Skip to content

السؤال

س٨: ما هو خلق الصدق؟

ސ 8: ތެދުވެރިކަމުގެ ޚުލްޤަކީ ކޮބައިހެއްޔެވެ؟

الجواب

ج:هو الإخبار بما يطابق الواقع أو الشيء على ما هو عليه.

ومن صوره:

  • الصدق في الحديث مع الناس.
  • الصدق في الوعد.
  • الصدق في كل قول وعمل.
  • قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«إنَّ الصِّدقَ يَهْدي إلى البِرِّ، وإنَّ البِرَّ يَهْدي إلى الجنَّةِ، وإنَّ الرَّجلَ لَيَصْدُقُ حتَّى يكونَ صِدِّيقًا»

متفق عليه.

ޖ: އެއީ ކަންކަން އޮތް ޙަޤީޤަތާ އެއްގޮތަށް، ނުވަތަ ކަންތައް އޮތް ގޮތުގެ މައްޗަށް ޚަބަރުދިނުމެވެ.

އޭގެ ޞޫރަތަކުގެ ތެރޭގައި:

  • މީހުންނާ ވާހަކަ ދެއްކުމުގައި ތެދުވެރިވުން.
  • ވަޢުދުވުމުގައި ތެދުވެރިވުން.
  • ކޮންމެ ބަހަކާއި ޢަމަލެއްގައި ތެދުވެރިވުން.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

"ހަމަކަށަވަރުން ތެދުވެރިކަން، ހެޔޮކަމަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން މީހާ ތެދުވެރިވުމުގައި ހުރެ އެންމެފަހުން ގޮސް އޭނާ ތެދުވެރި ޞިއްދީޤަކަށްވެއެވެ."

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)