ﷲ ތަޢާލާއެކު އަދަބުވެރިކަން ބަހައްޓާނީ ކިހިނެއްހެއްޔެވެ؟
- الباب / الفصل
- قسم الآداب الإسلامية
السؤال
س1: كيف يكون الأدب مع الله تَعَالَى؟
ސ1: ﷲ ތަޢާލާއެކު އަދަބުވެރިކަން ބަހައްޓާނީ ކިހިނެއްހެއްޔެވެ؟
الجواب
ج:1. تعظيمه سُبْحَانَهُ وَتَعَالَى.
قال تعالى:
﴿وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ﴾
[الزمر: ٦٧].
- عبادته وحده لا شريك له.
قال سبحانه:
﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ﴾
[البينة: ٥].
- طاعته.
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ﴾
[محمد: ٣٣].
- ترك معصيته.
﴿وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ﴾
[النساء: ١٤].
- شكره وحمده جَلَّ وَعَلَا على فضله ونعمه التي لا تحصى.
﴿وَٱشۡكُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ﴾
[النحل: ١١٤].
- والصبر على أقداره.
﴿وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ﴾
[الأنفال: ٤٦].
ޖ: 1. އެކަލާނގެ ސުބްޙާނަހޫއަށް މާތްކޮށް ހިތާ މަތިކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ﷲ އަށް ޤަދަރުކުރުން ޙައްޤު ވެގެންވާ ގޮތުގައި، އެ މީހުން އެ އިލާހަށް ޤަދަރެއް ނުކުރެއެވެ. އަދި ޤިޔާމަތް ދުވަހު މުޅި ބިން ވާނީ އެ އިލާހު މުށްޕުޅުގައެވެ. އަދި އުޑުތައް ފަތްޖަހައިލެވި އޮޅާލެވިގެން ވާނީ އެ އިލާހުގެ ކަނާތްޕުޅުގައެވެ. އެ މީހުން ޝަރީކުކުރާ ތަކެތިން އެ އިލާހު ހުސްޠާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.)
[އައްޒުމަރު: 65]
- އެއްވެސް ބައިވެރިޔަކު ނެތި، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން.
ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ:
(އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...)
[އަލްބައްޔިނާ: 5]
- އެކަލާނގެއަށް ކިޔަމަންތެރިވުން.
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ!)
[މުޙައްމަދު: 19]
- އެކަލާނގެއަށް އުރެދުން ދޫކޮށްލުން.
(އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.)
[އައްނިސާއު: 80]
- އެކަލާނގެ -ޖައްލަ ވަޢަލާ- ގެ ގުނާ ޢަދަދުނުކުރެވޭ ނިޢުމަތްތަކާއި ފަޟްލަވަންތަކަމަށް އެކަލާނގެއަށް ޝުކުރުވެރިވެ ޙަމްދުކުރުން.
(އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ (އެއިލާހު ދެއްވި ނިޢުމަތްތަކަށްޓަކައި) އެއިލާހަށް ޝުކުރުވެރިވާށެވެ.)
[އައްނަޙްލު: 114]
- އަދި އެކަލާނގެ މިންވަރުކުރައްވާ ކަންކަމަށް ކެތްތެރިވުން.
(އަދި ތިޔަބައި މީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.)
[އަލްއަންފާލު: 2]