Skip to content

«من قرأ حرفًا من كتاب الله...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

الباب / الفصل
قسم الحديث

السؤال

س١٤: أكمل حديث: «من قرأ حرفًا من كتاب الله...»، واذكر بعض فوائده.

ސ 14:«من قرأ حرفًا من كتاب الله...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

الجواب

ج:عن عبدِ الله بن مسعودٍ رضي الله عنه: أنَّ النبي صلى الله عليه وسلم، قال:

«مَن قرأ حرفًا من كتاب الله فله به حسنة، والحسنة بعشر أمثالها، لا أقول: ألف لام ميم حرف، وَلَكِنْ ألفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ»

رواه الترمذي.

بعض فوائد الحديث:

  1. فضل تلاوة القرآن.
  2. وأن بكل حرف تقرؤه لك به حسنات.

*******

ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:

«مَن قرأ حرفًا من كتاب الله فله به حسنة، والحسنة بعشر أمثالها، لا أقول: ألف لام ميم حرف، وَلَكِنْ ألفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ» "ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔާ މީހަކަށް އެއަށް ހެޔޮ ޢަމަލެއް ވެއެވެ. އަދި ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދަރުމަ ދިހަ ގުނައަށް އިތުރުވެގެންދެއެވެ. ތިމަންކަލޭގެފާނު ﴿ الم﴾ އަކީ އަކުރެއްކަމުގައި ނުބުނަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ."

މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

  1. ޤުރްއާން ކިޔެވުމުގެ މާތްކަން.
  2. އަދި ތިބާ ކިޔަވާ ކޮންމެ އަކުރަކަށް އޭގެ ސަބަބުން އެތައް ހެޔޮކަމެއް ތިބާއަށްވެއެވެ.