ޙަރާމްވެގެންވާ މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ބައެއް ބާވަތްތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم المنوعات
السؤال
س5: ما بعض أنواع المعاملات والبيوع المحرمة؟
ސ 5: ޙަރާމްވެގެންވާ މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ބައެއް ބާވަތްތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:١. الغش، ومنه: إخفاء عيب السلعة.
- فعن أبي هريرة رَضِيَ اللَّهُ عَنْهُ، أنَّ رسول الله ﷺ مرَّ على صبرة- أي: كومة- طعام، فأدخل يده فيها، فنالت أصابعه بللًا. فقال: «ما هذا يا صاحب الطَّعام؟» قال: أصابته السَّماء يا رسول الله. قال:
«أفلا جعلته فوق الطَّعام كي يراه النَّاس؟ من غشَّ فليس منِّي»
رواه مسلم.
- الربا: ومنه أن آخذ ألفًا من إنسان دينًا على أن أردها إليه ألفين.
- والزيادة هي الربا المحرم.
قال تَعَالَى:
﴿وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ﴾
[البقرة: ٢٧٥].
- الغرر والجهالة: كأن أبيعك الحليب في ضرع الشاة، أو السمكة في الماء ولم أصطدها بعد.
- ففي الحديث:
«نهى رسول الله صلى الله عليه وسلم عن بيع الغرر»
ޖ: 1. މަކަރާއި ޙީލަތް ހެދުން، އޭގެ ތެރޭގައި: މުދަލުގައި ހުރި އުނި ޢައިބެއް ފޮރުވާ ވަންހަނާކުރުންވެއެވެ.
- އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ، ކާބޯތަކެތީގެ ފުންޏެއް ކައިރިން ލާފައި ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު އެއަށް ވެއްދެވުމުން އިނގިލިފުޅުތަކުގައި ތެތްކަން ބީހުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އޭ ކާތަކެތީގެ ވެރިޔާއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އެއަށް ވާރޭ ވެހުނީއެވެ." ޙަދީޘް ކުރެއްވިއެވެ:
"ތިބާ މީސްތަކުންނަށް ފެންނަ ގޮތަށް ވާރޭ ޖެހުނު ތަކެތި އެންމެ މަތީގައި ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟ މަކަރު ހަދައިފި މީހާ ފަހެ ތިމަންކަލޭގެފާނުގެ ތެރެއިން (ތިމަންކަލޭގެފާނަށް ތަބަޢަވާ މީހުންގެ ތެރެއިން) ނުވެއެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- ރިބާ: އޭގެ ތެރޭގައި: އަނބުރާ ދެ ހާސް ދޭގޮތަށް (ޝަރުޠުކޮށްފައި) މީހެއްގެ އަތުން، އަހަރެން އެއް ހާސް ދަރަންޏެއްގެ ގޮތުގައި ނެގުންވެއެވެ.
- އިތުރުކުރި އެއްޗަކީ އެއީ ޙަރާމް ރިބާއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ﷲ ވިޔަފާރި ޙަލާލުކުރައްވައި ރިބާ ޙަރާމްކުރެއްވިއެވެ.)
[އަލްބަޤަރާ: 50]
- ހަލާކަށްހުށަހެޅުމާއި ވާނުވާ ނޭނގުން: މިސާލަކަށް ބަކައްޓެއްގެ ވައްގަނޑުގައި ހުރި ކިރު، ނުވަތަ ފެންގަނޑުގައިވާ މަސް ހިފުމުގެ ކުރިން ތިބާއަށް ވިއްކުމެވެ.
- ފަހެ ޙަދީޘްގައި ވެއެވެ:
"(އިތުބާރެއް ނެތްގޮތަށް، ވާނުވާ ނޭނގޭގޮތަށްވާ) ނުރައްކަލަށް ހުށަހެޅޭ ވިޔަފާރި ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ."