Skip to content

މުސްލިމުންގެ ވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

الباب / الفصل
قسم العقيدة

السؤال

س28: ما واجبنا تجاه ولاة أمر المسلمين؟

ސ 28: މުސްލިމުންގެ ވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

الجواب

ج:واجبنا: احترامهم والسمع والطاعة لهم في غير معصية، والدعاء والنصح لهم سرًّا، وعدم الخروج عليهم، إلا أن نرى كفرًا بواحًا.

قال تعالى:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا﴾

[النساء: ٥٩].

ޖ: އަހަރުމެންގެ ވާޖިބަކީ: އެމީހުންނަށް އިޙްތިރާމްކުރުމާއި، އުރެދުމެއްކަމުގައި ނުވާ ކަންކަމުގައި އެމީހުންގެ އަޑުއަހާ ކިޔަމަންވުމާއި، އެމީހުންނަށް ހެޔޮ ދުޢާކޮށްދިނުމާއި، ސިއްރުން އެމީހުންނަށް ނަޞޭޙަތްތެރިވުމާއި، ސާފުވެ ބަޔާންވެގެންވާ ކުފުރެއް ފެނިއްޖެނަމަ މެނުވީ އެމީހުންނާ ދެކޮޅަށް ނުނިކުތުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.)

[އައްނިސާއު: 80]