ވުޟޫގެ ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟
- الموضوعات
- الطهارةأحكام الوضوء
- التصنيف الشرعي
- الفقهالطهارةالوضوءسنن وآداب الوضوء
- الباب / الفصل
- قسم الفقه
السؤال
س6: ما هي سنن الوضوء، وعددها؟
ސ 6: ވުޟޫގެ ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟
الجواب
ج:سنن الوضوء: وهي التي لو فعلها المتوضئ؛ له مزيد من الأجر والثواب، ولو تركها؛ فلا إثم عليه، ووضوؤه صحيح.
- التسمية: بسم الله.
لحديث:
«لا وضوء لمن لم يذكر اسم الله عليه»
رواه أبو داود.
- السواك.
«لولا أن أشق على أمتي لأمرتهم بالسواك مع كل وضوء»
رواه أحمد.
- غسل الكفين.
- تخليل الأصابع.
«أسبغ الوضوء، وخلل بين الأصابع، وبالغ في الاستنشاق، إلا أن تكون صائمًا»
رواه أهل السنن.
- الغسلة الثانية والثالثة للأعضاء.
- البدء باليمين.
لحديث: أم المؤمنين عائشة رضي الله عنها قالت:
«كان النبي صلى الله عليه وسلم يعجبه التيمن في تنعله، وترجله، وطهوره وفي شأنه كله»
متفق عليه.
- الذكر بعد الوضوء:
«أشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمدًا عبده ورسوله».
رواه مسلم.
- الصلاة ركعتين بعده.
«من توضأ نحو وضوئي هذا ثم صلى ركعتين لا يحِّدث فيهما نفسه، غفر له ما تقدم من ذنبه»
رواه البخاري ومسلم.
ޖ: ވުޟޫގެ ސުންނަތްތަކަކީ: ވުޟޫކުރާ މީހާ އެ ކަންކަން ކޮށްފިނަމަ އިތުރު އަޖުރާއި ޘަވާބު ހުރި ކަންކަމެވެ. އޭނާ އެ ކަންކަން ދޫކޮށްލިޔަސް އޭނާގެ މައްޗަށް އެއްވެސް ފާފައެއް ނުވެއެވެ. އަދި އޭނާގެ ވުޟޫ ޞައްޙަވެގެންވެއެވެ.
- ބިސްމި ކިޔުން: بسم الله ކިޔުން.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ނަންފުޅު ވުޟޫގެ މައްޗަށް ނުގަންނަ މީހާއަށް ވުޟޫއެއް ނުވެއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
- ސިވާކުކުރުން. (ދަތް އުނގުޅުން.)
"ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ދަތިކުރައްވަނީކަމަށް ނުވާނަމަ؛ ކޮންމެ ވުޟޫއަކާއެކު ސިވާކުކޮށް ދަތްއުނގުޅުމަށް ތިމަންކަލޭގެފާނު އެމީހުންނަށް އަމުރުކުރެއްވީމުހެވެ."
ރިވާކުރެއްވީ އަޙުމަދެވެ.
- ދެ އަތްތިލަ ދޮވުން.
- އިނގިލިތަކުގެ ދޭތެރެ ވިނަވައިލުން.
"ތިބާ ވުޟޫ ފުރިހަމަކޮށް ރަނގަޅުކުރާށެވެ. އަދި އިނގިލިތަކުގެ ދޭތެރެ ވިނަވައިލާށެވެ. އަދި ނޭފަތަށް ބޮޑަށް ފެން ދަމައިލާށެވެ. ތިބާ ރޯދަވެރިޔަކު ކަމުގައިވާނަމަ މެނުވީއެވެ."
ރިވާކުރެއްވީ ސުނަނު ފޮތްތަކުގެ އަހުލުވެރިންނެވެ. (އެބަހީ: އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާއެވެ.)
- ގުނަވަންތައް ދެވަނަ ފަހަރާއި ތިންފަހަރަށް ދޮވުން.
- ކަނާތް ފަރާތުން ފެށުން.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ ފައިވާން ތުރުކުރެއްވުމާއި، ފުނާއެޅުއްވުމާއި، ޠާހިރުވެލެއްވުމާއި އަދި އެކަލޭގެފާނުގެ ހުރިހާ ކަމެއްގައިވެސް ކަނާތް ފަރާތް އިސްކުރެއްވުމަށް ހިތްޕުޅާކުރައްވައެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ވުޟޫކުރުމަށް ފަހު ޛިކުރުކުރުން:
«أشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمدًا عبده ورسوله» ކިޔުމެވެ. މާނައީ: "الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނެތްކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމާއި، އެކަލާނގެއަށް ޝަރީކަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- އޭގެ ފަހުން ދެ ރަކުޢަތް ނަމާދެއްކުރުން.
"ތިމަންކަލޭގެފާނުގެ މި ވުޟޫފަދައިން ވުޟޫކޮށް، ދެން އެ ދެރަކްޢަތުގައި އޭނާގެ ނަފްސާ ވާހަކަނުދައްކާ (އެބަހީ: ދުނިޔަވީ ޚިޔާލުތަކާއި ފިކުރުތަކަށް ގެނބިގެން ނުގޮސް) ދެ ރަކްޢަތް ނަމާދެއް ކޮށްފިނަމަ؛ އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވިގެންދެއެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.