Filter results
279 cards
الموضوعات
التصنيف الشرعي
Filter ▾
حجم المحتوى4
ޖ: ނަމާދުގެ ވާޖިބުތައް، އެއީ އަށެކެވެ. އަންނަނިވި ގޮތަށެވެ:
- ހަށަންބަން ތަކްބީރު ފިޔަވައި އެހެން ތަކްބީރުތަކެވެ.
- އިމާމުމީހާ އަދި ވަކިން ނަމާދުކުރާ މީހާ «سمع الله لمن حمده» ކިޔުން.
- «ربنا ولك الحمد» ކިޔުން
- ރުކޫޢުގައި «سبحان ربي العظيم» އެއް ފަހަރު ކިޔުން.
5-ސަޖިދައިގައި «سبحان ربي الأعلى» އެއް ފަހަރު ކިޔުން.
- ދެ ސަޖިދަ ދެމެދު «رب اغفر لي» ކިޔުން.
- ފުރަތަމަ އައްތަޙިއްޔާތު.
- ފުރަތަމަ އައްތަޙިއްޔާތަށް އިށީންނުން.
ޖ: އެގާރަ ސުންނަތެވެ. އަންނަނިވި ގޮތަށެވެ.
- ހަށަންބަން ތަކުބީރަށް ފަހު "سبحانك اللهم وبحمدك، وتبارك اسمك، وتَعَالَىٰ جدك، ولا إله غيرك" ކިޔުން، އެއަށް ދުޢާއުލް އިސްތިފްތާޙުއޭ ކިޔެއެވެ. މާނައީ: "އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ﷲ އެވެ! އަދި އިބަ އިލާހަށް އެންމެހާ ޙަމްދެއް ހުއްޓެވެ. އަދި އިބަ އިލާހުގެ ނަންފުޅު ބަރަކާތްތެރިވެގެންވެއެވެ. އަދި އިބަ އިލާހުގެ އަރަހުށިކަން މަތިވެރިވެގެންވެއެވެ. އަދި އިބަ އިލާހު ފިޔަވައި (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ."
- އަޢޫޛު ކިޔުން.
- ބިސްމި ކިޔުން.
- އާމީން ކިޔުން.
- ފާތިޙާ ސޫރަތަށްފަހު އެހެން ސޫރަތެއް ކިޔެވުން.
- އިމާމު މީހާ އަޑުހަރުކޮށް ކިޔެވުން.
- ތަޙުމީދު (ربنا ولك الحمد) އަށް ފަހު: "ملء السَّمٰوات، وملء الأرض، وملء ما شئت من شيء بعد ކިޔުން. (މާނައީ: އުޑުތައް ފުރޭވަރަށް، އަދި ބިން ފުރޭވަރަށް، އަދި އެއަށްފަހު އިބައިލާހު އެދިވޮޑިގެންނެވި އެއްޗެއް ފުރޭ ވަރަށް އިބައިލާހަށް ޙަމްދުހުއްޓެވެ.)
- ރުކޫޢުގައި އެއް ފަހަރު ތަސްބީޙަ ކިޔުމަށްވުރެ އިތުރުވާ އެއްޗެއް. އެބަހީ: ދެވަނަ އަދި ތިންވަނަ ފަހަރު ތަސްބީޙަކިޔުން އަދި އެއަށްވުރެ އިތުރުކުރި ވަރެއްވެސްމެއެވެ.
- ސަޖިދާގައިގައި އެއް ފަހަރު ތަސްބީޙަ ކިޔުމުގެ އިތުރަށް ކިޔުން.
- ދެ ސަޖިދަ ދެމެދު «رب اغفر لي» އެއް ފަހަރު ކިޔުމުގެ އިތުރަށް ކިޔުން.
- ފަހު އައްތަޙިޢްޔާތުގައި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އާލުން عليهم السلام އަށް ޞަލަވާތް ލެއްވުމަށް އެދި ދެންނެވުމާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދެންެނެވުމާއި، އެއަށްފަހު ދުޢާކުރުން.
ޢަމަލީ ސުންނަތްތައް. އެއަށް ހައިއާތު ސުންނަތްތަކޭވެސް ކިޔެއެވެ.
- ހަށަންބަން ތަކުބީރާއެކު ދެއަތް (ކޮނޑާހަމައަށް ނޫނީ ދެ ކަންފަތު ފޫޅާ ހަމައަށް) އުފުލުން.
- އަދި ރުކޫޢު ކުރާއިރުވެސް.
