އާފުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الآداب الإسلامية
السؤال
س٢٥: ما هي آداب التثاؤب؟
ސ 25: އާފުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:١. محاولة كظم التثاؤب.
في الحديث:
«التثاؤب من الشيطان، فإذا تثاءب أحدكم فليرده ما استطاع»
متفق عليه.
- عدم رفع الصوت بقول " آه آه".
- في الحديث:
«ولا يقل: آه آه، فإن أحدكم إذا فتح فاه، فإن الشيطان يضحك منه»
رواه أحمد.
- وضع اليد على الفم.
«إذا تثاءب أحدكم فليمسك بيده على فيه؛ فإن الشيطان يدخل»
رواه مسلم.
ޖ: 1. އާފުރުން އެތެރެއަށް ހިފަހައްޓަން މަސައްކަތްކުރުމެވެ.
ޙަދީޘްގައިވެއެވެ:
“އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރެންފެށިއްޖެނަމަ ވީހާވެސް ބޮޑަށް އެކަން ހުއްޓުވާށެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- އާފުރޭއިރު: "އާހް، އާހް" ލައްވައި އަޑު ނުއުފުލުމެވެ.
“އަދި އޭނާ ‘އާހް، އާހް’ އޭ ނުކިޔާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު (އާފުރޭއިރު) އަނގަ ހުޅުވައިފިނަމަ، ޝައިޠާނާ އޭނާއާމެދު ހޭންފަށައެވެ."
ރިވާކުރެއްވީ އަޙުމަދެވެ.
- އަނގަމަތީ އަތް އެޅުން.
“ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރިއްޖެ ނަމަ، އޭނާގެ އަނގަމަތީގައި އަތް އަޅާށެވެ. އެހެނީ ޝައިޠާނާ ވަންނަނީއެވެ.”
ރިވާކުރެއްވީ މުސްލިމެވެ.