ވުޟޫ ކުރާނީ ކިހިނެއް ހެއްޔެވެ؟
- الموضوعات
- الطهارةأحكام الوضوء
- التصنيف الشرعي
- الفقهالطهارةالوضوءصفة الوضوء
- الباب / الفصل
- قسم الفقه
السؤال
س4: كيف تتوضأ؟
ސ 4: ވުޟޫ ކުރާނީ ކިހިނެއް ހެއްޔެވެ؟
الجواب
ج:بغسل الكفين ثلاثًا.
والمضمضة والاستنشاق والاستنثار ثلاثًا.
- والمضمضة: جعل الماء في الفم ومجه وطرحه.
- والاستنشاق: جذب الماء بالهواء إلى داخل الأنف بيمينه.
- والاستنثار: وهو إخراج الماء من الأنف بعد الاستنشاق بيساره.
- ثم غسل الوجه ثلاثًا.
- ثم غسل اليدين إلى المرفقين ثلاثًا.
- ثم مسح الرأس تقبل بيديك وتدبر، وتمسح الأذنين.
- ثم غسل الرجلين إلى الكعبين ثلاثًا.
هذا هو الأكمل، وقد ثبت ذلك عن النبي ﷺ في أحاديث في البخاري ومسلم، رواها عنه عثمان وعبد الله بن زيد وغيرهما،
وقد ثبت أيضًا عنه في البخاري وغيره:
«أنه توضأ مرة مرة، وأنه توضأ مرتين مرتين» بمعنى: أنه يغسل كل عضو من أعضاء الوضوء مرة، أو مرتين.
ޖ: ތިންފަހަރު ދެ އަތްތިލަ ދޮންނާނީއެވެ.
އަދި ތިންފަހަރު އަނގަޔާއި ނޭފަތަށް ފެންލާފައި ބޭރުކޮށްލާނީއެވެ.
އަނގަޔަށް ފެންލުމަކީ: އަނގައިތެރެއަށް ފެންލާފައި ދެން ބޭރުކޮށްލުމެވެ.
އިސްތިންޝާޤު ކުރުމަކީ: ކަނާތުން ނޭފަތަށް ފެންލާ، ވަޔާ އެކު ނޭފަތު އެތެރެއަށް ދަމާލުމެވެ.
އިސްތިންޘާރު އަކީ: ނޭފަތަށް ފެންލުމަށް ފަހު ވައަތުން އެ ފެން ފޮޅާލާ ބޭރުކޮށްލުމެވެ.
- ދެން ތިން ފަހަރު މޫނު ދޮންނާނީއެވެ.
- ދެން ދެ އަތް، ދެ އުޅަނބޮށްޓާ ހަމައަށް ތިން ފަހަރު ދޮވުމެވެ.
- ދެން ބޮލުގައި ފެންފުހުމެވެ. އެއީ ތިބާގެ ދެ އަތް ކުރިޔަށް ގެންދިއުމަށްފަހު ފަހަތަށް އަނބުރާ ގެނެސްގެންނެވެ. އަދި ދެ ކަންފަތުގައި ފެން ފޮހެލުމެވެ.
- ދެން ދެ ތަނބިކަށްޓާ ހަމައަށް ދެ ފައިތިލަ ތިން ފަހަރު ދޮވުމެވެ.
މިއީ އެންމެ ފުރިހަމަ ގޮތެވެ. ބުޚާރީ އާއި މުސްލިމްގައިވާ ޙަދީޘްތަކުގައި ނަބިއްޔާ ﷺ ގެ އަރިހުން އެކަން ޘާބިތުވެގެންވެއެވެ. އެ ޙަދީޘްތައް އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވީ ޢުޘްމާނު އާއި، ޢަބްދު ﷲ ބްނު ޒައިދު އާއި އެހެން ބޭކަލުންނެވެ.
އަދި އަލްބުޚާރީ އާއި އެހެނިހެން ފޮތްތަކުގައި އެކަލޭގެފާނުގެ އަރިހުން އަދިވެސް ޘާބިތުވެގެންވެއެވެ:
“އެކަލޭގެފާނު އެއްފަހަރުން އެއްފަހަރުން (ގުނަވަންތައް ދޮވެގެން) ވުޟޫކުރެއްވިއެވެ. އަދި ދެ ފަހަރުން ދެ ފަހަރުންވެސް ވުޟޫކުރެއްވިއެވެ.” އޭގެ މާނައީ: ވުޟޫގެ ކޮންމެ ގުނަވަނެއް އެއްފަހަރު ނުވަތަ ދެފަހަރު ދޮވެލައްވައެވެ.