- އަދި ރުކޫޢުން ތެދުވާއިރުވެސްމެއެވެ،
- އަދި އެއަށްފަހު ދެއަތް ތިރިއަށް ދޫކޮށްލުމެވެ.
- ވާތްމަތީ ކަނާތް ބޭއްވުން.
- ސަޖިދަކުރާ ތަނަށް ބަލައިގެން ހުރުން.
- ކޮޅަށް ހުންނައިރު ދެ ފައި ދުރުކޮށްގެން ހުރުން.
- ރުކޫޢުގައި ދެ އަތުގެ އިނގިލިތައް ފޭކޮށްގެން ދެ އަތުން ކަކުލުގައި ހިފެހެއްޓުމެވެ. އަދި ރުކޫޢުގައި ބުރަކަށި ދަމާލައި، ބޯ ބުރަކަށްޓާ އެއް ހަމައަށް ބެހެއްޓުމެވެ.
- ސަޖިދައިގެ ގުނަވަންތައް ބިމުގައި، ސަޖިދަ ކުރާ ތަނުގައި ޖެއްސުން.
- އޭނާގެ ދެ މުލައްދަނޑި އޭނާގެ ދެ އަރިކަށިން ފޭކޮށް، އަދި އޭނާގެ ބަނޑު، ދެ ފަލަމަސްގަނޑުން ފޭކޮށް، އަދި ދެ ފަލަމަސްގަނޑު ދެފައި ދަނޑިން ފޭކޮށް ބޭއްވުން. އަދި އޭނާގެ ދެ ފައިތިލަ ކޮޅަށް ޖަހާފައި ބެހެއްޓުން. އަދި ދެ ފައިތިލައިގެ އިނގިލިތަކުގެ ބަނޑުފުށް ވަކިކޮށްފައި ބިމުގައި ޖެއްސުން. އަދި އޭނާގެ ދެ އަތްތިލަ ހުޅުވާފައި، އޭނާގެ ދެ ކޮނޑާ ހަމައިގައި، އިނގިލިތައް ކައިރިކޮށް ފިއްތާފައި ބޭއްވުން.
- ދެ ސަޖިދަ ދެމެދުގައްޔާއި އަދި ފުރަތަމަ އައްތަޙިއްޔާތުގައި އިފުތިރާޝަށް އިނުން އަދި ފަހު އައްތަޙިއްޔާތުގައި ތަވައްރުކުކޮށް އިނުން.
- ދެ ސަޖިދައިގެ ދެމެދުގައި އިންނައިރު، ދެ އަތްތިލަ ހުޅުވައިގެން، އިނގިލިތައް ކައިރިކޮށް ފިއްތާފައި ފަލަމަސްގަނޑު މަތީގައި ބޭއްވުމެވެ. އެފަދައިންމެ އައްތަޙިއްޔާތުގައި އިންނައިރުވެސްމެއެވެ. އެކަމަކު ކަނާތުގެ ކުޑަވާ އިނގިއްޔާއި ކަށި އިނގިލި މަޅާލައިގެން، ބޮޑުވާ އިނގިއްޔާއި މެދު އިނގިލިން ބޮޅެއް ހަދައިގެން، ދެން ﷲ ގެ ނަންފުޅު ގަނެވޭހިނދު ޝަހާދަތް އިނގިލިން އިޝާރާތްކުރާނީއެވެ.
- ސަލާމް ދޭހިނދު ކަނާތާއި ވާތަށް މޫނު އަނބުރާލުން.
ޖ: ނަމާދު ކުރާނެ ގޮތް:
- އެއްވެސް ކޮޅަކަށް އެނބުރުމެއް އަދި ކަސިޔާރުވުމެއްނެތި، މުޅި ހަށިގަނޑާއެކު ޤިބްލައަށް ކުރިމަތިލުން.
- ދުލުން ކިޔުމަކާ ނުލައި ކުރަން ބޭނުންވާ ނަމާދަކަށް ހިތުން ނިޔަތް ގަތުން.
- ދެން ހަށަންބަން ތަކުބީރު ކިޔުން. އެއީ "الله أكبر"ކިޔުމެވެ. އަދި ތަކްބީރު ކިޔާހިނދު ދެ އަތް ދެ ކޮނޑާ ހަމަޔަށް އުފުލުން.
- ދެން އޭނާގެ ކަނާތްތިލަ، އޭނާގެ ވާތްތިލައިގެ މަތީފުށް މަތީގައި، މޭ މަތީގައި ބާއްވާނީއެވެ.
