Skip to content

ހެނދުނާއި ހަވީރު ޛިކުރުތަކުގައި ކިޔަނީ ކީކޭ ހެއްޔެވެ؟

الباب / الفصل
قسم الأدعية والأذكار

السؤال

س١٩: ماذا تقول في الصباح والمساء من الأذكار؟

ސުވާލު19: ހެނދުނާއި ހަވީރު ޛިކުރުތަކުގައި ކިޔަނީ ކީކޭ ހެއްޔެވެ؟

الجواب

ج:١. أقرأُ آية الكرسي:

﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ﴾

[البقرة: ٢٥٥].

  1. واقرأ:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿قُلۡ هُوَ ٱللَّهُ أَحَدٌ 1

ٱللَّهُ ٱلصَّمَدُ 2

لَمۡ يَلِدۡ وَلَمۡ يُولَدۡ 3

وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ 4﴾

[الإخلاص: 1-4] ثلاث مرات.

﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ 1

مِن شَرِّ مَا خَلَقَ 2

وَمِن شَرِّ غَاسِقٍ إِذَا وَقَبَ 3

وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ 4

وَمِن شَرِّ حَاسِدٍ إِذَا حَسَدَ 5﴾

[الفلق: 1-5] ثلاث مرات.

﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ 1

مَلِكِ ٱلنَّاسِ 2

إِلَٰهِ ٱلنَّاسِ 3

مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ 4

ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ 5

مِنَ ٱلۡجِنَّةِ وَٱلنَّاسِ 6﴾

[الناس: 1-6] ثلاث مرات.

  1. «اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي، فاغفر لي، فإنه لا يغفر الذنوب إلا أنت»

رواه البخاري.

ޖ: 1- އަހަރެން އާޔަތުލް ކުރްސި ކިޔަމެވެ:

﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ﴾ (ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނީ ކާކުހެއްޔެވެ! (އެބަހީ: އެއިލާހުގެ އިޛުނަފުޅާ ނުލާ އެއްވެސް ފަރާތަކަށް އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެބައިމީހުންގެ ކުރިން އިސްވެގޮސްފައި ވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އިރާދަކުރެއްވި މިންވަރެއް ފިޔަވާ އެބައިމީހުންނަކަށް އެނގިގެން ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމަށް ވުރެ ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރެއްވުމުގައި އެއިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެ، މާތްވެގެންވާ އިލާހެވެ.)

[އަލްބަޤަރާ: 50]

  1. އަދި އަހަރެން ކިޔަވަމެވެ:

(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.

﴿قُلْ هُوَ اللَّهُ أَحَدٌ (ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެއްކައުވަންތަ އިލާހެވެ.)

اللَّهُ الصَّمَدُ (ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.)

لَمْ يَلِدْ وَلَمْ يُولَدْ (އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.)

وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ﴾ (އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.)

[އަލްއިޚްލާސް: 1-4] ތިން ފަހަރު.

﴿قُلْ أَعُوذُ بِرَبِّ الْفَلَقِ (ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.)

مِنْ شَرِّ مَا خَلَقَ (އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.)

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.)

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.)

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴾ (އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.)

[އަލްފަލަޤު: 1-5] ތިން ފަހަރު.

﴿قُلْ أَعُوذُ بِرَبِّ النَّاسِ (ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.)

مَلِكِ النَّاسِ (މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.)

إِلَهِ النَّاسِ (މީސްތަކުންގެ އަޅުކަންކުރާ އިލާހެވެ.)

مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.)

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނެވެ.)

مِنَ الْجِنَّةِ وَالنَّاسِ.﴾ ( ޖިންނީންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.)

[އައްނާސް: 1-6] ތިން ފަހަރު.

  1. «اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي، فاغفر لي، فإنه لا يغفر الذنوب إلا أنت» (އޭ ﷲއެވެ! އިބަ އިލާހީ މިއަޅާގެ ރައްބެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަ އިލާހު މިއަޅާ ޚަލްޤުކުރެއްވިއެވެ. އަދި މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ އިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާހުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާށިއެވެ. އެހެނީ ހަމަކަށަވަރުން އިބަ އިލާހު ފިޔަވާ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ.)

ރިވާކުރެއްވީ އަލްބުޚާރީއެވެ.