މެހެމާންދާރީއާއި މެހެމާނުންގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
- الباب / الفصل
- قسم الآداب الإسلامية
السؤال
س7: ما هي آداب الضيافة والضيف؟
ސ 7: މެހެމާންދާރީއާއި މެހެމާނުންގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟
الجواب
ج:1. أجيب من دعاني إلى ضيافته.
- إذا أردت زيارة أحد أطلب الإذن والموعد.
- أستأذن قبل الدخول.
- لا أتأخر في الزيارة.
- أغض البصر عن أهل البيت.
- أرحب بالضيف وأستقبله أحسن استقبال، ببشاشة وجه، وأحسن عبارات الترحيب.
- أجلس الضيف في أحسن مكان.
- أكرمه بالضيافة من طعام وشراب.
- قال تعالى:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ﴾
[النور: ٢٧].
- في الحديث:
«إنما جعل الله الاستئذان من أجل البصر»
متفق عليه.
- وقوله عليه الصلاة والسلام:
«من كان يؤمن بالله واليوم الآخر فليكرم ضيفه»
ޖ: 1. އެމީހަކުގެ މެހެމާންދާރީއަށް އަހަރެންނަށް ދަޢުވަތުދީފި މީހަކަށް އަހަރެން އިޖާބަދެމެވެ.
- މީހަކަށް ޒިޔާރަތް ކުރަން ބޭނުންނަމަ އަހަރެން އޭނާގެ ހުއްދައާއި ދާންވީ ވަޤުތު އަހާ ހޯދަމެވެ.
- ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
- ޒިޔާރަތްކޮށްފައި މާ ގިނައިރުކޮށް ލަސްނުކުރަމެވެ.
- ގޭގެ އަހުލުވެރިންގެ ކިބައިން ބެލުން ތިރިކުރަމެވެ.
- މެހެމާނަށް މަރުހަބާ ކިޔައި އެންމެ ރަނގަޅަށް އިސްތިޤުބާލުކޮށް، އުފާވެރި ހިނިތުންވެރި މޫނަކާއިގެން، އަދި މަރްޙަބާ ކިޔުމުގެ އެންމެ ރިވެތި ޢިބާރާތްތަކުން އަހަރެން އޭނާއަށް މަރުޙަބާ ކިޔަމެވެ.
- މެހެމާނު ބައިންދަނީ އެންމެ ރަނގަޅު ތަނެއްގައެވެ.
- ކާބޯތަކެތި ހިމެނޭ ގޮތަށް މެހެމާންދާރީ އޭނާއަށް އަދާކުރަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށް އިޛްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.)
[އައްނޫރު: 27].
ޙަދީޘްގައިވެއެވެ:
“(ގެއަށް ވަންނައިރު) ހުއްދަ ހޯދަންޖެހޭ ގޮތަށް ﷲ ކަނޑައެޅުއްވީ، ބެލުން ރައްކާތެރިކުރުމުގެ ބޭނުމުގައިއެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅެވެ:
”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ މެހެމާނަށް ކަމޭހިތާށެވެ.“