- ދެން ދުޢާއުލް އިސްތިފްތާޙު ކިޔާނީއެވެ:
(اللَّهُمَّ بَاعِدْ بَيْنِي وبيْنَ خَطَايَايَ، كما بَاعَدْتَ بيْنَ المَشْرِقِ والمَغْرِبِ، اللَّهُمَّ نَقِّنِي مِنَ خَطَايَاي كما يُنَقَّى الثَّوْبُ الأبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْني من خَطَايَايَ بالمَاءِ والثَّلْجِ والبَرَدِ) މާނައީ: "އޭ ﷲ އެވެ! މަޝްރިޤާއި މަޣްރިބާ ދޭތެރެ އިބަ އިލާހު ދުރުކުރެއްވި ފަދައިން، މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދޭތެރެ ދުރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ހުދު ހެދުމެއް ހަޑި މިލައިން ސާފުކުރެވޭ ފަދައިން، މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުޠާހިރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ފެނާއި، ސުނޯއާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތަކުން ދޮވެދެއްވާނދޭވެ!"
ނުވަތަ މިހެން ކިޔާނީއެވެ:
"سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرَكَ" (އިބައިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އޭ ﷲ! އިބައިލާހަށް އެންމެހާ ޙަމްދު ތަޢުރީފު ލިބިވޮޑިގެންވެއެވެ. އިބައިލާހުގެ އިސްމުފުޅުގެ ބަރަކާތްތެރިކަމާއެވެ. އަދި އިބައިލާހުގެ މާތްކަމުގެ އަރަހުށިކަމާއެވެ. އަދި އިބައިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.)
- ދެން އަޢޫޛު މިގޮތަށް ކިޔާނީއެވެ:
«أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ» (ﷲ ގެ ރަޙްމަތުން ދުރުކުރެވި ފައްސާލެވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.)
- ދެން ބިސްމި ކިޔާފައި، އަލްފާތިޙާ ސޫރަތް ކިޔަވާނީއެވެ. އެގޮތުން ކިޔަވާނީ މިހެންނެވެ:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
(ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.)
الرَّحْمَنِ الرَّحِيمِ . (އެކަލާނގެއީ) ރަޙްމާނުވަންތަ ރަޙީމްވަންތަ އިލާހެވެ.
مَالِكِ يَوْمِ الدِّينِ (ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.)
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.)
اهْدِنَا الصِّرَاطَ الْمُسْتَقِيمَ (އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ.)
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾. (އެއީ) އެއުރެންނަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.)
[އަލްފާތިޙާ: 2]
ދެން އޭނާ އާމީން ކިޔާނީއެވެ. އޭގެ މާނައަކީ: އޭ ﷲ އެވެ! އިޖާބަކުރައްވާށިއެވެ!
- ދެން ޤުރުއާނުން އޭނާއަށް ފަސޭހަވީ މިންވަރެއް ކިޔަވާނީއެވެ. އަދި ފަތިސް ނަމާދުގައި ކިޔެވުން ދިގުކޮށްލާހުށިކަމެވެ.
- ދެން ރުކޫޢު ކުރާނީއެވެ. އެބަހީ: ﷲ އަށް ޤަދަރުކޮށް މާތްކޮށްހިތުމުގެ ގޮތުން ބުރަކަށި ގުދުކޮށްލާނީއެވެ. އަދި އޭނާ ރުކޫޢުކުރާޙިނދު ތަކްބީރު ކިޔާ، އަދި އޭނާގެ ދެ އަތް ކޮނޑާ ހަމައަށް އުފުލާނީއެވެ. އަދި ސުންނަތް ގޮތަކީ: އޭނާގެ ބުރަކަށި ދަމާލައި، އަދި ބުރަކަށްޓާ ހަމައަށް ބޯ ބައިންދާ، އަތުގެ އިނގިލިތައް ދުރުކޮށްގެން ދެ ކަކުލުގައި ހިފުމެވެ.
10-އަދި އޭނާ ރުކޫޢުގައި ކިޔާނީ: «سبحان ربي العظيم» ތިންފަހަރެވެ. އަދި އޭނާ: «سبحانك اللهم وبحمدك، اللهم اغفر لي» މިހެން އިތުރުކުރިޔަސް ރަނގަޅެވެ.
