Skip to content

ޞަޙާބީންނަކީ ކޮބައިހެއްޔެވެ؟ އަހަރުމެން އެބޭކަލުންދެކެ ލޯބިވާންޖެހޭ ހެއްޔެވެ؟

التصنيف الشرعي
العقيدةالصحابة وفضلهم
الباب / الفصل
قسم العقيدة

السؤال

س25: من هم الصحابة؟ وهل يجب علينا حبُّهم؟

ސ 25: ޞަޙާބީންނަކީ ކޮބައިހެއްޔެވެ؟ އަހަރުމެން އެބޭކަލުންދެކެ ލޯބިވާންޖެހޭ ހެއްޔެވެ؟

الجواب

ج:الصحابي: هو من لقي النبي صلى الله عليه وسلم مؤمنًا به ومات على الإسلام.

يجب أن نحبهم ونقتديَ بهم، وهم خير الناس وأفضلهم بعد الأنبياء.

وأفضلهم: الخلفاء الأربعة:

أبو بكر رَضِيَ اللَّهُ عَنْهُ.

عمر رَضِيَ اللَّهُ عَنْهُ.

عثمان رَضِيَ اللَّهُ عَنْهُ.

علي رَضِيَ اللَّهُ عَنْهُ.

قال تعالى عن الصحابة رضي الله عنهم أجمعين:

﴿وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ﴾

[التوبة: ١٠٠].

ޖ: ޞަޙާބީއަކީ ނަބިއްޔާ ﷺ އަށް އީމާންވެގެންވާ ޙާލު އެކަލޭގެފާނާ ބައްދަލުވެ، އިސްލާމްކަމުގެ މަތީގައި މަރުވި މީހެކެވެ.

އަހަރުމެން އެބޭކަލުންދެކެ ލޯބިވެ، އަދި އެބޭކަލުންނަށް ތަބަޢަވުން ވާޖިބުވެގެންވެއެވެ. އެބޭކަލުންނީ ނަބިއްޔުންނަށް ފަހު އެންމެ ހެޔޮވެގެންވާ އެންމެ މާތް މީސްތަކުންނެވެ.

އޭގެ ތެރެއިން އެންމެ މާތްވެގެންވަނީ ހަތަރު ޚަލީފާއެވެ.

އަބޫބަކުރު رضي الله عنه އެވެ.

ޢުމަރު رضي الله عنه އެވެ.

ޢުޘްމާނު رضي الله عنه އެވެ.

ޢަލީ رضي الله عنه އެވެ.

ޞަޙާބީންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: -ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ-

(މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން (އިސްލާމްކަމަށް) ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނަށް ތަބަޢަވީ މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ރުހިވޮޑިގެންފިއެވެ. އަދި އެމީހުން އެއިލާހަށް ރުހުނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެމީހުންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ. އެތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.)

[އައްތައުބާ: 6]