ވުޟޫގެ ފަރުޟުތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟
- الموضوعات
- الطهارةأحكام الوضوء
- التصنيف الشرعي
- الفقهالطهارةالوضوءأركان الوضوء
- الباب / الفصل
- قسم الفقه
السؤال
س5: ما هي فرائض الوضوء، وعددها؟
ސ 5: ވުޟޫގެ ފަރުޟުތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟
الجواب
ج:هي التي لا يصح وضوء المسلم إذا ترك واحدة منها.
- غسل الوجه، ومنه المضمضة والاستنشاق.
- غسل اليدين إلى المرفقين.
- مسح الرأس ومنه الأذنين.
- غسل الرجلين إلى الكعبين.
- الترتيب بين الأعضاء، بأن يغسل الوجه، ثم اليدين، ثم مسح الرأس، ثم غسل الرجلين.
قال تعالى:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قُمۡتُمۡ إِلَى ٱلصَّلَوٰةِ فَٱغۡسِلُواْ وُجُوهَكُمۡ وَأَيۡدِيَكُمۡ إِلَى ٱلۡمَرَافِقِ وَٱمۡسَحُواْ بِرُءُوسِكُمۡ وَأَرۡجُلَكُمۡ إِلَى ٱلۡكَعۡبَيۡنِۚ﴾
[المائدة: ٦].
- الموالاة: وهي الوضوء في وقت متواصل، دون فاصل من الوقت حتى تجف الأعضاء من الماء.
كأن يتوضأ نصف وضوء، ويكمل في وقت آخر، فلا يصح وضُوؤُه.
لحديث:
«أن النبي صلى الله عليه وسلم رأى رجلًا يصلي وفي ظهر قدمه لمعة قدر الدرهم، لم يصبها الماء، فأمره النبي صلى الله عليه وسلم أن يعيد الوضوء والصلاة»
رواه أبو داود.
ޖ: އެއީ އެއިން ކަމެއް ދޫކޮށްލައިފިނަމަ މުސްލިމް މީހާގެ ވުޟޫ ޞައްޙަ ނުވާ ކަންކަމެވެ.
- މޫނު ދޮވުމެވެ. އޭގެ ތެރޭގައި އަނގަޔާއި ނޭފަތަށް ފެން ލުން ހިމެނެއެވެ.
- ދެ އަތް އުޅަނބޮށްޓާ ހަމައަށް ދޮވުމެވެ.
- ކަންފަތް ހިމެނޭ ގޮތަށް ބޮލުގައި ފެން ފޮހެލުމެވެ.
- ތަނބިކަށްޓާ ހަމައަށް ދެ ފައި ދޮވުމެވެ.
- ގުނަވަންތަކުގެ މެދުގައި އޮންނަ ތަރުތީބުން ދޮވުން. އެއީ މޫނު ދޮވެ، ދެން ދެ އަތް ދޮވެ، ދެން ބޮލުގައި ފެން ފޮހެ، ދެން ދެ ފައި ދޮވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
"(އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، އަދި ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ. އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ. އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާ ހަމައަށް ދޮންނާށެވެ.)
[އަލްމާއިދާ : 6]
- މުވާލާތުކުރުން (ވިދިވިދިގެން ކުރުން) : އެއީ ގުނަވަންތަކުން ފެން ހިކިގެންދާންދެން ވަޤުތު ނުދީ މެދުކެނޑުމެއްނެތި، ގުޅިގެންދާގޮތަށް ވުޟޫ ކުރުމެވެ.
މިސާލަކަށް: ވުޟޫގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކޮށްފައި، އެހެން ވަޤުތެއްގައި އަނެއްބައި ފުރިހަމަ ކުރުމެވެ. އެގޮތަށް ކުރުމުން ވުޟޫ ޞައްޙައެއް ނޫނެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ނަބިއްޔާ ﷺއަށް މީހަކު ނަމާދުކުރަން ހުއްޓާ ފެނިވަޑައިގަތެވެ. އޭރު އޭނާގެ ފައިތިލަ މަތީގައި ފެން ނުޖެހި ދިރުހަމު ފޮއްޗެއްގެ މިންވަރު ހުއްޓެވެ. ދެންފަހެ އޭނާ ވުޟޫ އާއި ނަމާދު އަލުން އިޢާދަކުރުމަށް ނަބިއްޔާ ﷺ އަމުރުކުރެއްވިއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.