- ދެން «سمع الله لمن حمده» މިހެން ކިޔަމުން އޭނާ ރުކޫޢުން ބޯ އުފުލާނީއެވެ. އަދި އެހިނދުން އޭނާގެ ދެ ކޮނޑާ ހަމައަށް އަތް އުފުލާނީއެވެ. އަދި މައުމޫމުވެ ނަމާދުކުރާ މީހާ «سمع الله لمن حمده» ނުކިޔާނެއެވެ. އެކަމަކު އޭގެ ބަދަލުގައި އޭނާ ކިޔާނީ މިހެންނެވެ: «ربنا ولك الحمد» އެވެ.
- ދެން ރުކޫޢުން ތެދުވެ މިހެން ކިޔާނީއެވެ: «ربنا ولك الحمد، ملء السماوات والأرض، وملء ما شئت من شيء بعد». (އަޅަމެންގެ ރައްބެވެ! އަދި އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އެއީ އުޑުތައް ފުރައި ވާހައި އެއްޗަކާއި އަދި ބިން ފުރައި ވާހައި އެއްޗަކާއި އަދި އެއަށްފަހުވެސް އިބަ އިލާހު އެދިވޮޑިގެންވާ އެއްޗެއް ފުރޭންދެނެވެ."
- ދެން ފުރަތަމަ ސަޖިދަ ކުރާނީއެވެ. އަދި ސަޖިދަ ކުރާއިރު ކިޔާނީ «الله أكبر» އެވެ. އަދި ސަޖިދަކުރާނީ ހަތް ގުނަވަނުގެ މައްޗަށެވެ. އެއީ: ނިތްކުރިއާއި ނޭފަތާއި، ދެ އަތްތިލައާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކުގެ ކުރިއެވެ. އަދި އޭނާގެ ދެ މުލައްދަނޑި ދެ އަރިކަށިން ފޭކުރާނީއެވެ. އަދި ބިންމަތީގައި އޭނާގެ ދެ އަތްދަނޑި ނުބާއްވާހުއްޓެވެ. އަދި އޭނާގެ އިނގިލިތަކުގެ ކޮޅުތައް ބަހައްޓާނީ ޤިބްލައާ ދިމާލަށް ކުރިމަތިކޮށްފައިއެވެ.
- އަދި ސަޖިދައިގެ ތެރޭގައި ކިޔާނީ: «سبحان ربي الأعلى» ތިން ފަހަރުއެވެ. އަދި އިތުރަށް «سبحانك اللهم ربنا وبحمدك، اللهم اغفر لي» ކިޔައިފިނަމަ ހަމަ ރަނގަޅެވެ.
- ދެން ސަޖިދައިން ބޯ އުފުލާނީއެވެ. އެއީ މިހެން ކިޔަމުންނެވެ: «الله أكبر» އެވެ.
- ދެން ދެ ސަޖިދަ ދެމެދު އިށީންނާނީއެވެ. އެއީ ވާއަތު ފައިމަތީގައި އިށީނދެ، ކަނާތު ފައިތިލަ ވިއްދާ ކޮޅަށްޖަހައިގެންނެވެ. އަދި އޭނާގެ ދެ އަތް، ދެ ފަލަމަސްގަނޑާއި ދެ ކަކޫމަތީގައި ބާއްވައިގެންނެވެ.
- އަދި ދެ ސަޖިދައިގެ ދޭތެރޭގައި އިށީނދެގެން އިނދެ ކިޔާނީ މިހެންނެވެ:
(رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي وَاجْبُرْنِي وَعَافِنِي ) މާނައީ: "މިއަޅާގެ ރައްބެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާނދޭވެ. އަދި މިއަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! އަދި މިއަޅާއަށް ރިޒްޤުދެއްވާނދޭވެ! އަދި މިއަޅާގެ އުނިކަންތައް ފޫބައްދަވާ އާރުވެރިކަން ދެއްވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތް ދެއްވާނދޭވެ! "
- ދެން ފުރަތަމަ ސަޖިދަ ކުރިގޮތަށް ދެވަނަ ސަޖިދަ ކުރާނީއެވެ. ކިޔުމުގައިވެސް ޢަމަލުގައިވެސްމެއެވެ. އަދި ސަޖިދަ ކުރާއިރު ތަކުބީރު ކިޔާނީއެވެ.
