ރަޙުމްކުރުމުގެ ޚުލްޤުގެ ޞޫރަތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الأخلاق
السؤال
س١٤: ما صور خُلق الرحمة؟
ސ 14: ރަޙުމްކުރުމުގެ ޚުލްޤުގެ ޞޫރަތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:- رحمة كبار السن وتوقيرهم.
- رحمة صغار السن والأطفال.
في الحديث:
«لَيْسَ مِنَّا مَنْ لَمْ يُوَقِّرْ كَبِيرَنَا، وَيَرْحَمْ صَغِيرَنَا»
رواه أحمد.
- رحمة الفقير والمسكين والمحتاج.
- رحمة الحيوان بأن تطعمه ولا تؤذيه.
من ذلك قول النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«تَرَى المُؤْمِنينَ في تَراحُمِهِم وتَوادِّهِم وتَعاطُفِهِم كمَثَلِ الجَسَدِ، إذا اشتَكَى عُضْوٌ تَداعَى لهُ سائِرُ جَسَدِهِ بالسَّهَرِ والحُمَّى»
متفق عليه.
- وقال رسولُ اللهِ ﷺ:
«الرَّاحِمونَ يَرحَمُهُمُ الرَّحمنُ، ارْحَمُوا أهْلَ الأَرضِ، يَرحَمُكُمْ مَن في السَّماءِ»
رواه أبو داود والترمذي.
ޖ: - ޢުމުރުން ދުވަސްވީ މީހުންނަށް ރަޙުމްކުރުމާއި އިޙްތިރާމް ކުރުން.
- ޢުމުރުން ހަގު ކުޑަކުދިންނަށް ރަޙުމްކުރުން.
ޙަދީޘްގައިވެއެވެ:
“އަހަރުމެންގެ ތެރެއިންވާ ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާ، އަދި އަހަރުމެންގެ ކުޑަކުއްޖާއަށް ރަޙުމްނުކުރާ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. "
ރިވާކުރެއްވީ އަޙުމަދެވެ.
- ފަޤީރުންނާއި، މިސްކީނުންނާއި، ޙާޖަތް ޖެހިފައިވާ މީހުންނަށް ރަޙުމްކުރުން.
- ޖަނަވާރުތަކަށް ކާންދީ، އަދި އެއަށް ގެއްލުމެއް ނުދީ ރަޙުމްކުރުން.
އޭގެ ތެރޭގައި ނަބިއްޔާ عليه الصلاة والسلام ގެ މި ބަސްފުޅުވެއެވެ:
"މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ރަޙުމްކުރުމާއި، ލޯބިވުމާއި، ހަމްދަރުދީވުމުގައި ތިބާއަށް އެމީހުން ފެންނާނީ (އެއް) ހަށިގަނޑެއްގެ މިސާލުގެ ގޮތުގައެވެ. ގުނަވަނަކަށް ރިހުމެއް އަތުވެއްޖެނަމަ ނިދި ނުލިބުމާއި، ހުން އައުމުން އޭނާގެ ހަށިގަނޑުގެ ބާކީ ބައި އޭގައި ބައިވެރިވެއެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
“ރަޙްމުކުރާ މީހުންނަށް ރަޙްމާނުވަންތަ އިލާހު ރަޙުމްކުރައްވާނެއެވެ. ބިމުގެ އަހުލުވެރިންނަށް ރަޙުމްކުރާށެވެ. އެއިރުން އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމްކުރައްވާނެއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.