ތައުޙީދުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟
- الموضوعات
- التوحيد وحمايتهأهمية التوحيد
- التصنيف الشرعي
- العقيدةالإيمان بالله عز وجلتوحيد الربوبيةالعقيدةالإيمان بالله عز وجلتوحيد الألوهيةالعقيدةالإيمان بالله عز وجلتوحيد الأسماء والصفات
- الباب / الفصل
- قسم العقيدة
السؤال
س10: ما أنواع التوحيد؟
ސ 10: ތައުޙީދުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:1. توحيد الربوبية: وهو الإيمان بأن الله هو الخالق الرازق المالك المدبر، وحده لا شريك له.
- توحيد الألوهية: وهو إفراد الله بالعبادة، فلا يعبد أحد إلا الله تَعَالَى.
- توحيد الأسماء والصفات: وهو الإيمان بالأسماء والصفات لله تَعَالَى الواردة في الكتاب والسنة، من دون تمثيل، ولا تشبيه، ولا تعطيل، ولا تكييف.
ودليل أنواع التوحيد الثلاثة:
قوله تَعَالَى:
﴿رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا﴾
[مريم: 65].
ޖ: 1. ރުބޫބިއްޔަތުގެ ތައުޙީދު: އެއީ ﷲ އީ ހެއްދެވި ފަރާތްކަމާއި، ރިޒްޤުދެއްވާ ފަރާތްކަމާއި، (ހުރިހާ އެއްޗެއް) މިލްކުވެގެންވާ ފަރާތްކަމާއި، ތަދްބީރުކޮށް ހިންގަވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ.
- އުލޫހިއްޔަތުގެ ތައުޙީދު: އެއީ އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުމެވެ. އެގޮތުން ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރެވުމެވެ.
- އަލްއަސްމާއު ވައްޞިފާތުގެ ތައުޙީދު: އެއީ ޤުރްއާނާއި ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އެއީ އެއްވެސް އެއްޗަކާ އެއްފަދަކޮށް މިސާލުޖެހުމެއް ނެތި، އަދި ވައްތަރުކުރުމެއް ނެތި، އަދި އިންކާރުކޮށް ނަފީކުރުމެއް ނެތި، އަދި ގޮތްކިޔާ ވައްތަރު ކިޔުމެއް ނެތިއެވެ.
ތައުޙީދުގެ ތިން ވައްތަރުގެ ދަލީލު:
ﷲ ތަޢާލާގެ މި ބަސްފުޅެވެ:
(އެއީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތީގެ ރައްބެވެ. ފަހެ ކަލޭގެފާނު، އެ އިލާހަށް އަޅުކަން ކުރައްވާށެވެ. އަދި އެ އިލާހަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ. އެ އިލާހާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟)
[މަރްޔަމު: 65]