- ދެން «الله أكبر» ކިޔަމުން ދެވަނަ ސަޖިދައިން ތެދުވާނީއެވެ. އަދި ފުރަތަމަ ރަކްޢަތް ކުރި ގޮތަށް، އަދި ކީ އެއްޗެހި ދެވަނަ ރަކްޢަތުގައިވެސް ކިޔަމުން ކުރާނީއެވެ. ނަމަވެސް ދެވަނަ ރަކުޢަތުގައި ދުޢާއުލް އިސްތިފްތާޙު ނުކިޔާނެއެވެ.
- ދެން ދެވަނަ ރަކުޢަތް ނިމުމުން ދެ ސަޖިދަ ދެމެދު އިށީންނިގޮތަށް «الله أكبر» ކިޔާފައި އިށީންނާނީއެވެ.
- އަދި އެގޮތަށް އިށީދެ އިނދެގެން އައްތަޙިއްޔާތު ކިޔާނީއެވެ. މިހެންެނެވެ:
(التَّحِيَّاتُ لله والصَّلَوَاتُ والطَّيِّبَاتُ، السَّلَامُ عَلَيْكَ أيُّها النبيُّ ورَحْمَةُ الله وبَرَكَاتُهُ، السَّلَامُ عَلَيْنَا وعلَى عِبَادِ الله الصَّالِحِينَ، أشْهَدُ أنْ لا إلَهَ إلَّا الله وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ ورَسولُهُ اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما صَلَّيْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما بَارَكْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ.أعوذ بالله من عذاب جهنم، ومن عذاب القبر، ومن فتنة المحيا والممات، ومن فتنة المسيح الدجال) މާނައީ: "ތަޙިއްޔާތުތަކާއި (ދުލުން ކުރެވޭ އެންމެހާ އަޅުކަންތަކާއި)، ޞަލަވާތުތަކާއި (ހަށިގަނޑުން ކުރެވޭ އެންމެހާ އަޅުކަންތަކާއި) އަދި ޠައްޔިބާތުތަކުން (މުދަލުން ކުރެވޭ އެންމެހާ އަޅުކަންތައް) ވަނީ، ﷲ އަށެވެ. އޭ ނަބީކަލޭގެފާނުއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމާއި އަދި ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުއްޓެވެ. އަދި އަޅަމެންގެ މައްޗަށާއި އަދި ﷲ ގެ އެންމެހާޞާލިޙު އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާ އަދި އެއިލާހުގެ ރަސޫލުކަމުގައިވެސް މިއަޅާ ހެކިވަމެވެ.އޭ ﷲ އޭވެ! މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް، އިބަ އިލާހު ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ. އަދި މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ. ޖަހަންނަމައިގެ ޢަޛާބުންނާއި، ޤަބުރުގެ ޢަޛާބުންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިންނާއި، އަލްމަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ."
އެއަށްފަހު ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމުން އޭނާ އެދުނު ކަމަކަށް އެދި އޭނާގެ ރައްބަށް ދުޢާކުރާނީއެވެ.
- ދެން މިހެން ކިޔަމުން ކަނާތަށް ސަލާމްދޭނީއެވެ: «السَّلام عليكم ورحمة الله» އަދި ވާއަތަށްވެސް އެހެންނެވެ.
- އެއީ ތިން ރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނަމާދެއްނަމަ ފުރަތަމަ އައްތަޙިއްޔާތު ނިމޭ ހިސާބަށް ކިޔާފައި ހުއްޓާނީއެވެ. އެއީ މި ހިސާބަށެވެ: «أشهد أن لا إله إلا الله، وأشهد أن محمداً عبده ورسوله». އަށެވެ.
- ދެން «الله أكبر» ކިޔަމުން ތެދުވާނީއެވެ. އަދި އެހިނދު ދެ އަތް ދެ ކޮނޑާ ހަމަޔަށް އުފުލާނީއެވެ.
- ދެން ދެވަނަ ރަކްޢަތުގެ ޞިފައަށް އޭނާގެ ނަމާދުން ބާކީ ރަކުޢަތްތައް ކުރާނީއެވެ. އެކަމަކު އަލްފާތިޙާ ސޫރަތް އެކަނި ކިޔުމަށް ހަނިކުރުމާ އެކުގައިއެވެ.
- ދެން ތަވައްރުކުކޮށް އިށީންނާނީއެވެ. އެގޮތުން ކަނާތު ފައިތިލަ ބިންމަތީ ވިއްދާ، އަދި ކަނާތު ފައިގެ ކަށިމަތި ދަށުން ވާތު ފައި ނެރެ، ބުޑުމަސްގަނޑު ބިންމަތީގައި ބައިންދާ، އޭނާގެ ދެ އަތް ފުރަތަމަ އައްތަޙިއްޔާތުގައި ބެހެއްޓި ގޮތަށް، ދެ ފަލަމަސްގަނޑުގެ މަތީގައި ބާއްވާނީއެވެ.
- އަދި މިގޮތަށް އިށީނދެ އިނދެ މުޅި އައްތަޙިއްޔާތުގެ ޛިކުރު އެއްކޮށް ކިޔާނީއެވެ.
ޖ- ތިން ފަހަރު «أَسْـتَغْفِرُ الله» އެވެ.
(اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يا ذَا الجَلَالِ وَالإِكْرَامِ) މާނައީ: "އޭ ﷲ އޭވެ! އިބަ އިލާހުއީ ސަލާމަތްކަންދެއްވާ އައް-ސަލާމް ފަރާތެވެ. އަދި ސަލާމަތްތެރިކަންވަނީ، އިބަ ﷲ ގެ ޙަޟްރަތުންނެވެ. އޭ ކީރިތިކަމާއި މާތްކަމުގެ ވެރި ފަރާތެވެ! އިބަ އިލާހު ބަރަކާތްތެރިވެ، މަތިވެރިވެވޮޑިގެންވެއެވެ."
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ، اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ، ولَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ) މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އޭ ﷲ އޭވެ! އިބަ އިލާހު ދެއްވި އެއްޗެއް، މަނާކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަ އިލާހު މަނާކުރެއްވި އެއްޗެއް، ދޭނޭ އެހެންފަރާތެއްވެސް ނުމެވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަޞީބުވެރިޔަކަށް، އޭނާގެ ޤަދަރުވެރިކަމުން ނުވަތަ ނަޞީބުވެރިކަމުން، އިބަ އިލާހުގެ ޙަޟްރަތުން އެއްވެސް މަންފާއެއް ނުކޮށްދޭނެތެވެ."
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إلَّا بالله، لَا إلَهَ إلَّا الله، وَلَا نَعْبُدُ إلَّا إيَّاهُ، لَهُ النِّعْمَةُ وَلَهُ الفَضْلُ، وَلَهُ الثَّنَاءُ الحَسَنُ، لَا إلَهَ إلَّا الله مُخْلِصِينَ لَهُ الدِّينَ وَلَو كَرِهَ الكَافِرُونَ) މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި އަޅަމެން އެއިލާހަށް މެނުވީ އަޅުކަމެއް ނުކުރަމުއެވެ. ނިޢްމަތާއި، ދަރުމައާއި އަދި ރިވެތި ޘަނާ ލިބިވޮޑިގެންވަނީ، ހަމައެކަނި އެއިލާހަށެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި ކާފަރުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، އަޅަމެންނީ އެއިލާހަށް އަޅުކަމާއި ދީން ޚާލިޞްކުރާ މީހުންނެވެ."
«سُـبْحانَ اللهِ» ތިރީސް ތިން ފަހަރު ކިޔުމެވެ.
ތިރީސް ތިން ފަހަރު «الحَمْـدُ لله» ކިޔުމެވެ.
ތިރީސް ތިން ފަހަރު «اللهُ أكْـبَر» ކިޔުމެވެ.
ދެން ސަތޭކަ ފުރިހަމަކުރަން މިހެން ކިޔާނީއެވެ:
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ) މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ."
- އަދި އިޚުލާޞް، ފަލަޤި، ނާސް ސޫރަތް ތިންފަހަރު ފަތިސް ނަމާދާއި މަޣުރިބު ނަމާދުގެ ފަހުން، އަދި އެހެނިހެން ނަމާދުގެ ފަހަތުގައި އެއްފަހަރު ކިޔާނީއެވެ.
- އާޔަތުލް ކުރްސި އެއްފަހަރު ކިޔާނީއެވެ.
ޖ: ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ.
- މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތެވެ.
- މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތެވެ.
- މަޣުރިބު ނަމާދުގެ ފަހުން ދެ ރަކުޢަތެވެ.
- ޢިޝާ ނަމާދަށް ފަހު ދެ ރަކުޢަތެވެ.
އޭގެ މާތްކަން: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ދުވާލާއި ރޭގަނޑުގައި، ސުންނަތް ބާރަ ރަކްޢަތް ކޮށްފި މީހާ، އޭނާއަށްޓަކައި ﷲ ސުވަރުގޭގައި ގެޔެއް (ގަނޑުވަރެއް) ބިނާ ކުރައްވާހުއްޓެވެ."
