ޙަރާމްވެގެންވާ ކިބުރުވެރިކަމުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الأخلاق
السؤال
س٢٠: ما أنواع الكِبْرُ المحرم؟
ސ 20: ޙަރާމްވެގެންވާ ކިބުރުވެރިކަމުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:١. الكِبْر على الحق، وهو رد الحق وعدم قبوله.
- الكِبْرُ على الناس، وهو احتقارهم والاستهانة بهم.
قال رسول الله صلى الله عليه وسلم:
«لا يَدخُلُ الجَنَّةَ مَن كان في قَلبِه مِثْقالُ ذَرَّةٍ مِن كِبْرٍ».
فقال رَجُلٌ: إنَّ الرَّجُلَ يُحِبُّ أن يَكونَ ثَوبُه حسَنًا، ونَعْلُه حسَنةً؟ قال:
«إنَّ اللهَ جَميلٌ يُحِبُّ الجَمالَ، الكِبْرُ: بَطَرُ الحَقِّ، وَغَمْطُ النَّاسِ»
رواه مسلم.
- بَطَرُ الحَقِّ: رده
- غَمْطُ النَّاسِ: استحقارهم.
- الثوب الحسن والنعل الحسن ليس من الكبر.
ޖ: 1. ޙައްޤުގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުމެވެ. އެއީ ޙައްޤު ރައްދުކޮށް، އެ ޤަބޫލު ނުކުރުމެވެ.
- މީސްތަކުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުން. އެއީ މީސްތަކުން ދަށްކޮށްލާ، އަދި އެމީހުންނަށް އިހާނެތިކޮށް ހިތުމެވެ.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"އެމީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރުވެސް ބޮޑާކަންވާ މީހާ ސުވަރުވެ ނުވަންނާނެއެވެ."
ދެން މީހަކު ދެންނެވިއެވެ: "މީހަކު އޭނާގެ ހެދުން ރީތި ވުމަށާއި، އޭނާގެ ފައިވާން ރީތިވުމަށް ލޯބިކުރެއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
“ހަމަކަށަވަރުން ﷲ އީ ރީތިވެގެންވާ، އަދި ރީތިކަމަށް ލޯބިވެވޮޑިގެންވާ ފަރާތެކެވެ. ކިބުރުވެރިކަމަކީ: ޙައްޤަށް އިންކާރުކޮށް ދެކޮޅުހަދާ، އަދި މީސްތަކުން ދަށްކޮށްލުމެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- ޙައްޤާ ދެކޮޅުހެދުމަކީ: ޙައްޤު ރައްދުކޮށް އިންކާރުކުރުމެވެ.
- މީސްތަކުން ދަށްކޮށްލުމަކީ: މީސްތަކުން ނިކަމެތިކަމުގެ ލޮލުންދެކުމެވެ.
- ރީތި ހެދުމާއި ރީތި ފައިވާނަކީ އަދި ކިބުރުވެރިކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ.