Skip to content

السؤال

س۸: ما هي أعياد المسلمين؟

ސ 8: މުސްލިމުންގެ ޢީދުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:عيد الفطر وعيد الأضحى.

لما جاء في حديث أَنَسٍ رضي الله عنه، قَالَ:

قَدِمَ رَسُولُ اللَّهِ ﷺ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا، فَقَالَ: «مَا هَذَانِ الْيَوْمَانِ؟»، قَالُوا: كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ، فَقَالَ رَسُولُ اللَّهِ ﷺ:«إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ»

رواه أبوداود.

وما سواهما من الأعياد فمن البدع.

ޖ: ފިޠުރު އީދާއި އަޟްޙާ ޢީދެވެ.

އަނަސް رضي الله عنه ވިދާޅުވިކަމަށް އައިސްފައިވާ ޙަދީޘަށްޓަކައިއެވެ:

"ﷲ ގެ ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވިއިރު، އެމީހުން ކުޅިވަރުކުޅެ މަޖާކުރާ ދެ ދުވަހެއްވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟" އެމީހުން ދެންނެވިއެވެ: "ޖާހިލިއްޔަތުގެ ޒަމާނުގައި އަހަރުމެން މި ދެ ދުވަހު ކުޅެ މަޖާކޮށް އުޅެމެވެ." ދެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔަ ދެ ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ރަނގަޅު ދެ ދުވަސް ﷲ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ: އެއީ އަޟްޙާ ޢީދާއި، ފިޠުރު ޢީދެވެ."

މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދެވެ.

އެހެން ހުރިހާ ޢީދުތަކަކީ ފަހެ ބިދުޢައިގެ ތެރޭގައިވާ ކަންކަމެވެ.