ރިވާކުރެއްވީ މުސްލިމާއި އަޙްމަދުއާ އެހެން ބޭކަލުންނެވެ.
ޖ: ހުކުރު ދުވަހެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން، އެންމެ މާތް އެއް ދުވަސްކަމުގައި ހުކުރު ދުވަސްވެއެވެ. ފަހެ އާދަމުގެފާނު އުފެއްދެވުނީ އެ ދުވަހުއެވެ. އަދި އެކަލޭގެފާނު މަރު ހިއްޕެވުނީވެސް އެ ދުވަހުއެވެ. އަދި (މީސްތަކުން ދިރިގެންދާނޭ ދެވަނަ) ތަޅާފިލި ފުމެލެވޭނީ އެ ދުވަހުއެވެ. އަދި (މީސްތަކުން މަރުވެގެންދާނޭ ފުރަތަމަ ތާޅަފަލިވެސް) ފުމެލެއްވޭނީވެސް އެ ދުވަހުއެވެ. ފަހެ އެ ދުވަހު، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެތެވެ."
އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު އަވަހާރަވެ ވެއްޔަށް ހިމުންވެގެންވަނިކޮށް އަހަރުމެންގެ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟" އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ ވަނީ ނަބިއްޔުންގެ ހަށިތައް ކެއުން ބިމުގެ މައްޗަށް ޙަރާމްކުރައްވާފައިއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.
ޖ: އެއީ ބާލިޣުވެ، ބުއްދިހުރި، ރަށުގައި ޤާއިމުވެގެން ހުރި ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށްވާ ޢައިނިއްޔާ ފަރުޟެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.)
[އަލްޖުމްޢާ: 9]
ޖ: ޝަރުޢީ ޢުޛުރަކަށްޓަކައި މެނުވީ ހުކުރު ނަމާދަށް ނުގޮސް ހުރުން ހުއްދައެއް ނޫނެވެ. ނަބިއްޔާ ﷺ ގެ އަރިހުން މި ބަސްފުޅު އައިސްފައިވެއެވެ:
"ކަންފަސޭހަކޮށް، އިހުމާލުވެގެން ތިން ހުކުރު އަޅައިފި މީހާ؛ ﷲ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާނެއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.
ޖ: 1. ހިނައިގަތުން.
އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ:
“ހުކުރު ދުވަހު ހިނައިގަތުމަކީ އިޙްތިލާމްވެފައިވާ (ބާލިޣުވެފައިވާ) ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
- މީރުވަސްދުވާތަކެތި ލުން.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ހުކުރު ދުވަހު ހިނައިގަތުމަކީ މުސްލިމުންގެ މައްޗަށް ޙައްޤުވެގެންވާ ކަމެކެވެ. އަދި އެމީހަކުގެ އަހުލުންގެ އަތުގައި ހުރި ހުވަނދަކުން އޭގެ ތެރެއިން މީހަކު އުނގުޅާހުށިކަމެވެ."
ރިވާކުރެއްވީ އަޙްމަދާއި، އައްތިރްމިޛީއެވެ.
- އެންމެ ރިވެތި ރީތި އަންނައުނު ލުން.
"ތިޔަބައިމީހުންކުރެ މީހަކަށް ތަނަވަސްކަން ލިބިފައިވާނަމަ؛ އޭނާގެ މަސައްކަތު ދެ ހެދުން ފިޔަވައި، ހުކުރަށް ދެ ހެދުން ހޯދުމުގައި (މައްސަލައެއް) ނެތެވެ."
ރިވާކުރެއްވީ އިބްނު މާޖާއެވެ. އަދި މާލިކު، އަލްމުވައްޠައުގައިއެވެ.
- މިސްކިތަށް އަވަހަށް ދިއުން.
- ފައިމަގުން ހިނގާފައި މިސްކިތަށް ދިއުން.
“ހުކުރު ދުވަހު ހިނައިގަނެ، ދޮވެ، އަވަހަށް ގޮސް، ކުރިއަށް ޖެހި، ކައިރިވެ، ކަނުލާ އަޑުއަހައިފި މީހަކަށް އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރު ދުވަހުގެ ރޯދަ ހިފުމާއި ރޭއަޅުކަމުގެ އަޖުރު ހުއްޓެވެ."
ރިވާކުރެއްވީ އައްތިރުމިޛީ އަދި އައްނަސާއީ އެވެ.
- ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“ހުކުރު ދުވަހު ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ އެއީ ހެކިވެވިގެންވާ ކަމެކެވެ. މަލާއިކަތުން އެކަމަށް ހެކިވާނެއެވެ. އަދި އެއްވެސް މީހަކު ޞަލަވާތް ކިޔަވަން ފަށައިފިއްޔާ އޭނާ އެ ކިޔާ ނިމެންދެން ތިމަންކަލޭގެފާނަށް އޭނާގެ ޞަލަވާތް ހުށަހެޅިގެން މެނުވީ ނުވެއެވެ."
ރިވާކުރެއްވީ އިބްނު މާޖާއެވެ.
- އަލްކަހްފު ސޫރަތް ކިޔެވުން.
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ދުރުމިނަށް ނޫރެއް އަލިކަންދެއެވެ."
ރިވާކުރެއްވީ އަލްޙާކިމާއި އެހެނިހެން ބޭކަލުންނެވެ.
- ދުޢާ އިޖާބަކުރެވޭ ގަޑި ހޯދަން ފަރުވާތެރިވުން.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘަށްޓަކައިއެވެ. ﷲ ގެ ރަސޫލާ ﷺ ހުކުރު ދުވަހުގެ ވާހަކަ ދައްކަވާ، ދެން ޙަދީޘްކުރެއްވިއެވެ:
"ހުކުރު ދުވަހުގައި ވަޤުތުކޮޅެއް ވެއެވެ. މުސްލިމު އަޅަކު ﷲ ތަޢާލާގެ ޙަޟްރަތުން އެއްޗެއް ދެއްވުމަށް އެދި ދަންނަވާ ޙާލު، ޤާއިމުވެ ނަމާދުކުރަން ހުއްޓާ އެ ގަޑިއާ ދިމާވެއްޖެނަމަ؛ އެމީހަކަށް އެކަލާނގެ އެ އެއްޗެއް ދެއްވައިގެން މެނުވީ ނުވެއެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޖ: އެއީ ވަކި ޚާއްޞަ ބަޔަކަށް، ވަކި ޚާއްޞަ ވަޤުތެއްގައި ދިނުމަށް ވަކި ޚާއްޞަ މުދަލެއްގައި ވާޖިބުވާ ޙައްޤެކެވެ.
އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. އަދި މުއްސަނދިންގެ އަތުން ނަގައި ފަޤީރުންނަށް ދެވޭ ވާޖިބު ޞަދަޤާތެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައި މީހުން ޒަކާތް ދޭށެވެ.)
[އަލްބަޤަރާ: 50]
ޖ: އެއީ ޒަކާތް ފިޔަވައި އެހެން ދިނުންތަކެވެ. މިސާލަކަށް: ޞަދަޤާތުގެ ގޮތުގައި ކޮންމެވެސް އެއްޗެއް، ހެޔޮ ދަރުމަހުރި ދިމާތަކަށް، ކޮންމެ ވަޤުތެއްގައިވެސް ދިނުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ﷲ ގެ މަގުގައި ތިޔަބައި މީހުން ހޭދަކުރާށެވެ.)
[އަލްބަޤަރާ: 50]
ޖ: އެއީ ފަތިސްވުމުން ފަށައިގެން އިރުއޮއްސެންދެން، ނިޔަތްގަތުމާއެކު ރޯދަ ގެއްލޭ ކަންކަމުން ދުރުވެ ހިފަހައްޓައިގެން ހުރެގެން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަދި އެވަނީ ދެ ވައްތަރަކަށެވެ:
- ވާޖިބު ރޯދަ: މިސާލަކަށް ރަަމަޟާން މަހު ރޯދައެވެ. އަދި އެއީ އިސްލާމްކަމުގެ ރުކުންތަކުން ރުކުނެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.)
[އަލްބަޤަރާ: 50]
2. ވާޖިބު ނޫން ރޯދަ: މިސާލަކަށް: ކޮންމެ ހަފްތާއެއްގެ ހޯމައާއި ބުރާސްފަތި ރޯދަ ހިފުމާއި، ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަހިފުމެވެ. (ކޮންމެ މަހެއްގައި ތިން ދުވަހު ހިފާއިރު) އެންމެ ރަނގަޅު ދުވަސްތަކަކީ ކޮންމެ ހަނދުމަހެއްގެ (13، 14، 15) ގައި ރޯދަހިފުމެވެ.