ފިނޑިކަމަކީ ކޮބައި ހެއްޔެވެ؟ އަދި ހިތްވަރުގަދަކަމަކީ ކޮބައި ހެއްޔެވެ؟
- الباب / الفصل
- قسم الأخلاق
السؤال
س٢٨: ما هو الجبن؟ وما هي الشجاعة؟
ސ 28: ފިނޑިކަމަކީ ކޮބައި ހެއްޔެވެ؟ އަދި ހިތްވަރުގަދަކަމަކީ ކޮބައި ހެއްޔެވެ؟
الجواب
ج:الجبن: أن يخاف مما لا ينبغي أن يخاف منه.
مثل الخوف من قول الحق وإنكار المنكر.
الشجاعة: وهي الإقدام على الحق، وذلك مثل الإقدام في ساحات الجهاد للدفاع عن الإسلام والمسلمين.
- وكان النبي ﷺ في دعائه يقول:
«اللَّهُمَّ إنِّي أعوذُ بكَ من الجُبنِ...».
- وقال رسولُ اللهِ ﷺ:
«المؤمنُ القويُّ خيرٌ وأحبُّ إلى اللهِ مِن المؤمنِ الضَّعيفِ، وفي كُلٍّ خيرٌ»
رواه مسلم.
ޖ: ފިނޑިކަމަކީ: ބިރުގަންނަން ނުޖެހޭ ކަންކަމާމެދު ބިރުގަތުމެވެ.
މިސާލަކަށް ޙައްޤު ބަސްބުނުމާއި، މުންކަރާތަށް އިންކާރުކުރަން ބިރުގަތުމެވެ.
ހިތްވަރުގަދަކަމަކީ: އެއީ ޙައްޤަށް ހިތްވަރާއެކު ކުރިމަތިލާ ކުރިއަށް ދިޔުމެވެ. އެއީ މިސާލަކަށް: އިސްލާމްދީނާއި މުސްލިމުންގެ ދިފާޢުގައި ޖިހާދުގެ މައިދާން ތަކުގައި އިސްނަގައިގެން ކުރިއަށް ދިޔުންފަދައިންނެވެ.
- ނަބިއްޔާ ﷺ ދުޢާގައި ވިދާޅުވެއެވެ:
«اللَّهُمَّ إنِّي أعوذُ بكَ من الجُبنِ...». “އޭ ﷲ އެވެ! ފިނޑިކަމުން ރައްކާތެރިކޮށް ދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން މިއަޅާ އެދެމެވެ.."
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ވަރުގަދަ މުއުމިނަކު ބަލިކަށި މުއުމިނަކަށް ވުރެ ހެޔޮވެ، އަދި ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި ކޮންމެ މީހެއްގައިވެސް ހެޔޮކަންވެއެވެ."
ރިވާކުރެއްވީ މުސްލިމެވެ.