Skip to content

ރަސޫލާ ﷺ އާ މެދު އަދަބުވެރިވާނީ ކިހިނެއް ހެއްޔެވެ؟

الباب / الفصل
قسم الآداب الإسلامية

السؤال

س2: كيف يكون الأدب مع الرسول صلى الله عليه وسلم؟

ސ 2: ރަސޫލާ ﷺ އާ މެދު އަދަބުވެރިވާނީ ކިހިނެއް ހެއްޔެވެ؟

الجواب

ج:1. اتباعه والاقتداء به.

قال تعالى:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا﴾

[الأحزاب: ٢١].

  1. طاعته.
  2. ترك معصيته.

﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾

[النساء: ٨٠].

  1. تصديقه فيما أخبر.

﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ٣

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ﴾

[النجم: ٣-٤].

  1. عدم الابتداع في الزيادة على سنته.

قال عليه الصلاة والسلام:

«من أحدث في أمرنا هذا ما ليس فيه فهو رد»

متفق عليه.

  1. محبته أكثر من النفس ومن كل الناس.

«لا يؤمن أحدكم حتى أكون أحب إليه من والده وولده، والناس أجمعين»

  1. تعظيمه ونصرته ونصرة سنته.

قال سبحانه:

﴿لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ ﴾

[الفتح: ٩].

ޖ: 1. އެކަލޭގެފާނަށް ތަބަޢަވެ އިޤުތިދާވުން.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.)

[އަލްއަޙްޒާބު: 21].

  1. އެކަލާނގެއަށް ކިޔަމަންތެރިވުން.
  2. އެކަލާނގެއަށް އުރެދުން ދޫކޮށްލުން.

(ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.)

[އައްނިސާއު: 80]

  1. އެކަލޭގެފާނު ޚަބަރުދެއްވި ކަންކަމުގައި އެކަލޭގެފާނު ތެދުކުރުމެވެ.

(އެކަލޭގެފާނު އަމިއްލަ އެދުމަށް ފެންނަ ގޮތަށް ވާހަކަ ނުދައްކަވައެވެ.

އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީކަމުގައިމެނުވީ ނުވެއެވެ.)

[އައްނަޖްމު: 3 - 4].

  1. އެކަލޭގެފާނުގެ ސުންނަތުގެ މައްޗަށް ކަންކަން އުފައްދައިގެން އިތުރު ނުކުރުން.

އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް ތަޢާރަފްކޮށްފި މީހަކު، ފަހެ އެ ކުރިކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ."

މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

  1. އަމިއްލަ ނަފްސަށްވުރެ މާ ބޮޑަށް އަދި ހުރިހާ މީސްތަކުންނަށްވުރެ މާ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުން.

«لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين» "އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ."

  1. އެކަލޭގެފާނަށް ޤަދަރުކޮށް މަތިކޮށް، އެކަލޭގެފާނަށް ނަޞްރުދީ، އަދި އެކަލޭގެފާނުގެ ސުންނަތަށްވެސް ނަޞްރުދިނުން.

ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ:

(އެއީ ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވުމަށް ޓަކައެވެ. އަދި އެކަލޭގެފާނަށް ނަސްރުވެރިވުމަށާއި، އެކަލޭގެފާނަށް މާތްކޮށްހިތުމަށް ޓަކައެވެ..)

[އަލްފަތުޙު: 29]