Skip to content

السؤال

س2: اشرح هذه الأحكام الخمسة.

ސ 2: މި ފަސް ޙުކުމް ޝަރަޙަކޮށްދޭށެވެ.

الجواب

ج:١. الواجب: وهو على وجه اللزوم، مثل الصلوات الخمس، وصيام رمضان وبر الوالدين.

  • الواجب يثاب فاعله ويعاقب تاركه.
  1. المستحب: وهو ليس على وجه اللزوم، مثل السنن الرواتب، وقيام الليل وإطعام الطعام والسلام. ويسمى السنة والمندوب.
  • المستحب يثاب فاعله ولا يعاقب تاركه.

ملاحظة مهمة:

ينبغي للمسلم عندما يسمع أن هذا الأمر سنة أو مستحب أن يبادر إلى فعله، والاقتداء بالنبي ﷺ.

  1. المحرم: وهو ما تركه لازم، مثل شرب الخمر، وعقوق الوالدين، وقطع الأرحام.
  • المحرم يثاب تاركه ويعاقب فاعله.
  1. المكروه: تركه غير لازم، مثل الأخذ والإعطاء باليد الشمال، كف الثوب في الصلاة.
  • المكروه يثاب تاركه ولا يعاقب فاعله.
  1. المباح: وهو على التخيير بين تركه وفعله، مثل أكل التفاحة وشرب الشاي، ويسمى: الجائز والحلال.
  • المباح لا يثاب تاركه ولا يعاقب فاعله.

ޖ: 1. ވާޖިބު: އެއީ ކޮންމެހެން ކުރުން ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ފަރުޟު ފަސް ނަމާދާއި، ރަމަޟާންމަހުގެ ރޯދައާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުންފަދަ ކަންކަމެވެ.

  • ވާޖިބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ލިބޭނެއެވެ.
  1. މުސްތަޙައްބު: އެއީ ކޮންމެހެން ކުރަން ލާޒިމުވާ ގޮތަށް ނުވާ ކަންކަމެވެ. މިސާލަކަށް: ރަވާތިބު ސުންނަތްތަކާއި، ރޭ އަޅުކަންކުރުމާއި، ކާން ދިނުމާއި، ސަލާމްކުރުންފަދަ ކަންކަމެވެ. އަދި މިއަށް ސުންނަތޭ، އަދި މަންދޫބު ކަންކަމޭވެސް ކިޔެއެވެ.
  • މުސްތަޙައްބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.

މުހިއްމު ނޯޓެއް:

މުސްލިމަކަށް މިވެނި ކަމަކީ ސުންނަތެއް ނުވަތަ މުސްތަޙައްބު އެދެވިގެންވާ ކަމެއްކަމަށް އަޑުއިވޭހިނދު އެކަމެއް ކުރުމަށް އޭނާ އަވަސްވެގަނެ، ނަބިއްޔާ ﷺ އަށް ތަބަޢަވާން ޖެހޭނެއެވެ.

  1. ޙަރާމް: އެއީ އެ ކަންކަން ދޫކޮށްލުން ކޮންމެހެންވެސް ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ބަނގުރާ ބުއިމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ރަޙިމުގެ ގުޅުން ކެނޑުންފަދަ ކަންކަމެވެ.
  • ޙަރާމް ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ލިބެއެވެ.
  1. މަކުރޫހަ: އެއީ އެކަން ދޫކޮށްލުން ކޮންމެހެން ލާޒިމު ނުވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ވައަތުން ތަކެތި ހިފުމާއި ދިނުމާއި، ނަމާދުގައި ހެދުން ބޮނޑިކުރުންފަދަ ކަންކަމެވެ.

މަކުރޫހަ ކަންކަން ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.

  1. މުބާޙު (ހުއްދަ): އެއީ އެކަން ނުކުރުމާއި ކުރުމުގެ ދެމެދުގައި އިޚްތިޔާރު އޮންނަ ކަންކަމެވެ. މިސާލަކަށް: އާފަލު ކެއުން، ސައި ބުއިންފަދަ ކަންކަމެވެ. އަދި މިއަށް ޖާއިޒު ކަންކަމޭ، އަދި ޙަލާލު ކަންކަމޭވެސް ކިޔެއެވެ.
  • ހުއްދަ ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބެއް ނުލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތެއްވެސް ނުލިބެއެވެ.