Skip to content

ވުޟޫ ގެއްލޭ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟

الباب / الفصل
قسم الفقه

السؤال

س7: ما نواقض الوضوء؟

ސ 7: ވުޟޫ ގެއްލޭ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟

الجواب

ج:- ما خرج من السبيلين: القُبُل والدبر، من بول أو غائط أو ريح.

  • النوم، أو الجنون أو الإغماء.

لحديث:

«العين وكاء السه، فمن نام فليتوضأ»

رواه أبو داود وابن ماجة.

  • أكل لحم الإبل.

سأل رجل النبي صلى الله عليه وسلم: أتوضأ من لحوم الإبل؟ قال: «نعم».

رواه مسلم.

  • مس القُبُل أو الدبر باليد بدون حائل.

«من مس ذكره فليتوضأ»

رواه أبو داود والترمذي وغيرهما.

ޖ: - ދެ ދޮރުން -ކުރިމަތި ފަރާތާއި ފުރަގަސްފަރާތު ދޮރުން- އެއްޗެއް ނިކުތުމެވެ. ކުޑަކަމުދާތަކެތި، ނުވަތަ ބޮޑުކަމުދާތަކެތި ނުވަތަ ވައިވިޔަސްމެއެވެ.

  • ނިދުން، ނުވަތަ މޮޔަވުން، ނުވަތަ ހޭނެތުން.

އެއީ މި ޙަދީޘަށްޓަކައިއެވެ:

“ލޮލަކީ ފުރަގަސްފަރާތު ދޮރު ބަނދެވޭ ވާފަށެވެ. ދެންފަހެ ނިދައިފި މީހަކު ވުޟޫކުރާހުށިކަމެވެ."

ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.

  • ޖަމަލު މަސް ކެއުން.

މީހަކު ނަބިއްޔާ ﷺ ގެ އަރިހުން ސުވާލުކުރިއެވެ: ޖަމަލުމަހުން ވުޟޫ ކުރަންޖެހޭނެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ.: "އާނއެކެވެ."

ރިވާކުރެއްވީ މުސްލިމެވެ.

  • އެއްވެސް ހުރަހެއް ނެތި އަތުން ކުރިމަތީފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި އަތްލުމެވެ.

“އެމީހެއްގެ ޖިންސީ ގުނަވަނުގައި އަތްލައިފި މީހަކު ފަހެ ވުޟޫ ކުރާށެވެ.”

ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.