Skip to content

މުނާފިޤުކަމާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س٢٢: ما هو النفاق وأنواعه؟

ސ 22: މުނާފިޤުކަމާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:1. النفاق الأكبر: وهو إبطان الكفر وإظهار الإيمان.

ويُخرِجُ من الإسلام وهو من الكفر الأكبر.

قال تَعَالَى:

﴿إِنَّ ٱلۡمُنَٰفِقِينَ فِي ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِيرًا﴾

[النساء: ١٤٥].

  1. النفاق الأصغر:

مثل: الكذب، وإخلاف الوعد، وخيانة الأمانة.

ولا يُخرج من الإسلام، وهو من الذنوب، وصاحبه معرَّض للعذاب.

قال رسول الله صلى الله عليه وسلم:

«آية المنافق ثلاث: إذا حدث كذب، وإذا وعد أخلف، وإذا اؤتمن خان»

رواه البخاري ومسلم.

ޖ: 1. ބޮޑު ނިފާޤުކަން: އެއީ ކާފަރުކަން ފޮރުވައިގެން ހުރެ އީމާންކަން ފާޅުކޮށް ދެއްކުމެވެ.

އަދި އޭގެ ސަބަބުން އިސްލާމްކަމުން ބޭރުވާނެއެވެ. އެއީ ބޮޑު ކުފުރުގެ ތެރެއިންވާ ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.)

[އައްނިސާއު: 80]

  1. ކުޑަ ނިފާޤުކަން:

މިސާލަކަށް: ދޮގުހެދުމާއި، ވަޢުދާ ޚިލާފުވުމާއި، އަމާނަތަށް ޚިޔާނާތްތެރިވުމެވެ.

އޭގެ ސަބަބުން އިސްލާމްކަމުން ބޭރެއް ނުވާނެއެވެ. އަދި އެކަންވަނީ ފާފަތަކުގެ ތެރެއިންނެވެ. އަދި އޭގެ ވެރިޔާވަނީ ޢަޛާބަށް ހުށަހެޅިގެންނެވެ.

ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

“މުނާފިޤެއްގެ ޢަލާމާތް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގު ހަދައެވެ. ވަޢުދެއް ވެއްޖެނަމަ އެ ވަޢުދާ ޚިލާފުވެއެވެ. އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ.”

ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.