ތެދުވެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الأخلاق
السؤال
س٩: ما ضد الصدق؟
ސ 9: ތެދުވެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟
الجواب
ج:الكذب، وهو خلاف الحقيقة، من ذلك، الكذب على الناس، وإخلاف المواعيد، وشهادة الزور.
- قال النبي صلى الله عليه وسلم:
«وإنَّ الكذِبَ يَهْدي إلى الفُجورِ، وإنَّ الفُجورَ يَهْدي إلى النَّارِ، وإنَّ الرَّجلَ لَيَكذِبُ حتَّى يُكتَبَ عندَ اللهِ كذَّابًا»
متفق عليه.
- وقال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«آيةُ المُنافِقِ ثَلاثٌ» -وذكر منها- «إذا حدَّثَ كَذَبَ، وإذا وَعَدَ أَخلَفَ»
ޖ: ދޮގުވެރިވުމެވެ. އަދި އެއީ ޙަޤީޤަތާ ޚިލާފުވުމެވެ. އޭގެ ތެރޭގައި މީހުންނަށް ދޮގުހެދުމާއި، ވަޢުދުތަކާ ޚިލާފުވުމާއި، ދޮގު ހެކިބަސް ދިނުން ހިމެނެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައި ފާޖިރުކަމަށެވެ. އަދި ނުބައި ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި މީހާ ދޮގުހަދަމުންދެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި އޭނާއީ ދޮގުވެރި ކައްޛާބެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. -އޭގެ ތެރޭގައި އެކަލޭގެފާނު ޛިކުރުކުރެއްވިއެވެ- އޭނާ ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ."