Skip to content

«أكمل المؤمنين إيمانًا ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކޮށްދޭށެވެ.

الباب / الفصل
قسم الحديث

السؤال

س4: أكمل حديث «أكمل المؤمنين إيمانًا ...»، واذكر بعض فوائده.

ސ 4: «أكمل المؤمنين إيمانًا ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކޮށްދޭށެވެ.

الجواب

ج:عن أبي هريرة رَضِيَ اللَّهُ عَنْهُ قال: قال رسول الله صلى الله عليه وسلم:

«أكمل المؤمنين إيمانًا: أحسنهم خلقًا»

رواه الترمذي وقال: "حديث حسن صحيح".

فوائد من الحديث:

  1. الحث على حسن الخلق.
  2. وأن كمال الخلق من كمال الإيمان.
  3. وأن الإيمان يزيد وينقص.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

«أكمل المؤمنين إيمانًا: أحسنهم خلقًا» "މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ؛ އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."

ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ: ޞައްޙަ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ.

ޙަދީޘުން ލިބޭ ފައިދާތައް:

  1. ރިވެތި އަޚްލާޤަށް ބާރުއަޅާ ހިތްވަރުދިނުން.
  2. އަޚްލާޤުގެ ފުރިހަމަކަމަކީ އީމާންތެރިކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެކެވެ.
  3. އީމާންކަން އުނި އިތުރުވެއެވެ.