްރަތަށް ދެ އަތް އުފުލައިފިނަމަ، ހުސްއަތާ އަނބުރާ ފޮނުއްވުމަށް އެކަލާނގެ ލަދުވެތިވެ ވޮޑިގަންނަވައެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
- ތައުބާވެ ފާފައަށް އިޢުތިރާފުވުން.
- މޫސާ عليه السلام ގެ ދުޢާގައިވެއެވެ:
(އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.)
[އަލްޤަޞަޞް: 16]
- ދުޢާކުރުމުގައި އާދޭސް ދެންނެވުމެވެ. މާނައަކީ ދުޢާ ގިނަކޮށް ތަކުރާރުކުރުމެވެ.
- އިޖާބަވުމަށް އަވަސްވެ ނުގަތުމެވެ.
- ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާށެވެ.
ޙަދީޘްގައިވެއެވެ:
“ފާފައަކަށް ނުވަތަ ޢާއިލީ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާހާ ހިނދަކު، އަޅާއަށް ދުޢާ އިޖާބަކުރެވުން ފިލައި ނުދެއެވެ. އޭނާ އަވަސްއަރައިގެން އުޅެފިނަމަ މެނުވީއެވެ." ދެންނެވުނެވެ: "އޭ الله ގެ ރަސޫލާއެވެ! އަވަސްވެގަތުމަކީ ކޮބާ ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އޭނާ ބުނެއެވެ: "ތިމަން ދުޢާކޮށްފީމޭ، އަދިވެސް ދުޢާކޮށްފީމޭ އެކަމަކު އިޖާބަކުރެވުނު ތަނެއް ނުފެނެޔޭއެވެ." ދެން އެހިނދުން އޭނާ ހިތްދަތިވެ ދެރަވެއެވެ. އަދި ދުޢާކުރުން ދޫކޮށްލައެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
- ދުޢާ ކުރާއިރު އަޑުމަޑުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރައްބަށް ދުޢާކުރާށެވެ!)
[އަލްއަޢުރާފު : 31]
- ދުޢާކުރާއިރު ހިތް ޙާޟިރުކޮށްފައި ބެހެއްޓުން.
"ތިޔަބައިމީހުންނަށް އިޖާބަކުރެވޭނެކަން ޔަޤީންކޮށްގެން ތިބެ ﷲ އަށް ދުޢާކުރާށެވެ. އަދި ދަންނާށެވެ! ޣާފިލުވެ، ސަމާލުކަން ގެއްލިގެންވާ ހިތަކުން ކުރާ ދުޢާއެއް އެކަލާނގެ އިޖާބަ ނުކުރައްވާނެއެވެ."
- ﷲ އަށް އިޚްލާޞްތެރިވުމާއި، އަދި ދަތިކަމާއި ތަނަވަސްކަމުގައިވެސް ހަމައެކަނި ﷲ ގެ ޙަޟްރަތަށް އެދި ދެންނެވުމެވެ.
(އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!)
[އަލްޖިންނު: 18]
- ﷲ ގެ ރިވެތިވެގެންވާ ނަންފުޅުތަކާއި ޞިފަފުޅުތައް މެދުވެރިކޮށް އެކަލާނގެއަށް ދެންނެވުން.
(އެންމެ ރިވެތި ނަންފުޅުތައް ލިބިގެން ވަނީ ﷲ އަށެވެ. ފަހެ އެ ނަންފުޅުތަކުން ތިޔަބައިމީހުން އެ އިލާހަށް ނަންދޭށެވެ.)
- ޤިބްލައަށް ކުރިމަތިލުން.
“ދެންފަހެ ޤިބްލައަށް ކުރިމަތި ލައްވައިގެން، ދެ އަތްޕުޅު (މައްޗަށް) ދަންމަވައިގެން އެކަލޭގެފާނުގެ ވެރި ރައްބަށް ގޮވާލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ކޮނޑުފުޅުން ހެދުންކޮޅު ވެއްޓިއްޖައުމަށް ދާންދެނެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- ކާބޯތަކެއްޗާއި އަންނައުނު ހެޔޮ ޙަލާލު ތަކެތި ކަމުގައިވުން.
"ދެން އެކަލޭގެފާނު މީހެއްގެ ވާހަކަ ކިޔާ ދެއްވިއެވެ. އެ މީހާ ދިގުރާސްތާގައި ދަތުރުކޮށްފައިދެއެވެ. ބޮލުގެ އިސްތަށިތައް ހޭވި، ހިރަފުސްވެފައިވާ މީހެކެވެ. އޭނާގެ ދެ އަތް އުޑަށް އުފުލައިގެން ހުރެ ގޮވައެވެ: "އޭ އަޅުގެ ވެރި ރައްބެވެ! އޭ އަޅުގެ ރައްބެވެ!" އޭރު އޭނާ ކައި އުޅެނީ ޙަރާމް ތަކެތިންނެވެ. ބޯތަކެތިވެސް ޙަރާމެވެ. ލައިއުޅެނީވެސް ޙަރާމް ތަކެއްޗެވެ. ޙަރާމުން ކާނާ ދެވިފައި ހުރި މީހެކެވެ. ދެންފަހެ އޭނާއަށް ދުޢާ އިޖާބަވާނީ ކިހިނަކުންހެއްޔެވެ!؟"