Skip to content

السؤال

س24: ما هو الكسل؟

ސ 24: ކަންނެތްކަމަކީ ކޮބައި ހެއްޔެވެ؟

الجواب

ج:هو التثاقل عن فعل الخير وما يجب على الإنسان فعله.

ومن ذلك: التكاسل في فعل الواجبات.

  • قال الله تَعَالَى:

﴿إِنَّ ٱلۡمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمۡ وَإِذَا قَامُوٓاْ إِلَى ٱلصَّلَوٰةِ قَامُواْ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلٗا﴾

[النساء: ١٤٢].

فينبغي للمؤمن ترك الكسل والخمول والقعود، والسعي في العمل والحركة، والجد والاجتهاد في هذه الحياة بما يرضي الله تَعَالَى.

ޖ: އެއީ ހެޔޮ ކަންތައްތަކާއި އިންސާނާ ކުރަންޖެހޭ ކަންކަމުން ބުރަހެލިވެ ލޮޑުވުމެވެ.

އޭގެ ތެރޭގައި: ވާޖިބުތައް އަދާކުރުމުގައި ކަންނެތްވުންވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

(ހަމަކަށަވަރުން މުނާފިޤުން ﷲ އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ ޢަމަލުތައް ކުރެތެވެ.) އެކަލާނގެ އެއުރެންނަށް އޮޅުވާލައްވާ ( އޮޅުވައިލުން ރައްދުކުރައްވާ) ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުން މެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.)

[އައްނިސާއު: 80]

އެހެންކަމުން މުއުމިނާ، ކަންނެތްކަމާއި، ބުރަހެލިކަމާއި، ލޮޑުޖެހުން ދޫކޮށްލާފައި؛ ޢަމަލުކޮށް ޙަރަކާތްކުރުމުގައި، އަދި ﷲ ތަޢާލާ ރުއްސަވާގޮތަށް މި ޙަޔާތުގައި އުޅުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.