Skip to content

އަމާނާތްތެރިކަމުގެ ވައްތަރުތަކާއި ޞޫރަތަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم الأخلاق

السؤال

س٦: ما أنواع الأمانة وصورها؟

ސ 6: އަމާނާތްތެރިކަމުގެ ވައްތަރުތަކާއި ޞޫރަތަކީ ކޮބައިހެއްޔެވެ؟

الجواب

ج:١. أمانة في حفظ حقوق الله تَعَالَى.

صورها: الأمانة في أداء العبادات من الصلاة، والزكاة، والصيام، والحج، وغيرها مما افترض الله علينا.

  1. أمانة في حفظ حقوق الخلق:
  • من حفظ أعراض الناس.
  • وأموالهم.
  • ودمائهم.
  • وأسرارهم، وجميع ما ائتمنك عليه الناس.

قال تَعَالَى في ذِكر صِفات المفلحين:

﴿وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ﴾

[المؤمنون: ٨].

ޖ: 1. ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް ރައްކާތެރިވުމުގައި އަމާނާތްތެރިވުން.

އޭގެ ޞޫރަތަކަކީ: ނަމާދު، ޒަކާތް، ރޯދަ، ޙައްޖު، އަދި އެނޫންވެސް ﷲ އަހަރުމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އަޅުކަންތައް އަދާކުރުމުގައި އަމާނާތްތެރިވުމެވެ.

  1. ޚަލްޤުތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމުގައި އަމާނާތްތެރިވުން:
  • އެއީ މީހުންގެ އަބުރުތައް ރައްކާތެރިކުރުމާއި،

އަދި އެމީހުންގެ މުދަލާއި،

އަދި އެމީހުންގެ ލެޔާއި،

އަދި އެމީހުންގެ ސިއްރުތަކާއި، މީސްތަކުން ތިބާއާ ހަވާލުކޮށްފައިވާ ހުރިހާ އަމާނާތްތަކަށް ރައްކާތެރިވުމެވެ.

ކާމިޔާބުވާނޭ މީހުންގެ ޞިފަތައް ޛިކުރުކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.)

[އަލްމުއުމިނޫން : 1-2]