Skip to content

މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގެ މާނައަކީ ކޮބާހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س6: ما معنى شهادة أنَّ محمدًا رسول الله؟

ސ 6: މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގެ މާނައަކީ ކޮބާހެއްޔެވެ؟

الجواب

ج:معناها: أن الله أرسله للعالمين بشيرًا ونذيرًا.

  • ويجب:
  1. طاعته فيما أمر.
  2. تصديقه فيما أخبر.
  3. عدم معصيته.
  4. لا يعبد الله إلا بما شرع، وهو الاقتداء بالسنة وترك البدعة.

قال تَعَالَى:

﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ﴾

[النساء: 80]،

وقال سُبْحَانَهُ:

﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ 3

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ 4﴾

[النجم: 3-4].

وقال جَلَّ وَعَلَا:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا﴾

[الأحزاب: 21].

ޖ: އޭގެ މާނައަކީ: ހެޔޮ ޚަބަރުދެއްވާ، އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައި، ﷲ ޢާލަމްތަކަށް އެކަލޭގެފާނު ފޮނުއްވިކަމަށް ހެކިވުމެވެ.

އަދި ވާޖިބުވެގެންވަނީ:

  1. އެކަލޭގެފާނުގެ އަމުރުކުރެއްވި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވުމެވެ.
  2. އެކަލޭގެފާނު ޚަބަރުދެއްވި ކަންކަމުގައި އެކަލޭގެފާނު ތެދުކުރުމެވެ.
  3. އެކަލޭގެފާނަށް އުރެދި ނުކިޔަމަންތެރި ނުވުމެވެ.
  4. އެކަލޭގެފާނު ޝަރުޢުކޮށްދެއްވި ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ. އެއީ ސުންނަތަށް ތަބަޢަވެ، ބިދުޢަ ދޫކޮށްލައިގެންނެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ.)

[އައްނިސާއު: 80]

އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ:

(އެކަލޭގެފާނު އަމިއްލަ އެދުމަށް ފެންނަ ގޮތަށް ވާހަކަ ނުދައްކަވައެވެ.

އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީކަމުގައިމެނުވީ ނުވެއެވެ.)

[އައްނަޖްމު: 3 - 4].

އަދިވެސް އެކަލާނގެ -ޖައްލަ ވަޢަލާ- ވަޙީކުރެއްވިއެވެ:

(ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.)

[އަލްއަޙްޒާބު: 21].