Skip to content

ޝިރުކާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س12: ما الشرك وأنواعه؟

ސ 12: ޝިރުކާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

الجواب

ج:الشرك: هو أن يجعل الإنسان لله نِدًّا؛ في عبادته أو ربوبيته أو أسمائه وصفاته.

ومن الشرك صرف أي نوع من أنواع العبادة لغير الله تَعَالَى.

أنواعه:

  • شرك أكبر؛ مثل: دعاء غير الله تَعَالَى، أو السجود لغيره سُبْحَانَهُ، أو الذبح لغير الله عَزَّ وَجَلَّ.
  • شرك أصغر؛ وهو الذي لا يخرج من الملة مثل: الحلف بغير الله تَعَالَى، أو التمائم، وهو ما يُعلق من الأشياء لجلب نفعٍ أو دفع ضرٍّ، ويسير الرياء، كأن يحسِّن صلاته لما يرى من نظر الناس إليه.

ޖ: ޝިރުކަކީ: މީހަކު ﷲ އަށް އަޅުކަންކުރުމުގައި ނުވަތަ އެކަލާނގެ ރައްބުވަންތަކަމުގައި، ނުވަތަ އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެއާ އެއްފަދަކޮށް ބައިވެރިކޮށް އެއްޗެއް ހަމަޖެއްސުމެވެ.

އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުމަކީ ޝިރުކުގެ ތެރެއިންވާ ކަމެކެވެ.

އޭގެ ވައްތަރުތައް:

  • ބޮޑު ޝިރުކު: މިސާލަކަށް: ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ދުޢާކުރުން، ނުވަތަ އެކަލާނގެ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުން، ނުވަތަ ﷲ ޢައްޒަ ވަޖައްލަ ފިޔަވައި އެހެން ފަރާތަކަށް ޤުރުބާނީއެއް ކަތިލުން ފަދަ ކަންކަމެވެ.
  • ކުޑަ ޝިރުކު: އެއީ ދީނުން ބޭރު ނުކުރާ ޝިރުކެވެ. މިސާލަކަށް: ﷲ ތަޢާލާ ނޫން އެހެން ފަރާތެއް ގަންދީ ހުވާކުރުން، ނުވަތަ ތަވީދު އެލުވުމެވެ. އެއީ ފައިދާ ގެނައުމަށް ނުވަތަ ގެއްލުން ދުރުކުރުމަށް އެލުވޭ ތަކެއްޗެވެ. އަދި ދެއްކުންތެރިކަމުގެ މަދުމިންވަރެވެ. މިސާލަކަށް: މީހުން އޭނާއަށް ބަލާ ތަން ފެނުމުން އޭނާގެ ނަމާދު ރަނގަޅަށް ކުރުމެވެ.