Skip to content

السؤال

س٢٤: ما هي المعجزة؟

ސ 24: މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟

الجواب

ج:المعجزة: هي كل ما أعطاه الله لأنبيائه من خوارق العادات؛ للدلالة على صدقهم، مثل:

  • شق القمر للنبي صلى الله عليه وسلم.

قال تعالى:

﴿ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ *

وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ*

وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ﴾

[القمر: ١-٣]

  • وشق البحر لموسى عَلَيْهِ السَّلَامُ، وإغراق فرعون وجنوده.

﴿وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَيۡنَٰكُمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَ وَأَنتُمۡ تَنظُرُونَ﴾

[البَقَرَةِ: ٥٠].

ޖ: މުޢުޖިޒާތް: އެއީ ﷲ އެކަލާނގެ ނަބިއްޔުންނަށް ދެއްވާ ޢާދަތައް ފޫއަޅުވާލާ، އާދަޔާ ޚިލާފު ކަންތައްތަކެވެ. އެއީ އެބޭކަލުންގެ ތެދުވެރިކަން ދައްކުވައިދިނުމަށްޓަކައިއެވެ. މިސާލަކަށް:

  • ނަބިއްޔާ ﷺ އަށްޓަކައި ހަނދު ދެފަޅި ކުރެއްވުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.

އަދި އެއުރެންނަށް ހެއްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ސިޙުރެކެވެ.

އަދި އެއުރެން (ޙައްޤު ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަވިއެވެ. އަދި ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.)

[އަލްޤަމަރު: 49]

  • މޫސާ عَلَيْهِ السَّلَامُ އަށްޓަކައި ކަނޑު ފަޅިފަޅިވެ، ފިރުޢައުނާއި އޭނާގެ ސިފައިން ޣަރަޤުކޮށްލުމެވެ.

(އަދި ތިޔަބައިމީހުންނަށް، ތިމަންއިލާހު ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންއިލާހު، ތިޔަބައިމީހުން (ޣަރަޤުން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، ފިރުޢައުނުގެ މީހުން ޣަރަޤުކުރެއްވީމެވެ.)

[އަލްބަޤަރާ: 50]