السؤال
س١٩: ما هو التواضع؟
ސ 19: ތަވާޟުޢުވެރިކަމަކީ ކޮބައި ހެއްޔެވެ؟
الجواب
ج:هو أن لا يرى الإنسان نفسه على الناس، فلا يستحقر الناس ولا يرفض الحق.
- قال تَعَالَى:
﴿وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا﴾
[الفرقان: ٦٣]،
أي: متواضعين.
- وقالَ رسولُ اللهِ ﷺ:
«وما تَواضَعَ أحَدٌ للهِ إلَّا رَفَعَهُ اللهُ»
رواه مسلم.
- وقال صلى الله عليه وسلم:
«إنَّ اللهَ أَوْحى إليَّ أنْ تَواضَعُوا، حتَّى لا يَفخَرَ أحَدٌ على أحَدٍ، ولا يَبْغيَ أحَدٌ على أحَدٍ»
ޖ: އެއީ އެހެން މީހުންގެ މަތީގައި ތިމާގެ ނަފްސުވާ ކަމަށް ނުދެކުމެވެ. އެގޮތުން މީސްތަކުން ދަށްކޮށް ނުލައެވެ. އަދި ޙައްޤާ ދެކޮޅު ނުހަދައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ރަޙްމާނުވަންތަ އިލާހުގެ އަޅުންނީ، މަޑުމައިތިރިކަމާއި ހިމޭންކަމާއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ.)
[އަލްފުރްޤާނު: 63]
އެބަހީ: ހިތްތިރިކަމާއި ތަވާޟަޢުވެރިކަމާ އެކުގައިއެވެ.
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"އަދި އެއްވެސް މީހަކު ﷲ އަށްޓަކައި ތަވާޟަޢުވެރިވެ ހިތްތިރިކޮށްފިނަމަ؛ ﷲ އެމީހަކު (ޤަދަރާއި ދަރަޖައިގެ ގޮތުން) އުފުއްލަވައިގެން މެނުވީ ނުވެއެވެ."
ރިވާކުރެއްވީ މުސްލިމެވެ.
އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ﷲ ތިމަންކަލޭގެފާނަށް ވަޙީކުރައްވާ އެންގެވީ ތިޔަބައިމީހުން ތަވާޟަޢުވެރިވުމަށެވެ. އެއީ އެއްވެސް މީހަކު އަނެއް މީހާގެ މައްޗަށް ފަޚުރުވެރި ނުވުމަށްޓަކައިއެވެ. އަދި އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށެވެ.”