ދީނުގައި ފިޤުހުވެރިވުމުގެ މޭވައަކީ ކޮބައިހެއްޔެވެ؟ އަދި ދީނުގައި ފިޤުހުވެރިވުމުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم المنوعات
السؤال
س٣- ما ثمرة التفقه في الدين، وفضل الفقه في الدين؟
ސ 3- ދީނުގައި ފިޤުހުވެރިވުމުގެ މޭވައަކީ ކޮބައިހެއްޔެވެ؟ އަދި ދީނުގައި ފިޤުހުވެރިވުމުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟
الجواب
ج:صحة الأقوال والأعمال والاعتقادات، بما يثمر السعادة في الدنيا والآخرة.
- في الحديث عن معاوية بن أبي سفيان -رضي الله عنهما- قال: قال رسول الله صلى الله عليه وسلم:
«من يُرِدِ الله به خيراً يُفَقِّهْهُ في الدين»
رواه البخاري ومسلم.
يفقهه: أي يجعله عالمًا بالأحكام الشرعية.
ޖ: އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިއްބައިދޭ ގޮތަށް؛ ބަސްތަކާއި ޢަމަލުތަކާއި ޤަބޫލުކުރުންތައް ޞައްޙަކޮށް ރަނގަޅުވެގެން ދިޔުމެވެ.
- މުޢާވިޔާ ބްނު އަބީ ސުފްޔާނު رضي الله عنهما ގެ އަރިހުންވާ ޙަދީޘްގައިވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ﷲ އެމީހަކަށް ހެޔޮގޮތް އިރާދަކުރައްވާ މީހަކު، ދީނުގައި ފިޤުހުވެރިކުރައްވަތެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
އެކަލާނގެ އޭނާ ފިޤުހުވެރިކުރައްވައެވެ: އެބަހީ: ޝަރުޢީ ޙުކުމްތައް ދަންނަ މީހެއްކަމުގައި އެކަލާނގެ އޭނާ ލައްވައެވެ.