Skip to content

ވުޟޫގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الفقه

السؤال

س3: ما هو فضل الوضوء؟

ސ 3: ވުޟޫގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

الجواب

ج:قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«إذا توضأ العبد المسلم -أو المؤمن- فغسل وجهه؛ خرج من وجهه كل خطيئةٍ نظر إليها بعينيه مع الماء - أو مع آخر قطر الماء - فإذا غسل يديه؛ خرج من يديه كل خطيئة كان بطشتها يداه مع الماء -أو مع آخر قطر الماء - فإذا غسل رجليه؛ خرجت كل خطيئة مشتها رجلاه مع الماء -أو مع آخر قطر الماء- حتى يخرج نقيَّا من الذنوب»

رواه مسلم.

ޖ: ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:

"މުސްލިމް -ނުވަތަ މުއުމިން- އަޅާ ވުޟޫކޮށް ދެން އެ މީހަކު މޫނު ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާއެކު- އޭނާގެ ދެ ލޮލުން ބަލައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް މޫނުން ނިކުމެގެންދެއެވެ. ދެންފަހެ އޭނާ ދެ އަތް ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ ފަހު ތިއްކާއެކު- އޭނާގެ ދެ އަތުން ހިފައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް ދެ އަތުން ނިކުމެގެންދެއެވެ. ދެންފަހެ އޭނާ ދެ ފައި ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ ފަހު ތިއްކާއެކު- އޭނާގެ ދެ ފައިން ހިނގައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް ނިކުމެގެންދެއެވެ. އެހެންގޮސް ކުށްފާފަތަކުން ސާފުވެގެންވާ މީހެއްގެ ގޮތުގައި އޭނާ ނިކުމެއްޖައުމަށް ދާންދެނެވެ."

ރިވާކުރެއްވީ މުސްލިމެވެ.