Skip to content

އަހަރުމެންގެ މައްޗަށްވާ ނަބިއްޔާ ﷺގެ އާލުބައިތުންގެ ޙައްޤަކީ ކޮބައިހެއްޔެވެ؟

التصنيف الشرعي
العقيدةأهل البيت وفضلهم
الباب / الفصل
قسم العقيدة

السؤال

س27: ما هو حق آل بيت النبي صلى الله عليه وسلم علينا؟

ސ 27: އަހަރުމެންގެ މައްޗަށްވާ ނަބިއްޔާ ﷺގެ އާލުބައިތުންގެ ޙައްޤަކީ ކޮބައިހެއްޔެވެ؟

الجواب

ج:نحبهم ونتولاهم ونبغض من يبغضهم ولا نغلو فيهم، وهم أزواجه، وذريته، وبنو هاشم، وبنو المطلب من المؤمنين.

قال تعالى:

﴿إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا﴾

[الأحزاب: ٣٣].

وفي الحديث عن النبي صلى الله عليه وسلم قال:

«أذكركم الله في أهل بيتي، أذكركم الله في أهل بيتي، أذكركم الله في أهل بيتي»

رواه مسلم.

ޖ: އަހަރުމެން އެބޭކަލުންދެކެ ލޯބިވެ، ވާގިދީ މުވާލާތުކުރުމެވެ. އަދި އެބޭކަލުންދެކެ ރުޅިއަންނަ މީހުންދެކެ އަހަރުމެން ރުޅިއަންނަމެވެ. އަދި އެބޭކަލުންނާމެދު އަހަރުމެން މަތިކޮށްގެން ޙައްދުފަހަނައަޅާ ނުދަމެވެ. އެބޭކަލުންނީ: އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާއި، މުއުމިނުންގެ ތެރެއިންވާ ބަނޫ ހާޝިމް އަދި ބަނޫ އަލްމުޠައްލިބު ވަންހައިގެ މީހުންނެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(އޭ އަހުލުބައިތުންނޭވެ. ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވާ، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ.)

[އަލްއަޙްޒާބު: 21].

އަދި ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

"ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ."

ރިވާކުރެއްވީ މުސްލިމެވެ.