«لا يؤمن أحدكم حتى أكون أحب إليه ...»، މި ޙަދީޘް ފުރިހަމަކޮށް އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.
- الباب / الفصل
- قسم الحديث
السؤال
س6: أكمل حديث: «لا يؤمن أحدكم حتى أكون أحب إليه ...»، واذكر بعض فوائده.
ސ 6: «لا يؤمن أحدكم حتى أكون أحب إليه ...»، މި ޙަދީޘް ފުރިހަމަކޮށް އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.
الجواب
ج:عن أنس رَضِيَ اللَّهُ عَنْهُ، قال رسول الله صلى الله عليه وسلم:
«لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين»
رواه البخاري ومسلم.
من فوائد الحديث:
- يجب محبة النبي صلى الله عليه وسلم أكثر من كل الناس.
- أن ذلك من كمال الإيمان.
ޖ: އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
«لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين» "އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:
- ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް ނަބިއްޔާ ﷺ ދެކެ ލޯބިވާންޖެހެއެވެ.
- އެއީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.